Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އާރުޓީއެލް

އާރުޓީއެލް ޒޯން 1ގެ ސާވޭ: ރައްޔިތުން އަތުން އަހަރަކު 100 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭ!

91 އިންސައްތަ މީހުން އާރުޓީއެލް ޚިދުމަތާމެދު ހިތްހަމަޖެހޭ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 22 ސެޕްޓެމްބަރު 2023 | ހުކުރު 07:11
އާރް.ޓީ.އެލް ޚިދުމަތުގައި ބޭނުން ކުރާ ފެރީތައް

އާރް.ޓީ.އެލް ޚިދުމަތުގައި ބޭނުން ކުރާ ފެރީތައް

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ދަށުން ޒޯން އެކެއްގައި ދެމުން އަންނަ ފެރީ ޚިދުމަތުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ އަތުން އަހަރެއްގެ މައްޗަށް 100 މިލިއަން ރުފިޔާ ސަލާމަތްވާ ކަމަށް ސާވޭއިން ދައްކައިފިއެވެ.

އާރުޓީއެލް ޒޯން އެކެއްގައި ތިން އަތޮޅު ހިމެނެއެވެ. އެއީ ހއ. ހދ. އަދި ށ. އެވެ. މި ތިން އަތޮޅުގައި އާރުޓީއެލް ހައި ސްޕީޑް ފެރީގެ ޚިދުމަތް ފެށިތާ އަހަރެއް ވެފައިވާއިރު އެ ޚިދުމަތުގެ ފެންވަރު ބެލުމަށާއި ރައްޔިތުން ޙިދުމަތާ ދޭތެރޭ ދެކޭގޮތް ބެލުމަށް ވަނީ ސާވޭއެއް ހަދައިފައެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ބޭނުމަށް ސާވޭ ހަދާފައިވަނީ އެފްޖޭއެސް ކޮންސަލްޓިންގ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ.

މި ސާވޭގައި އާރުޓީއެލް ފެރީގެ ޚިދުމަތް ހޯދާ ފަރާތްތަކާއި ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައްތައް ފޯރުކޮށްދޭ ދައުލަތުގެ މުއައްސަސާތަކާއި މުޖުތަމައުގެ އެހެނިހެން ފަރުދުންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި ވިޔަފާރިތަކަށް އެހެނިހެން ސިނާއަތްތަކަށް ކުރާ އަސަރުތައް ވަނީ ދެނެގަނެވިފައެވެ.

ސާވޭއިން ދައްކާ ގޮތުގައި މިދިޔަ ތިން މަސް ދުވަހުގެ ތެރޭގައި ޒޯން އެކެއްގައި ހިމެނޭ ރަށްތަކުގެ ރައްޔިތުންގެ 83 އިންސައްތަ މީހުން ދަތުރު ކުރުމަށް ބޭނުން ކުރަނީ އާރުޓިއެލް ފެރީއެވެ. އަދި އާރުޓިއެލްގެ ޚިދުމަތް ފެށިފަހުން ދަތުރު ކުރާ މީހުންގެ އަދަދު ވަނީ 39 އިންސައްތަ އިތުރުވެފައެވެ. މި ޒޯނުގައި އެންމެ ގިނަ މީހުން ދަތުރުކުރަނީ ކުޅުދުފުއްޓަށެވެ. އެގޮތުން 74 އިންސައްތަ މީހުން އެ ސިޓީއަށް ޒިޔާރަތް ކުރާއިރު ގިނަ މީހުން ދަތުރު ކުރަނީ ސިއްހީ ބޭނުމަށް ކަމަށް ސާވޭއިން ދައްކައެވެ.

އާރުޓިއެލްގެ ޚިދުމަތް ފެށިގެން ޒޯން އެކެއްގައި ހިމެނޭ ތިން އަތޮޅުގެ ރައްޔިތުންގެއަތުން ދަތުރުފަތުރަށް ކުރާ ޚަރަދު ވަނީ އެތައް ގުނައެއް ކުޑަވެފައެވެ. އެގޮތުން، ތިން އަތޮޅުގެ 10،500 އެއްހާ ގޭބިސީގެ ތެރެއިން ކޮންމެ ގޭބިސީއަކަށް ދަތުރުފަތުރަށް ކުރާ ހޭދައިން ކޮންމެ މަހަކު 800 ރުފިޔާ ސަލާމަތް ކުރެވޭއިރު އަަހަރެއްގެ މައްޗަށް 100 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭ ކަމަށް ސާވޭއިން ދައްކައެވެ. އަދި އާރުޓީއެލްއާއެކު އެ ސަރަހައްދުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެފައިވާ ކަމަށް 79 އިންސައްތަ މީހުން ގަބޫލުކުރެއެވެ.

މި ސާވޭއިން ދަައްކާ ގޮތުގައި އާރުޓީއެލްއާއެކު ސީދާ ގޮތުންނާއި ނުސީދާ ގޮތުން ގިނަ އަދަދެއްގެ ވަޒީފާގެ ފުރުސަތުތައް ޒޯން އެކެއްގައި ވަނީ އުފެދިގެން ގޮސްފައެވެ. އެގޮތުން، ދަތުރުފަތުރުގެ ލުއިފަސޭހަކަމާއެކު ރަށާ ކައިރި ރަށްތަކުގައި މަސައްކަތް ކުރާ މީހުންގެ އަދަދު ގިނަވުން ހިމެނޭ ކަމަށް ވަނީ ހާމަކޮށްފައެވެ.

އާރުޓީއެލްއާއެކު ޒޯން އެކެއްގައި ދިރިއުޅޭ ރައްޔިތުންނަށް އިގްތިސާދީ ގޮތުން ފައިދާތައް ވެފައިވާއިރު ވިޔަފާރިތަކަށް ވެސް ވަނީ ފައިދާ ވެފައެވެ. އެގޮތުން، ދަތުރުފަތުރު ކުރުމަށް ކުރާ ހޭދަ ކުޑަވެ، ދިރިއުޅުމުގެ ފެންވަރު މަތިވުމުގެ ސަބަބުން ވިޔަފާރި ކުރާ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށް ވަނީ ފާހަގަވެފައެވެ.

އާރުޓީއެލްގެ ޚިދުމަތް ހޯދާ މީހުންގެ ތެރެއިން އެންމެ ގިނަ މީހުން ސިއްހީ ޚިދުމަތް ހޯދުމަށް ދަތުރު ކުރާއިރު ދެވަނައަށް އެންމެ ގިނައިން ދަތުރު ކުރަނީ އެއާޕޯޓަށް ދިއުމަށާއި އާއިލާ އާއި ރައްޓެހިންނަށް ޒިޔާރަތް ކުރުމަށެވެ.

އާރުޓީއެލް ފެރީގެ ޚިދުމަތް ހޯދާ ފަރާތްތަކުގެ ތެރެއިން 93 އިންސައްތަ މީހުން އެ ޚިދުމަތަކީ ހުރިހާ އެންމެނަށް ވެސް ހެޔޮ އަގުގައި ލިބޭ ޚިދުމަތެއްގެ ކަމަށް ގަބޫލުކުރެއެވެ. އަދި 91 އިންސައްތަ މީހުން އާރުޓީއެލް ޚިދުމަތާމެދު ހިތްހަމަޖެހެއެވެ. މީގެ ތެރެއިން 50 އިންސައްތަ މީހުން މި ޚިދުމަތާ މެދު ވަރަށް ހިތްހަމަޖެހެއެވެ.

އާރުޓީއެލްއަކީ އިންޓެގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކުގެ ދަށުން ފެށި ޚިދުމަތެކެވެ. މި ނެޓްވޯކަކީ މުޅި ރާއްޖެއަށް އަމާޒުކޮށް ފަސިންޖަރުންނާއި މުދާ އުފުލާ ފެރީ ހިމެނޭ ގޮތުން، ނޭޝަނަލް ސްޕެޝަލް ޕްލޭން (2020-2040)ގައި ހިމެނޭ ތިން ޒޯނާއި ހަ ރީޖަން ގުޅުވައިދިނުމަށް ފަރުމާކޮށްފައިވާ ވިއުގައެކެވެ. މި ގޮތުން ފެރީ ނެޓްވޯރކުން ހަ ރީޖަންގައި އެކުލެވޭ ހުރިހާ ރަށްތަކެއް ގުޅާލެވޭއިރު، އެއް ރީޖަން އަނެއް ރީޖަނާވެސް ގުޅިގެންދާނެއެވެ.

މިހާތަނަށް ޒޯން އެކެއްގައި ހިމެނޭ ތިން އަތޮޅުގެ އިތުރުން ޅ. އަތޮޅާއި ގއ. ގދ. އަދި ފުވައްމުލައް ސިޓީ އާއި އައްޑޫ ސިޓީގައި މިހާރު ވަނީ އާރުޓީއެލްގެ ޚިދުުމަތް ފަށައިފައެވެ. ނ. އަތޮޅުގައި ވެސް މި ޚިދުމަތް ތައާރަފު ކުރުމަށް މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ. މި ސަރަހައްދުތަކުގައި ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް މި ސާވޭ ބޭނުން ކުރެވޭނެ ކަމަށް ޕްލޭނިންގ މިނިސްޓްރީން ބުނެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 މާރިޗު
ޕޮޓޭޓޯ ޕޭން ކޭކް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ޕޮޓޭޓޯ ޕޭން ކޭކް

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް
20233 އަހަރު ކުރިން
ކުޅިވަރު

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!
20215 އަހަރު ކުރިން
ރާއްޖެ

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!
20197 އަހަރު ކުރިން
ރިޕޯޓު

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!
20188 އަހަރު ކުރިން
ރިޕޯޓު

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު