Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންޑިއާ-ރާއްޖެ

މޯދީގެ ދަތުރުގައި ދިވެހި ސަރުކާރުން އިންޑިއާ އާއި މޯދީ ކިބައިން މައާފަށް އެދެން ޖެހޭނެ: މަޚްލޫފް

24 ޖުލައި 2025 | ބުރާސްފަތި 04:47

އިންޑިއާ އާއި ރާއްޖެއާ ދެމެދު އަބަދު ވެސް ގާތް ގުޅުމެއް އޮންނާނެކަން ފާހަގަކޮށް މަޚްލޫފް ވިދާޅުވީ، މިފަހަރު މޯދީ ކުރައްވާ ދަތުރުފުޅުން ސާފު އަދި ވަރުގަދަ މެސެޖެއް ލިބިގެންދާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 24 ޖުލައި 2025 | ބުރާސްފަތި 04:47
ކުރީގެ ކުޅިވަރު ވަޒީރު އަޙުމަދު މަޚްލޫފް

ކުރީގެ ކުޅިވަރު ވަޒީރު އަޙުމަދު މަޚްލޫފް

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ރާއްޖެ އަށް ކުރައްވާ ދަތުރުފުޅުގައި، ދިވެހި ސަރުކާރުން އިންޑިއާ އާއި މޯދީގެ ކިބައިން މައާފަށް އެދެން ޖެހޭނެ ކަމަށް، ކުރީގެ މިނިސްޓަރު އަޙުމަދު މަޚްލޫފް ވިދާޅުވެއްޖެ އެވެ.

ހުކުރު ދުވަހު މޯދީ ރާއްޖެ ވަޑައިގަންނަވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ދައުވަތަކަށެވެ. އެއީ ރާއްޖޭގެ މިނިވަން ދުވަހާ ދިމާކޮށް، މިނިވަން ދުވަހުގެ ޚާއްސަ މެހުމާނެއްގެ ގޮތުގަ އެވެ.

Advertisement - newsAdvertisement

އެކަމާ ގުޅިގެން މަޚްލޫފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، ސަރުކާރުގައި ތިއްބެވި ބޭފުޅުން އިދިކޮޅުގައި ތިބިއިރު، ބޮޑު ވަޒީރު މޯދީ އާއި އިންޑިއާގެ ރައްޔިތުންނަށް ފުރައްސާރަކޮށް، ނަފުރަތު އުފައްދައި، ހަޑި ހުތުރު ބަސްތައް ބޭނުން ކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން މަޚްލޫފް ވިދާޅުވީ އޭރު ކުރިއަށް ގެންދިޔަ އިންޑިއާ އައުޓް ކެމްޕެއިން އަކީ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ހިންގި އެންމެ ބޮޑު ސްކޭމް ކަމަށެވެ. އަދި އެއީ އެތައް ދޮގެއްގެ މައްޗަށް އެކުލެވިގެންވާ ކަމެއް ކަމަށް ވެސް މަޚްލޫފް ވިދާޅުވެފައިވެ އެވެ.

ހަމަ އެހެންމެ، ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު ވެސް އިންޑިއާ ލޭބަލް ކޮށްފައި ވަނީ ރާއްޖެ އަށް އެންމެ ބޮޑަށް ބުލީ ކުރާ ޤައުމުގެ ގޮތުގައި ކަމަށާއި، ސަރުކާރަށް ހަގީގަތް އެނގެންދެން އެކަން ކުރިއަށް ގެންދިޔަ ކަމަށެވެ.

އިންޑިއާ އާއި ރާއްޖެއާ ދެމެދު އަބަދު ވެސް ގާތް ގުޅުމެއް އޮންނާނެކަން ފާހަގަކޮށް މަޚްލޫފް ވިދާޅުވީ، މިފަހަރު މޯދީ ކުރައްވާ ދަތުރުފުޅުން ސާފު އަދި ވަރުގަދަ މެސެޖެއް ލިބިގެންދާ ކަމަށެވެ.

މަޚްލޫފްގެ އެ ޕޯސްޓުގައި ހިމަނާފައި ވަނީ، އިދިކޮޅުގައި ތިބެގެން އޭރު ކުރިއަށް ގެންދިޔަ އިންޑިއާ އައުޓް ކެމްޕެއިންގެ ރެލީއެއްގައި، އިންޑިއާގެ ބޮޑު ވަޒީރު މޯދީގެ ކާޓޫނު ބޭނުން ކޮށްގެން، މަލާމާތްކޮށް އަދި ފުރައްސާރަ ކުރަމުން އަންނަ މަންޒަރު ފެންނަ ވީޑިއޯ އެކެވެ.

ރައީސް މުޢިއްޒު އާއި މި ސަރުކާރުގެ ގިނަ ވަޒީރުން އަދި އިސް ބޭފުޅުން ހިމެނޭހެން އޭރު އިންޑިއާ އައުޓް ކެމްޕެއިން ކުރިއަށް ގެންގޮސް، މޯދީ އާއި އިންޑިއާ އަށް ވަރަށް ބޮޑަށް ފުރައްސާރަ ކުރުމަށް ފަހު، ރާއްޖޭގެ މިނިވަން ދުވަހުގެ ޚާއްސަ މެހެމާނެއްގެ ގޮތުގައި މޯދީ ގެންނާތީ ގިނަ ބަޔަކު އަންނަނީ ސަރުކާާރަށް ފާޑު ކިޔަމުންނެވެ.

އެގޮތުން އޭރު ކުރިއަށް ގެންދިޔަ އިންޑިއާ އައުޓް ކެމްޕެއިން އާއި، އިންޑިއާއާ ގުޅުވައިގެން ދައްކަމުން ގެންދިޔަ ވާހަކަތަކަކަކީ ދޮގު ވާހަކަތަކެއްކަން މިއަދު ސާފުވަމުން އަންނަ ކަމަށާއި، ރައްޔިތުންނަށް ބޮޑު އޮޅުވާލުމެއް އޮޅުވާލާފައިވާ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

މީގެ އިތުރުން އިންޑިއާ އިން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ނަގާލުމަށް މަސައްކަތް ކުރަމުން އައި ކަމަށް ވިދާޅުވުމަށް ފަހު، ރާއްޖޭގެ މިނިވަން ދުވަހާ ދިމާކޮށް މާލޭގެ މަގު ތަކުގައި އިންޑިއާގެ ދިދަ ހަރުކުރަމުން އަންނާތީ ވެސް، ގިނަ ބަޔަކު އަންނަނީ ރައީސް މުޢިއްޒު އާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް