Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަންހެން ފުޓްބޯޅަ

އިހުތިޖާޖު ހުއްޓާލައި މެޗު ކުޅެން ކުޅުންތެރިން އެއްބަސްވެއްޖެ

20 ސެޕްޓެމްބަރު 2023 | ބުދަ 09:25

ސްޕޭން ސަރުކާރުން ވަނީ ކުޅުންތެރިންނާއި ބައްދަލުކޮށްފައި

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 20 ސެޕްޓެމްބަރު 2023 | ބުދަ 09:25
ސްޕެއިންގެ ވަގުތީ ބޮޑު ވަޒީރު ވޯލްޑް ކަޕް ކާމިޔާބު ކުރި ޤައުމީ އަންހެން ޓީމާ އެކު

ސްޕެއިންގެ ވަގުތީ ބޮޑު ވަޒީރު ވޯލްޑް ކަޕް ކާމިޔާބު ކުރި ޤައުމީ އަންހެން ޓީމާ އެކު

ސްޕޭނުގެ އަންހެން ފުޓްބޯޅަ ކުޅުންތެރިން ފެޑަރޭޝަނާ ދެކޮޅަށް ހުރި އިހުތިޖާޖު ހުއްޓާލައި ނޭޝަނަސް ލީގުގެ މެޗުތައް ކުޅެން އެއްބަސްވެއްޖެ އެވެ.

ޖުލައި މަހު ދުނިޔޭގެ ޗެމްޕިއަންކަން ހޯދި ސްޕޭނުގެ ކުޅުންތެރިން އިހުތިޖާޖު ކުރަން ފެށީ ސްޕޭނުގެ ފުޓްބޯޅަ ފެޑަރޭޝަނުން އަންހެން ކުޅުންތެރިންނާމެދު ތަފާތުކޮށް، އިހުމާލުވާ ކަމަށް ބުނެ އެވެ.

މި ގޮތުން ކުޅުންތެރިން މައްސަލައަކަށް ނެގި ކަންކަން އިސްލާހު ކޮށްދޭނެ ކަމަށް ސްޕޭނުގެ ސެކެރެޓްރީ އޮފް ސްޓޭޓްސް ފޯ ސްޕޯޓްސް ވަނީ ކުޅުންތެރިންނާ މަޝްވަރާ ކުރުމަށްފަހު ވިދާޅުވެފަ އެވެ.

ސްޕޭނުގެ ވެލެންސިއާގައި ބޭއްވި ހަތް ގަނޑިއިރުގެ ބައްދަލުވުމަށްފަހު އޭނާ ވިދާޅުވީ ނޭޝަންސް ލީގުގައި އަންނަ ހުކުރު ދުވަހު ސްވިޑްންއާ ދެކޮޅަށް އަދި އަންގާރަ ދުވަހު ސްވިޒަލޭންޑާ ދެކޮޅަށް ކުޅެން ކުޅުންތެރިން އެއްބަސްވުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

ކުޅުންތެރިން އިހުތިޖާޖު ކުރީ އަންހެން ކުޅުންތެރިންނަށް ވޯލްޑްކަޕް ކާމިޔާބުކޮށްދިން ކޯޗު މުބާރާތުގެ ކުރިން ޖިންސީ ފުރައްސާރަ ކުރުމާއި މުސާރަ އާއި އެނޫން ކަންކަމާ ހެދި އެވެ. އަދި ވޯލްޑްކަޕް ނިންމުމުގެ ރަސްމިއްޔާތުގައި ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ލުއިސް ރުބިއަލެސް ކުޅުންތެރިއަކަށް ބޮސްދިނުމާއެކު މައްސަލަ ވަނީ ގޯހުން ގޯހަށް ގޮސްފަ އެވެ. ކޯޗާއި ރުބިއަލެސް ވެސް ފިއްތުންތަކާހުރެ މިހާރު ވަނީ އިސްތިއުފާދީފަ އެވެ.

ސްޕޭނުގެ ކުޅުންތެރިން މިހާރު ޑިމާންޑްކުރަނީ ފަސް ކަމަކަށެވެ. އެއީ:

1. ސްޕޭނުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ އޮނިގަނޑު އަލުން އެކުލަވާލުން

2. ރުބިއަލެސް އިސްތިއުފާދިނުމުން، ވަގުތީގޮތުން ހަވާލުވެހުރި ރައީސް އިސްތިއުފާދިނުން

3. އަންހެނުންގެ ފުޓްބޯޅައަށް ވަކި އިދާރާއެއް ހަމަޖެއްސުން. ވަކި ޖެނެރަލް ސެކްރެޓަރީއަކާއި ޕްރެޒިޑެންޝަލް ކެބިނެޓެއް ހަމަޖެއްސުން

4. އައު މީޑިއާ ޑިޕާޓްމަންޓެއް އުފެއްދުން

5. ކުޅުންތެރންގެ ކަރާމާތް ހިފެހެއްޓުމަށް އައު ވިސްނުންތަކެއް ހުށަހެޅުން، މިއެވެ.

އަންހެނުންގެ ފުޓްބޯޅަސްޕެއިން ފުޓުބޯޅަ ޓީމު

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2025

ފީފާ ރޭންކިންގެ އެއް ވަނަ އަށް ސްޕެއިން ޖެހިލައިފި

19 އޮކްޓޯބަރު 2025
ފީފާ ރޭންކިންގެ އެއް ވަނަ އަށް ސްޕެއިން ޖެހިލައިފި
12 އޮކްޓޯބަރު 2025

ސްޕެއިން އިން ޖޯޖިއާގެ މައްޗަށް ވެސް ކުރި ހޯދައިފި

12 އޮކްޓޯބަރު 2025
ސްޕެއިން އިން ޖޯޖިއާގެ މައްޗަށް ވެސް ކުރި ހޯދައިފި
04 އޮކްޓޯބަރު 2025

ޔަމާލް އަށް އަނިޔާވެ ކުޅުމާ ދުރަށް

04 އޮކްޓޯބަރު 2025
ޔަމާލް އަށް އަނިޔާވެ ކުޅުމާ ދުރަށް
08 ސެޕްޓެމްބަރު 2025

ސްޕެއިން އިން ހަ ލަނޑުގެ މޮޅެއް ހޯދިއިރު، މެރީނޯ ހެޓްރިކް ހަދައިފި

08 ސެޕްޓެމްބަރު 2025
ސްޕެއިން އިން ހަ ލަނޑުގެ މޮޅެއް ހޯދިއިރު، މެރީނޯ ހެޓްރިކް ހަދައިފި
05 ޖޫން 2025

ފްރާންސް މެޗުގެ ކުރިން ފުއެންޓޭ ބުނީ ފޭވަރިޓުންނެއް ނެތް ކަމަށް

05 ޖޫން 2025
ފްރާންސް މެޗުގެ ކުރިން ފުއެންޓޭ ބުނީ ފޭވަރިޓުންނެއް ނެތް ކަމަށް
29 ޖެނުއަރީ 2025

ސްޕެއިންގެ ކޯޗު ފުއެންޓޭ އެއްބަސްވުން އައު ކޮށްފި

29 ޖެނުއަރީ 2025
ސްޕެއިންގެ ކޯޗު ފުއެންޓޭ އެއްބަސްވުން އައު ކޮށްފި
19 ނޮވެމްބަރު 2024

ސްޕެއިން އިން ފަހު ވަގުތު ސްވިޒަލެންޑު ބަލިކޮށްފި

19 ނޮވެމްބަރު 2024
ސްޕެއިން އިން ފަހު ވަގުތު ސްވިޒަލެންޑު ބަލިކޮށްފި
29 އޮކްޓޯބަރު 2024

ބެލެންޑިއޯ އެވޯޑު ކާމިޔާބު ކުރީ ރޮޑްރީ

29 އޮކްޓޯބަރު 2024
ބެލެންޑިއޯ އެވޯޑު ކާމިޔާބު ކުރީ ރޮޑްރީ
13 އޮކްޓޯބަރު 2024

ޑެންމާކު ބަލިކޮށް، ސްޕެއިން އެއް ވަނަ އަށް

13 އޮކްޓޯބަރު 2024
ޑެންމާކު ބަލިކޮށް، ސްޕެއިން އެއް ވަނަ އަށް
09 އޮކްޓޯބަރު 2024

ފުޓުބޯޅަ އިން ރިޓަޔާވާން އިނިއެސްޓާ ނިންމައިފި

09 އޮކްޓޯބަރު 2024
ފުޓުބޯޅަ އިން ރިޓަޔާވާން އިނިއެސްޓާ ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް