Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރިޔާސީ އިންތިޚާބު 2023

"ރައީސް ނަޝީދުގެ ނިންމެވުން ބަދަލުވެގެންދާނީ އެމްޑީޕީގެ މެންބަރުންގެ ހިތުގައި އުފެދޭ ލޯތްބަކަށް ނޫނީ ބޮޑު ނަފްރަތަކަށް": މަހްލޫފް

ރައީސް ނަޝީދު ކަންކަން ކުރައްވާގޮތާމެދު އެމްޑީޕީގެ މެންބަރުންގެ ހިތުގައި ހިތްހަމަނުޖެހުން އުފެދިފައިވޭ

ޝަބާ ޔޫސުފް
ޝަބާ ޔޫސުފް, ރާއްޖެ އެމްވީ | 20 ސެޕްޓެމްބަރު 2023 | ބުދަ 08:43
ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް

ރައީސް ނަޝީދުގެ ނިންމެވުން ބަދަލުވެގެންދާނީ އެމްޑީޕީގެ މެންބަރުންގެ ހިތުގައި އުފެދޭ ލޯތްބަކަށް ނުވަތަ ބޮޑު ނަފްރަތަކަށްކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހުގެ ރޭ ގަލޮޅު ކަންމަތީގައި ކުރިޔަށްގެންދިޔަ ކަންމަތީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީއަށް ލިބުނީ އުއްމީދު ކުރި ނަތީޖާއެއް ނޫންކަމަށާއި، އެހެންނަމަވެސް ދެވަނަ ބުރުގައި އިންތިޚާބު ފަސޭހަކަމާއެކު ކާމިޔާބު ކުރެވޭނެކަމަށެވެ. އަދި ތާރީޚަށް ބަލާއިރު ވެސް މި ފުރުސަތު އެންމެ ބޮޑީ ރައީސް ސާލިޙަށްކަން މަހްލޫފް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ދެވަނަ ބުރުގެ އެންމެ މުހިއްމުކަމެއް ދޭންވީ ވީހާވެސް ހެނދުނު ހެނދުނާ ރައްޔިތުން ނުކުމެ ވޯޓުލުމަށްފަހު، ލިބޭނެކަމަށް ޔަގީންވެފައިހުރި ވޯޓުތައް ހޯދުންކަމަށް މަހްލޫފް ވިދާޅުވިއެވެ.

ދެވަނަ ކަމަކަށް މީގެ ކުރިން ރައީސް ސާލިޙަށް ވޯޓު ނުދޭ އަދި ވޯޓު ނުލާ ތިބި ރައްޔިތުންގެ ތެރެއިން އެމްޑީޕީގެ ކޮންމެ މެންބަރަކުވެސް، ކޮންމެ ސަޕޯޓަރެއްވެސް އެއް ވޯޓް އެމްޑީޕީއަށް ހޯދައިދިނުންކަމަށް މަހުލޫފް ވިދާޅުވިއެވެ.

އަދި އެހެން ރައީސުންނަށް ނުކޮށްދެވި ހުރި ކަންކަން ރައީސް ސާލިޙު ކޮށްދެއްވިކަން ފާހަގަކުރައްވާ މަހްލޫފް ވިދާޅުވީ، ދީނީ އިލްމު އުނގަނައިދީހެދުމުގެ މިނިވަންކަން ރައީސް ސާލިޙުގެ ސަރުކާރުގައި ދެއްވައިފައިވާ ކަމަށާއި، ރައީސް ސާލިޙުގެ ވެރިކަމުގައި މޫނުބުރުގާ އަޅައިގެން އުނގަނައިދޭން އުޅުއްވާ ކަނބަލުންނަށް ދާއީމީ ހައްލެއް ހޯދައިދެއްވާފައިވާ ކަމަށެވެ. އަދި ގާނޫނާއި ގަވާއިދާ ޚިލާފުވުމުން އެމްޑީއެން ވެސް އުވާލެއްވީ ރައީސް ސާލިޙު ކަމަށް މަހްލޫފް ވިދާޅުވިއެވެ. މީގެއިތުރުން، މުއިއްޒު ހައުސިންގ މިނިސްޓަރު ކަމުގައި 7 އަހަރު ހުންނެވިއިރުވެސް މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯއްދަވާ ދެއްވާފައިނުވާ ކަމަށާއި މާލެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނެސްދެއްވީ ވެސް ރައީސް ސާލިހު ކަމަށެވެ.

ފުރަތަމަ ބުރުގައި އެހެނިހެން ކެންޑިޑޭޓުންނަށް ލިބުނު ވޯޓުތަކުގެ ބޮޑު އިންސައްތައެއް ދެވަނަ ބުރުގައި އެމްޑީޕީއަށް ލިބޭނެކަމަށާއި، އެ މަންޒަރު ވަރަށް ސާފުކޮށް ރަށްރަށުން ވެސް އަދި މާލެއިން ވެސް ފެންނަމުންދާކަމަށް މަހްލޫފް ވިދާޅުވިއެވެ.

މީގެއިތުރުން މަހްލޫފް ވިދާޅުވީ، މިވީ ދުވަސްކޮޅުތެރޭގައި ފެންނަ މަންޒަރަކީ، އަދި ރަށްރަށުން އިވޭ އަޑަކީ، ރައީސް ނަޝީދު ކަންކަން ކުރައްވާގޮތާމެދު އެމްޑީޕީގެ މެންބަރުންގެ ހިތުގައި ހިތްހަމަނުޖެހުން އުފެދިފައިވުން ކަމަށެވެ. އެހެންކަމުން ރައީސް ނަޝީދުގެ މި ނިންމެވުމުގެ ސަބަބުން އެމްޑީޕީގެ މެންބަރުންގެ މެދުގައި ރައީސް ނަޝީދާމެދު އުފެދޭ ލޯތްބަކަށް ނުވަތަ ނަފްރަތަކަށް ބަދަލުވެގެންދާނެކަމަށް މަހްލޫފް ވިދާޅުވިއެވެ.

އަހުމަދު މަހުލޫފު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޕާޓީ ބަދަލުކުރިތާ މަހެއް ނުވަނީސް މަހުލޫފު ޖަޕާނުގެ ސަފީރަކަށް ހަމަޖައްސައި މަގާމުގެ ފަތްކޮޅު ދީފި

ޕާޓީ ބަދަލުކުރިތާ މަހެއް ނުވަނީސް މަހުލޫފު ޖަޕާނުގެ ސަފީރަކަށް ހަމަޖައްސައި މަގާމުގެ ފަތްކޮޅު ދީފި

04 ޑިސެމްބަރު 2025
މި ސަރުކާރަކީ މަގާމުތަކަށް މީހުން އައްޔަނު ކުރާއިރު ކުލަ އަކަށް ނަސަބަކަށް ހަސަބަކަށް ބަލާ ސަރުކާރެއް ނޫން: މެންބަރު ފަލާހު

މި ސަރުކާރަކީ މަގާމުތަކަށް މީހުން އައްޔަނު ކުރާއިރު ކުލަ އަކަށް ނަސަބަކަށް ހަސަބަކަށް ބަލާ ސަރުކާރެއް ނޫން: މެންބަރު ފަލާހު

03 ޑިސެމްބަރު 2025
ޖަޕާނަށް ރާއްޖެ އިން ކަނޑައަޅާ ސަފީރަކަށް މަހުލޫފް އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި

ޖަޕާނަށް ރާއްޖެ އިން ކަނޑައަޅާ ސަފީރަކަށް މަހުލޫފް އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި

03 ޑިސެމްބަރު 2025
ޕީއެންސީއަށް ބަދަލުވުމުން މަހުލޫފަށް ދިން ހަދިޔާއަކީ ޖަޕާން ސަފީރުކަން

ޕީއެންސީއަށް ބަދަލުވުމުން މަހުލޫފަށް ދިން ހަދިޔާއަކީ ޖަޕާން ސަފީރުކަން

26 ނޮވެމްބަރު 2025
ދައުލަތުގެ މަގާމަކަށް ދާން އެމްޑީޕީ މެމްބަރު ކަމުން މަޚްލޫފު ވަކިވެއްޖެ

ދައުލަތުގެ މަގާމަކަށް ދާން އެމްޑީޕީ މެމްބަރު ކަމުން މަޚްލޫފު ވަކިވެއްޖެ

08 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު