Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންޖީނު ފައިނޭންސިންގ ޕްރޮމޯޝަން

"އިންޖީނު ފައިނޭންސިންގ ޕްރޮމޯޝަން" ތަޢާރަފުކުރުމަށް އެމްޓީސީސީން މޯލްޑިވްސް އިސްލާމިކް ބޭންކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

21 ސެޕްޓެމްބަރު 2023 | ބުރާސްފަތި 02:07

މި އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް އެމްޓީސީސީ އިން ވިއްކާ ޔަންމާ އަދި ސުޒުކީ ބްރޭންޑްގެ އިންޖީނު ގަންނަ ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތަކެއް ލިބޭނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 21 ސެޕްޓެމްބަރު 2023 | ބުރާސްފަތި 02:07
އެމްޓީސީސީ އާއި އެމްއައިބީ އާ ދެމެދު އެއްބަސްވުމުގައި ސޮއިކުރަނީ

އެމްޓީސީސީ އާއި އެމްއައިބީ އާ ދެމެދު އެއްބަސްވުމުގައި ސޮއިކުރަނީ

އިންޖީނު ގަންނަ ކަސްޓަމަރުންނަށް މާލީގޮތުން ލުއިފަސޭހަ ކޮށްދިނުމަށްޓަކައ،ި އެމްޓީސީސީން މޯލްޑިވްސް އިސްލާމިކް ބޭންކާއިއެކު އެމް.އޯ.ޔޫ އެއްގައި ސޮއިކޮށްފިއެވެ.

މި އެމްއޯޔޫގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައ،ި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ، އާދަމް އާޒިމްއެވެ. އަދި މޯލްޑިވްސް އިސްލާމިކް ބޭންކްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ، މުފައްދަލް އިދްރީސް ޚުމްރީއެވެ.

މިއެމްއޯޔޫގެ ދަށުން މި އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް އެމްޓީސީސީ އިން ވިއްކާ ޔަންމާ އަދި ސުޒުކީ ބްރޭންޑްގެ އިންޖީނު ގަންނަ ކަސްޓަމަރުންނަށް ދިގުމުއްދަތަށް ބަހާލައިގެން އިސްލާމީ ޢުސޫލްތަކާއި އެއްގޮތްވާ ގޮތުގެމަތިން އިންޖީނަށް ފައިސާދައްކާ ޙަލާސްކުރެވޭނެ ލުއިފަސޭހަ އިންތިޒާމެއް ހަމަޖެހިގެންދާނެއެވެ. މި އެމްއޯޔޫގެ ދަށުން ސުޒުކީ އައުޓްބޯޑު އިންޖީނުން (2.5 އެޗ.ްޕީ އިން 325 އެޗ.ްޕީ އާހަމައަށް) 8 ޕަސެންޓްގެ ޑިސްކައުންޓެއް އަދި ޔަންމާ (35 އެޗ.ްޕީ އިން 1400 އެޗ.ްޕީ އާހަމައަށް) އިންޖީނުން 5 ޕަސެންޓްގެ ޑިސްކައުންޓެއް ކަސްޓަމަރުންނަށް ލިބޭނެއެވެ.

ކަސްޓަމަރުން ހޭލުންތެރިކޮށް މަޢުލޫމާތު ފޯރުކޮށްދިނުމަށް އެމްޓީސީސީއާއި މޯލްޑިވްސް އިސްލާމިކް ބޭންކް ގުޅިގެން ތަފާތު ހަރަކާތްތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުނ،ް މީޑިއާއާއި މީސް މީޑިއާގެ ޕްލެޓްފޯރމްތަކާއ،ި އޮޑިވެރިންނާއި އޮޑިދޯނިފަހަރު ބަންނަ ފަރާތްތަކާއި ބައްދަލުކޮށް މަޢުލޫމާތު ދިނުމުގެ ސެޝަންތައް ބާއްވައިގެން ކަސްޓަމަރުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮމޯޝަންގެ މަޤްސަދަކީ އިންޖީނު ފައިނޭންސްކުރުމުގައި ކަސްޓަމަރުންނަށް ލުއި ގޮތްތައް ހޯދައިދިނުމާއި މަސްވެރިންނާއ،ި ކަނޑު ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއ،ި މޫދު ކުޅިވަރު ފަދަ ހަރަކާތްރަކުގައި ޝާމިލުވާއުޅޭ ފަރާތްތަކުން އިންޖީނަށް ފައިސާ ދެއްކުމުގައި ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުން ކަމަށް އެމްޓީސީސީއިން ބުނެއެވެ.

އެމްޓީސީސީއެމްއައިބީ

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2025

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް
19 ނޮވެމްބަރު 2025

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި
27 އޮކްޓޯބަރު 2025

ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

27 އޮކްޓޯބަރު 2025
ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި
27 އޮކްޓޯބަރު 2025

ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

27 އޮކްޓޯބަރު 2025
ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި
17 އޮކްޓޯބަރު 2025

އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

17 އޮކްޓޯބަރު 2025
އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު
02 އޮކްޓޯބަރު 2025

އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި

02 އޮކްޓޯބަރު 2025
އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި
30 ސެޕްޓެމްބަރު 2025

ފެބްރުއަރީ މަހު ހަވާލުކުރި ފައިނު އެއަރޕޯޓުގެ އަމަލީ މަސައްކަތުގެ ހިލަމެއް ނެތް!

30 ސެޕްޓެމްބަރު 2025
ފެބްރުއަރީ މަހު ހަވާލުކުރި ފައިނު އެއަރޕޯޓުގެ އަމަލީ މަސައްކަތުގެ ހިލަމެއް ނެތް!
29 ސެޕްޓެމްބަރު 2025

ދަނގެތީގެ ބަނދަރު ބޮޑު ކުރަން ގެންދިޔަ ސާމާނު އޮމަދޫ އަށް ގެންގޮސްފި

29 ސެޕްޓެމްބަރު 2025
ދަނގެތީގެ ބަނދަރު ބޮޑު ކުރަން ގެންދިޔަ ސާމާނު އޮމަދޫ އަށް ގެންގޮސްފި
26 ސެޕްޓެމްބަރު 2025

317 މީހުން ދިރިއުޅޭ ގާދިއްފުށީގެ 10 ހެކްޓަރުގެ ބިން ހިއްކުމަށް 110 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފި

26 ސެޕްޓެމްބަރު 2025
317 މީހުން ދިރިއުޅޭ ގާދިއްފުށީގެ 10 ހެކްޓަރުގެ ބިން ހިއްކުމަށް 110 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފި
21 ސެޕްޓެމްބަރު 2025

ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި

21 ސެޕްޓެމްބަރު 2025
ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް