Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ސިޓީ އަށް ތަށި ދިފާއު ކުރެވޭނެ ކަމުގެ އުންމީދު ގާޑިއޯލާ އަށް ބޮޑު

ޗެމްޕިއަންސް ލީގުގެ އެންމެ ބޮޑު އަމާޒަކީ ގްރޫޕް ސްޓޭޖު ފަހަނައަޅާ ގޮސް، މުބާރާތުގެ ގަދަ 16 އިން ޖާގަ ހޯދުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 ސެޕްޓެމްބަރު 2023 | އަންގާރަ 09:26
މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ

މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ

މެންޗެސްޓަރ ސިޓީ އަށް، ޔުއެފާ ޗެމްޕިއަންސް ލީގުގެ ތަށި ދިފާއު ކުރެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ގާޑިއޯލާ މިހެން ބުނީ މި ސީޒަންގެ ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުގައި ސިޓީން އެފްކޭ ކޫވްވެނާ ޒުވެޒްޑާއާ ދެކޮޅަށް ނިކުންނަ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުންނެވެ. ސިޓީ އަކީ މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ޓީމެވެ. މިދިޔަ ސީޒަންގެ ފައިނަލްގައި އިންޓަ މިލާން ބަލިކޮށް، ސިޓީން ވަނީ ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ.

ގާޑިއޯލާ ބުނީ އަބަދު ވެސް މަސައްކަތް ކުރަނީ ކުރިއަށް އޮންނަ މެޗަށް ކަމަށެވެ. އެހެންކަމުން މިހާރު ބޭނުންވަނީ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗު ކާމިޔާބުކޮށް، މޮޅަކުން މުބާރާތް ފަށަން ކަމަށް ގާޑިއޯލާ ބުންޏެވެ. ޗެމްޕިއަންސް ލީގުގެ އެންމެ ބޮޑު އަމާޒަކީ ގްރޫޕް ސްޓޭޖު ފަހަނައަޅާ ގޮސް، މުބާރާތުގެ ގަދަ 16 އިން ޖާގަ ހޯދުން ކަމަށް ވެސް އޭނާ ބުންޏެވެ. އެއަށްފަހު ދެން އޮތް މަރުޙަލާ އަށް އަމާޒު ކަނޑައަޅާނެ ކަމަށާއި، އެންމެ ބޮޑު ބޭނުމަކީ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުން ކަމަށް އޭނާ ވަނީ ބުނެފަ އެވެ. ގާޑިއޯލާ ބުނީ އޭނާގެ ދެކޭ ގޮތުގައި މި ސީޒަންގެ ޗެމްޕިއަންސް ލީގުގެ އެންމެ ބޮޑު ފޭވަރިޓުންނަކީ ސިޓީ ނޫން ކަމަށެވެ. ސިޓީގެ އިތުރުން ވެސް ވަރުގަދަ އެހެން ޓީމުތަކެއް އޮންނާނެ ކަމަށް އޭނާ ވަނީ ފާހަގަ ކޮށްފަ އެވެ.

މީގެ އިތުރުން އޭނާ ބުނީ ޔޫރަޕުގެ އެންމެ ޝަރަފުވެރި މުބާރާތަކީ ޗެމްޕިއަންސް ލީގު ކަމަށާއި، އެ މުބާރާތުގެ ޗެމްޕިއަނުންގެ ގޮތުގައި ތިބެވުމަކީ ބޮޑު ފަޚުރެއް ކަމަށެވެ. އެހެން ކަމުން، މި ސީޒަންގައި ސިޓީ އަށް އެ ޝަރަފުވެރި މުބާރާތުގެ ތަށި ދިފާއު ކުރެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށް އޭނާ ވަނީ ބުނެފަ އެވެ. ގާޑިއޯލާ ބުނީ ސިޓީގެ ޓީމުގައި ތިބި ކުޅުންތެރިންނަކީ އެ ފެންވަރު ހުރި ކުޅުންތެރިން ކަމަށާއި، އެކަމާ ދެބަސްވެވޭނެ އެއްވެސް ޖާގައެއް ނޯންނާނެ ކަމަށެވެ.

ސިޓީން އެފްކޭ ކޫވްވެނާ ޒުވެޒްޑާއާ ދެކޮޅަށް އިއްތިހާދު ސްޓޭޑިއަމްގައި ކުޅޭނީ އަންގާރަ ދުވަހުގެ ރޭ ދަންވަރު ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުމެންޗެސްޓަރ ސިޓީޕެޕް ގާޑިއޯލާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
11 ޑިސެމްބަރު 2025

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި
10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
10 ޑިސެމްބަރު 2025

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ
10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު