Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

މޮޅު ކުޅުމެއް ދެއްކޭތީ ފެލިކްސް ހުރީ އުފާވެފައި

21 ސެޕްޓެމްބަރު 2023 | ބުރާސްފަތި 01:13

ފެލިކްސް ބުނީ، ބާސެލޯނާ އަށް ކުޅުމުގެ ފުރުސަތު ލިބުމުން ވަރަށް އުފާވާ ކަމަށާއި، އެ ކުލަބަށް ކުޅެނީ ވަރަށް ހިތްހަމަ ޖެހިގެން ހުރެ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 ސެޕްޓެމްބަރު 2023 | ބުރާސްފަތި 01:13
ބާސެލޯނާ އިން ކުޅުނު މެޗުގައި ލަނޑު ޖެހުމަށްފަހު ފެލިކްސް އުފާ ފާޅު ކުރަނީ

ބާސެލޯނާ އިން ކުޅުނު މެޗުގައި ލަނޑު ޖެހުމަށްފަހު ފެލިކްސް އުފާ ފާޅު ކުރަނީ

ސްޕެއިންގެ ބާސެލޯނާގައި މޮޅު ކުޅުމެއް ދެއްކޭތީ އުފަލުން ހުރި ކަމަށް، އެ ޓީމަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ޒުވާން ކުޅުންތެރިޔާ ޔާއޯ ފެލިކްސް ބުނެފި އެވެ.

އެތުލެޓިކޯ މެޑްރިޑުގައި ހުރުމަށްފަހު ފެލިކްސް ބާސެލޯނާ އަށް ބަދަލުވީ ލޯނު އެއްބަސްވުމެެއްގެ ދަށުންނެވެ. އެއީ މިހާރު ކުރިއަށްދާ ސީޒަންގެ ނިޔަލަށް ބާސެލޯނާގައި ކުޅުމަށެވެ. ނަމަވެސް، މި ސީޒަނަށްފަހު އޭނާ އަލުން އެނބުރި އެތުލެޓިކޯ އަށް ދާނެ އެވެ. ބާސެލޯނާ އާއެކު ހެދި އެއްބަސްވުމުގައި ދާއިމީ އެއްބަސްވުމެއްގެ ދަށުން ފެލިކްސް ހޯދުމުގެ މާއްދާ ހިމަނައިފައެއް ނުވެ އެވެެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ބާސެލޯނާ އިން ރޯޔަލް އެންޓްވާޕާ ދެކޮޅަށް ކުޅުނު މެޗުގައި ފެލިކްސް ވަނީ ދެ ލަނޑު ޖަހައިފަ އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެސް ފެލިކްސް އެވެ. އެ މެޗަށްފަހު ވާހަކަ ދައްކަމުން ފެލިކްސް ބުނީ، ބާސެލޯނާ އަށް ކުޅުމުގެ ފުރުސަތު ލިބުމުން ވަރަށް އުފާވާ ކަމަށާއި، އެ ކުލަބަށް ކުޅެނީ ވަރަށް ހިތްހަމަ ޖެހިގެން ހުރެ ކަމަށެވެ. ބާސެލޯނާގެ ކުޅުންތެރިންގެ ފަރާތުން ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް ލިބޭކަން ފާހަގަކޮށް ފެލިކްސް ބުނީ، ޓީމުގެ ކޯޗިން އޮފިޝަލުންގެ ފަރާތުން ވެސް ނުހަނު އެހީތެރިކަން ލިބޭ ކަމަށެވެ. އިތުރަށް ފެލިކްސް ބުނީ، އޭނާ ހުރީ ބާސެލޯނާ އަށް ކާމިޔާބުތައް ހޯދައިދީ، ސަޕޯޓަރުންނަށް ހިނިތުންވުމެއް ގެނެސްދޭން ތައްޔާރަށް ކަމަށެވެ.

އެތުލެޓިކޯގައި ހުރުމަށްފަަހު ލޯނު އެއްބަސްވުމެއްގެ ދަށުން އެންމެ ފުރަތަމަ ފެލިކްސް ބަދަލުވީ ޗެލްސީ އަށެވެ. ނަމަވެސް އެ ޓީމުގެ ކޯޗުކަމާ ހަވާލުވި މައުރީސިއޯ ޕޮޗެޓީނޯގެ ޕްލޭންގައި ފެލިކްސް ނުހިމެނޭތީ، އަލުން އޭނާ އަށް ޖެހުނީ އެތުލެޓިކޯ އަށް ދާށެވެ. ބާސެލޯނާ އިން ފެލިކްސް ހޯދީ އޭގެ ފަހުންނެެވެ. ބާސެލޯނާ އަށް މިހާތަނަށް ކުޅުނު ތިން މެޗުން، އޭނާ ވަނީ ތިން ލަނޑު ޖަހައިފަ އެވެ. އޭގެ ތެރެއިން ދެ މެޗެއްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ފެލިކްސް ހޯދި އެވެ.

ބާސެލޯނާޔާއޯ ފެލިކްސް

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
27 ނޮވެމްބަރު 2025

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް
26 ނޮވެމްބަރު 2025

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި
04 ނޮވެމްބަރު 2025

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި
03 ނޮވެމްބަރު 2025

އެލްޗޭ ބަލިކޮށް، ބާސެލޯނާ ދެ ވަނައިގައި

03 ނޮވެމްބަރު 2025
އެލްޗޭ ބަލިކޮށް، ބާސެލޯނާ ދެ ވަނައިގައި
27 އޮކްޓޯބަރު 2025

ބާސެލޯނާ ބަލިކޮށް، ރެއާލް އަށް ފަސް ޕޮއިންޓުގެ ލީޑެއް

27 އޮކްޓޯބަރު 2025
ބާސެލޯނާ ބަލިކޮށް، ރެއާލް އަށް ފަސް ޕޮއިންޓުގެ ލީޑެއް
19 އޮކްޓޯބަރު 2025

ބާސެލޯނާ މޮޅުވި މެޗުގައި ފްލިކް އަށް ރަތް ކާޑު ދައްކައިފި

19 އޮކްޓޯބަރު 2025
ބާސެލޯނާ މޮޅުވި މެޗުގައި ފްލިކް އަށް ރަތް ކާޑު ދައްކައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް