Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނޭޕާލް ޓީޗަރުންގެ ހަޅުތާލް

ނޭޕާލްގައި ޓީޗަރުންފެށި ހަޅުތާލަކާއި ގުޅިގެން ސްކޫލްތައް ބަންދު!!

110،000 ޓިޗަރުން ހަޅުތާލު ކުރަނީ ސަރުކާރުން ހުށަހެޅި ބިލެއްގެ ބައެއް ނުކުތާ ތަކަށް

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 22 ސެޕްޓެމްބަރު 2023 | ހުކުރު 18:02
ނޭޕާލް ގައި ހަޅުތާލުކުރާ ޓީތަރުން މުޒާހަރާ ކުރަނީ

ނޭޕާލް ގައި ހަޅުތާލުކުރާ ޓީތަރުން މުޒާހަރާ ކުރަނީ

ނޭޕާލްގައި ޓީޗަރުން ފެށި ވަރަށް ފުޅާ ހަޅުތާލަކާ ގުޅިގެން ގިނަ އަދެއްގެ ޕަބްލިކް ސްކޫލްތަކުގެ ކިޔެވުން ކުރިޔަށް ނުގެންދެވި ބަންދު ކުރަން ޖެހިއްޖެއެވެ. އެއްލައްކަ ދިހަހާހެއްހާ ޓީޗަރުން ހަޅުތާލެއް ފަށާފައިވަނީ ތައުލީމީ ނިޒާމަށް ބައެއް ބަދަލުތައް ގެނެސް އަދި ޓީޗަރުންނަށް ބައެއްކަހަލަ ކަންތައް މަނާކުރުމާބެހޭ ބިލެއް ސަރުކާރުން މަޖިލީހަށް ހުށަހެޅުމާ ގުޅިގެންނެވެ. މިގޮތުން ޓީޗަރުން ދެކޮޅު ހަދަމުން ގެންދަނީ ސްކޫލްތައް ހިނގާ ނުހިނގާގޮތް ބެލުމުގެ ބާރު ލޯކަލް ސަރުކާރު ތަކަށް ދޭގޮތަށް އޮތް ނުކުތާ އަށާ، އަދި ޓީޗަރުން ސިޔާސީ ގޮތުން ވަކި އަތަކަށް ޖެހި އެކި ސިޔާސީ ޕާޓީ ތަކާ ގްރޫޕްތަކާ ގުޅުން މަނާކުރާގޮތަށް ބިލުގައި އޮތް ނުކުތާއަށެވެ.

މިކަމުގައި މުޒާހަރާކުރަން މަގުތަކަށް ނިކުތް މީހުންގެ ތެރެއިން ބަޔަކު ވެރިރަށް ކަތުމަންޑޫގައި ހުންނަ މަޖިލީސް ކުރާގެޔަށް ވަނުމަށްވެސް ބުރާސްފަތިދުވަހު މަސައްކަތް ކޮށްފައި ވެއެވެ. ނަމަވެސް ރަޔަޓް ފުލުހުން ވަނީ އެމީހުން ހުއްޓުވާފައެވެ.

ޓީޗަރުންގެ ހަޅުތާލު ތިންވަނަ ދުވަހަކަށް ދެމިގެންގޮސްފައިވާއިރު ބެލެނިވެރިންނާއި ކިޔަވާކުދިން ދަނީ ހަޅުތާލު ހުއްޓުމަކަށް ގެނެސް އަލުން ސްކޫލްތައް ހުޅުވުމަށް އެދެމުންނެވެ. ޓީޗަރުން އެމީހުންގެ ހައްގުތަކަށް މަސައްކަތް ކުރި ނަމަވެސް އެކަމުން ކުދިންގެ ތައުލީމަށް ހުރަސް އެޅިގެން ނުވާނެ ކަމަށް އެމީހުން ދަނީ ބުނަމުންނެވެ. މިދުވަސްވަރަކީ ނެޝަނަލް އެގްޒޭމް ވެސް އޮންނަ ދުވަސްވަރު ކަމަށް ވުމުން ސްކޫލްތައް ބަންދު ކުރުމުން ގިނަ އަދަދެއްގެ ކުދިންނަށް އެކަމުން އަސަރު ކުރާނެއެވެ.

ނޭޕާލްގައި ޑިމޮކްރަސީ ގާއިމް ކުރުމަށް ކުރެވުނު މަސައްކަތުގައި ގިނަ އަދެއްގެ ޓީޗަރުން އައީ ބައިވެރި ވަމުންނެވެ. އެގައުމުގައި ބޭއްވުނު ފުރަތަމަ ޕާލިއަމެންޓަރީ އިންތިޚާބް 1959ވަނަ އަހަރު ބޭއްވިފައިވާ އިރު، އޭރުން ފެށިގެންވެސް  ސިޔާސީ ޕާޓީ ތަކުން އެކްޓިވިސްޓުންގެ ގޮތުގައި ގިނައިން އިޚްތިޔާރު ކުރަމުން އަންނަނީ ޓީޗަރުން ކަމަށް ވެއެވެ.

ނަމަވެސް ތައުލީމީކަންކަން ދިރާސާކުރައްވާ މާހިރުން ވިދާޅުވާ ގޮތުގައި ޓީޗަރުންނަކީ ސިޔާސީ ކަންކަމުގައި ބައިވެރިވާ ބައެއްކަމުގައިވާނަމަ ތައުލީމްގެ ކޮލިޓީ ނުހިފެހެއްޓި ދަށް ވެގެން ދާނެއެވެ. އަދި ސްކޫލްތަކާ ޕޮލިޓިކްސް ދުރުކުރުމަށް އެފަރާތްތަކުން އަންނަނީ ބާރު އަޅަމުންނެވެ.

ސްކޫލްތައް ހިނގާ ނުހިނގާ ގޮތް ހުރިހާ ލޯކަލް ސަރުކާރުތަކަށް އޮތުމާ މެދު ޓީޗަރުން ދެކޮޅު ހަދައެވެ. އެފަރާތްތަކުން ބުނާގޮތުގައި އެއީ ހަމަ އެކަނި މައި ސަރުކާރަށް އޮންނަންޖެހޭނެ ބާރެކެވެ.

2015 ވަނަ އަހަރު ނޭޕާލްގެ ގާނޫނު އަސާސީ އަށް ގެނެވުނު ބަދަލަކަށް ފަހު ފަހު ހޮސްޕިޓަލްތަކާ ސްކޫލްތައްފަދަ ޕަބްލިކް އިންސްޓިޓިއުޝަން ތައް ހިންގުން ވަނީ ލޯކަލް އޮތޯރިޓީ ތަކާ ހަވާލު ކޮށްފައެވެ. އޭގެ 8 އަހަރުފަހުން ވެސް ޓީޗަރުން ގެންދަނީ ސްކޫލް ތައް ހިންގުމުގެ ފެންވަރު ލޯކަލް ފެންވަރުގެ އޮފިޝަލުން ގެ ކިބައިގައި ނުހުންނަ ކަމަށާ މިހެން ވުމުން ތައުލީމްގެ ފެންވަރު ވެއްޓެމުން ދާކަމުގެ ޝަކުވާ ކުރަމުންނެވެ.

ނޭޕާލްގެ ގިނަ ބަޔަކު އަލަށް ހުށަހެޅުނު ބިލަށް ތާއީދުވެސް ކުރެއެވެ. އެމީހުން ބުނާ ގޮތުގައި މިބިލުގެ ސަބަބުން ޓީޗަރުން ބޮޑަށް ޖަވާބުދާރީ ކުރުވޭނެއެވެ.

ޓިޗަރުން ދަނީ ސަރުކާރަށް ޑިމާންޑް ތަކެއްވެސް ކުރަމުންނެވެ. މިގޮތުން ޓީޗަރުންގެ ޕްރޮމޯޝަން އާއި ޓްރާނސްފަރ ކުރުމުގެ ބާރު ލޯކަލް މުނިސިޕަލިޓީ އަށް އޮތުމުގެ ބަދަލުގައި ޕްރޮވިނަޝަލް ލެވެލް އެއްގައި ބޭއްވުމަށް ދަނީ އެދެމުންނެވެ. މީގެ އިތުރުން މުސާރަ ބޮޑުކޮށް ދިނުމަށާ ޓީޗަރުންގެ ޓްރެއިނިންގ ގެ ކަންތައް ބެލުން ވަކި ކައުންސިލް އަކާ ހަވާލު ކުރުމާ އަދި ކޮންޓްރެކްޓް އުސޫލުން ވަޒީފާދޭ ޓީޗަރުން ނަށް ދާއިމީ ވަޒީފާ ލިބޭނެ ފުރުސަތު ފަހިކޮށްދިނުމަށް ދަނީ އެދެމުންނެވެ.

ޓީޗަރުންގެ ޑިމާންޑްތަކަށް ސަރުކާރުން އިޖާބަ ނުދޭނަމަ ހަޅުތާލު އަދިވެސް ކުރިޔަށް ގެންދާނެ ކަމަށް ޓީޗަރުން ދަނީ ބުނަމުންނެވެ.     

އިތުރަށް ކިޔާލަން

06 އެޕްރީލު 2017

ސީރިޔާގައި ދިން "ކެމިކަލް" " ހަމަލާ އާއި ގުޅިގެން ސެކިޔުރިޓީ ކައުންސިލުގައި މަޝްވަރާކޮށްފި

06 އެޕްރީލު 2017
ސީރިޔާގައި ދިން "ކެމިކަލް" " ހަމަލާ އާއި ގުޅިގެން ސެކިޔުރިޓީ ކައުންސިލުގައި މަޝްވަރާކޮށްފި
05 އެޕްރީލު 2017

ސީރިޔާގައި ދިން "ކެމިކަލް" " ހަމަލާ އާއި ގުޅިގެން ސެކިޔުރިޓީ ކައުންސިލުން އެއްވަނީ

05 އެޕްރީލު 2017
ސީރިޔާގައި ދިން "ކެމިކަލް" " ހަމަލާ އާއި ގުޅިގެން ސެކިޔުރިޓީ ކައުންސިލުން އެއްވަނީ
17 މާރިޗު 2017

ކިމް ޖޮން ނަމްގެ މަރާއި ގުޅިގެން ހަަތަރު މީހަކު ހޯދުމަށް ރެޑް ނޯޓިސް ނެރެފި

17 މާރިޗު 2017
ކިމް ޖޮން ނަމްގެ މަރާއި ގުޅިގެން ހަަތަރު މީހަކު ހޯދުމަށް ރެޑް ނޯޓިސް ނެރެފި
15 މާރިޗު 2017

ކިމް ޖޮން ނަމް މަރާލީ އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން: އުތުރު ކޮރެއާ

15 މާރިޗު 2017
ކިމް ޖޮން ނަމް މަރާލީ އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން: އުތުރު ކޮރެއާ
18 ފެބުރުއަރީ 2017

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު