Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ބާސެލޯނާ އިން ފުރުސަތު ލިބުމުން ދޫކޮށެއް ނުލެވޭނެ: ކަންސޭލޯ

އޭނާ ބުނީ ބާސެލޯނާ އަށް ބަދަލުވީ އޭނާ އަމިއްލަ އަށް ބޭނުން ވެގެން ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 ސެޕްޓެމްބަރު 2023 | ބުރާސްފަތި 07:08
ބާސެލޯނާ އަށް ކުޅެމުން އަންނަ ކަންސޭލޯ

ބާސެލޯނާ އަށް ކުޅެމުން އަންނަ ކަންސޭލޯ

ސްޕެއިންގެ ބާސެލޯނާ އަށް ކުޅުމުގެ ފުރުސަތު ލިބުމުން، އެ ފުރުސަތު ދޫކޮށް ނުލެވޭނެ ކަމަށް އެ ޓީމަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ޔާއޯ ކަންސޭލޯ ބުނެފި އެވެ.

ކަންސޭލޯ ބުނީ މެންޗެސްޓަރ ސިޓީ އަކީ ދުނިޔޭގައި އޮތް އެންމެ މޮޅު އެއް ކުލަބު ކަމަށެވެ. އެހެން ނަމަވެސް، އެއްވެސް ކަހަލަ ގޮތަކަށް ބާސެލޯނާ އަށް ކުޅުމުގެ ފުރުސަތު ލިބިއްޖެ ނަމަ، އެކަން ދޫކޮށް ނުލެވޭނެ ކަމަށެވެ. ސިޓީގައި ހުރުމަށްފަހު އޭނާ ބާސެލޯނާ އަށް ބަދަލުވީ ވެސް އެ ސަބަބަށްޓަަކައި ކަމަށް ކަންސޭލޯ ވަނީ ބުނެފަ އެވެ. އޭނާ ބުނީ ބާސެލޯނާ އަށް ބަދަލުވީ އޭނާ އަމިއްލަ އަށް ބޭނުން ވެގެން ކަމަށާއި، މިއަދާ ހަމައަށް އައިއިރު، އެ ކުލަބުގައި ހުރީ އުފަލުން ކަމަށެވެ. މިހާރު ބޭނުންވަނީ ބާސެލޯނާގައި ކާމިޔާބު ސީޒަނެއް ނިންމާލުން ކަމަށާއި، އަމާޒަކީ ވީހާވެސް ގިނަ ކާމިިޔާބީ އެ ކުލަބާއެކު ހޯދުން ކަމަށް އޭނާ ބުންޏެވެ.

ސިޓީގައި ހުރުމަށް ފަހު ކަންސޭލޯ ބާސެލޯނާ އަށް ބަދަލުވީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. މި ސީޒަންގެ ނިޔަލަށް ބާސެލޯނާ އަށް ކުޅުމަށްފަހު އަނެއްކާ ވެސް އޭނާ އެނބުރި ސިޓީ އަށް ދާނެ އެވެ. ކަންސޭލޯ ހޯދުމަށް ބާސެލޯނާ އިން ހެދި އެއްބަސްވުމުގައި، ދާއިމީ ގޮތެއްގައި އޭނާ ހޯދޭނެ މާއްދާ ވަނީ އުނިކޮށްފަ އެވެ. އެއީ ސިޓީން ދާއިމީ ގޮތެއްގައި ކަންސޭލޯ ދޫކޮށްލަން ބޭނުންނުވާތީ އެވެ. ބާސެލޯނާ އަށް ބަދަލުވި ފަހުން ކަންސޭލޯ ވަނީ މިހާތަނަށް އެ ކުލަބަށް ތިން މެޗު ކުޅެ، އެއް ލަނޑު ޖަހައިފަ އެވެ.

ބާސެލޯނާކަންސޭލޯ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
27 ނޮވެމްބަރު 2025

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު