Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދަރުމަވަންތަ ހޮސްޕިޓަލް

ދަރުމަވަންތަ ހޮސްޕިޓަލާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކަތައް އައި.ޖީ.އެމް.އެޗުން ދޮގުކޮށްފި

22 ސެޕްޓެމްބަރު 2023 | ހުކުރު 13:37

މާލިއްޔަތު ޤާނޫނަށް އިސްލާހުތަކެއް ގެނައުމަށްފަހު މި މަޝްރޫޢު ހަވާލުކޮށްފައިވަނީ ސިންގަޕޯގެ ޝެންހުއާ ކުންފުންޏާ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 22 ސެޕްޓެމްބަރު 2023 | ހުކުރު 13:37
ދަރުމަވަންތަ ހޮސްޕިޓަލް

ދަރުމަވަންތަ ހޮސްޕިޓަލް

ދަރުމަވަންތަ ހޮސްޕިޓަލާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކަތައް އައި.ޖީ.އެމް.އެޗުން ދޮގުކޮށްފިއެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގެ ޚިދުމަތާއި ގުޅޭ ނުރަނގަޅު މައުލޫމާތުތަކެއް މީސްމީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ ހޮސްޕިޓަލުން ބުނީ ކުރީ ސަރުކާރުން 3 ޓަވަރު އަޅާނެ ކަމަށް ބުނެ ޢިމާރާތްކުރި24 ފަންގިފިލާގެ ދަރުމަވަންތަ ހޮސްޕިޓަލުގައި ޤައުމީ ޔުނިވަރސިޓީއަށް ޚާއްޞަކޮށްފައިވާ 8 އަދި 14 ވަނަ ފަންގިފިލާ ފިޔަވައި މުޅި ޢިމާރާތުގައި ބަލިމީހުން ބެލުމާއި ސިއްޙީ ޚިދުމަތްތައް ދެމުންދާ ކަމަށެވެ.

Advertisement - newsAdvertisement

އަދި އެތަނުގެ 8 އަދި 14 ވަނަ ފަންގިފިލާ ޚާއްސަކޮށްފައިވަނީ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންނަށް ކަމަށް ވަނީ ބުނެފައެވެ.

އިތުރު ތަފްޞީލު ދެއްވަމުން އައި.ޖީ.އެމް.އެޗުން ބުނީ 15 ވަނަ ފަންގިފިލާ އިން 19 ވަނަ ފަންގިފިލާ އަކީ ޕްރައިވެޓް ކޮޓަރިތައް ކަމަށާއި 20 ވަނަ ފަންގިފިލާއަކީ ޕްރެސިޑެންޝަލް ސޫޓް ކަމަށެވެ.

އަދި 21 ން 23 ވަނަ ފަންގިފިލާގައި ވިޒިޓިންގ ޑޮކްޓަރުން ތިބުމުގެ އިންތިޒާމު ހަމަޖައްސާފައިވާއިރު 24 ވަނަ ފަންގިފިލާއަކީ މީޓިންގ ރޫމްތަކަށް ޚާއްޞަކޮށްފައިވާ ތަނެއްކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެފައި ވެއެވެ.

ދަރުމަވަންތަ ހޮސްޕިޓަލަކީ ކުރީގެ ރައީސް ޔާމީންގެ ދައުރުގައި އަދި މިހާރު ޕީ.އެން.ސީ.ގެ ރިޔާސީ ކެންޑިޑޭޓް އަދި އޭރުގެ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރ މުޢިއްޒުގެ ބެލުމުގެ ދަށުން ވަކި 3 ޓަވަރު ބިނާކުރުމަށް ނިންމައި އެވޯޑު ކުރި ޕްރޮޖެކްޓެކެވެ. މި 3 ޓަވަރުގެ ތެރޭގައި 10 ފަންގިފިލާގެ 2 ޢިމާރާތާއި 25 ފަންގިފިލާގެ ޢިމާރާތެއް އަޅާނެކަމަށް އޭރުގެ ޕްލޭންތަކުން ދައްކައެވެ. މި މަޝްރޫޢު ނިމުނު އިރު 3 ޓަވަރުގެ އަގަށް ނިންމާފައިވަނީ 1 ޢިމާރާތުގެ ތޮށިގަނޑެވެ.

މިއީ ދައުލަތުން ޚަރަދުކޮށްގެން ހިންގާފައިވާ އެންމެ އަގުބޮޑު މަޝްރޫޢު ކަމަށް ވާއިރު މަޝްރޫޢުގެ އަގަކީ 143 މިލިއަން ޑޮލަރެވެ. ނަމަވެސް މި ސަރުކާރުން ބެލި ބެލުމުން އެންމެ ބޮޑުވެގެންވެސް މިފަދަ ޢިމާރާތެއް ބިނާކުރުމަށް ދާނެކަމަށް އަންދާޒާކުރެވެނީ 40 މިލިއަން ޑޮލަރު ކަމަށް ސަރުކާރުން ވަނީ ބުުނެފައެވެ. އަގުހެޔޮ ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގެ ނަމުގައި ދައުލަތުގެ މާލިއްޔަތު ޤާނޫނަށް އިސްލާހުތަކެއް ގެނައުމަށްފަހު މިމަޝްރޫޢު ހަވާލުކޮށްފައިވަނީ ސިންގަޕޯގެ ޝެންހުއާ ކުންފުންޏާއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

03 އެޕްރީލު 2017

ހަނީފް ހައްޔަރުކުރީ ސޯޝަލް މީޑިއާގައި ސަރުކާރުގެ އަގު ވައްޓާލާތީ ކަމަށް ބުނެ: ހަސީން

03 އެޕްރީލު 2017
ހަނީފް ހައްޔަރުކުރީ ސޯޝަލް މީޑިއާގައި ސަރުކާރުގެ އަގު ވައްޓާލާތީ ކަމަށް ބުނެ: ހަސީން
25 މާރިޗު 2017

ރަށްތަކާއި ގުޅޭގޮތުން ސުވާލުކުރުމުން ރުޅިގަދެވެ، ރާއްޖެޓީވީގެ ނޫސްވެރިޔާއަށް ނިހާން އިންޒާރުދީފި

25 މާރިޗު 2017
ރަށްތަކާއި ގުޅޭގޮތުން ސުވާލުކުރުމުން ރުޅިގަދެވެ، ރާއްޖެޓީވީގެ ނޫސްވެރިޔާއަށް ނިހާން އިންޒާރުދީފި
17 މާރިޗު 2017

ސޯޝަލް މީޑިއާ އެކްޓިވިސްޓް ޠައްޔިބު ހައްޔަރުކޮށްފި

17 މާރިޗު 2017
ސޯޝަލް މީޑިއާ އެކްޓިވިސްޓް ޠައްޔިބު ހައްޔަރުކޮށްފި
13 މާރިޗު 2017

ނޫސްވެރިންނަށާއި ސޯޝަލް މީޑިއާ އެކްޓިވިސްޓުންނަށް ބިރު ދެއްކުން ހުއްޓާލާ: އެމްޑީޕީ

13 މާރިޗު 2017
ނޫސްވެރިންނަށާއި ސޯޝަލް މީޑިއާ އެކްޓިވިސްޓުންނަށް ބިރު ދެއްކުން ހުއްޓާލާ: އެމްޑީޕީ
20 ފެބުރުއަރީ 2017

ރައީސް ޔާމީނާއި މެޑަމް ފާތުންއާ ގުޅޭގޮތުން ފޭސްބުކްގައި ޕޯސްޓް ކުރާތީ ޑްރައިވަރަކު ވަޒީފާއިން ވަކިކޮށްފި

20 ފެބުރުއަރީ 2017
ރައީސް ޔާމީނާއި މެޑަމް ފާތުންއާ ގުޅޭގޮތުން ފޭސްބުކްގައި ޕޯސްޓް ކުރާތީ ޑްރައިވަރަކު ވަޒީފާއިން ވަކިކޮށްފި
15 ފެބުރުއަރީ 2017

ފެނަކަ ކޯޕަރޭޝަންގެ އެމްޑީއާ ގުޅޭގޮތުން ހުށަަހަޅާފައިވާ މައްސަލައާ ގުޅިގެން ޝަރީފާއި ސުވާލުކުރާނަން: އޭސީސީ

15 ފެބުރުއަރީ 2017
 ފެނަކަ ކޯޕަރޭޝަންގެ އެމްޑީއާ ގުޅޭގޮތުން ހުށަަހަޅާފައިވާ މައްސަލައާ ގުޅިގެން ޝަރީފާއި ސުވާލުކުރާނަން: އޭސީސީ
08 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި

08 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި
03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް