Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޔާސީ އިންތިޚާބު

އިންތިހާބީ މަރުހަލާތަކާމެދު ރައްޔިތުންގެ އިތުބާރު ހިފެހެއްޓުމަށް މަސައްކަތްކުރުމަށް ޓްރާންސްޕޭރެންސީ އިން ގޮވާލައިފި

ކެމްޕޭންތަކަށް ފައިސާ ހަރަދުކުރުމުގެ ހާމަކަން އިތުރު ކުރުމަށް ޤާނޫނީ އޮނިގަނޑު އިސްލާހު ކުރުމަށް ވެސް އެ ޖަމިއްޔާ އިން ވަނީ ގޮވާލާފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 19 ސެޕްޓެމްބަރު 2023 | އަންގާރަ 07:31
ވޯޓު ގުނުމުގެ މަސައްކަތް ކުރިއަށް ދަނީ

ވޯޓު ގުނުމުގެ މަސައްކަތް ކުރިއަށް ދަނީ

އިންތިހާބީ މަރުހަލާތަކާމެދު ރައްޔިތުންގެ އިތުބާރު ހިފެހެއްޓުމަށް މަސައްކަތްކުރުމަށް ޓްރާންސްޕޭރެންސީ އިން ގޮވާލައިފިއެވެ.

ޓްރާންސްޕޭރެންސީން އެފަދައިން ބުނެފައި ވަނީ ވޯޓު ވިއްކުމާއި، އައިޑީކާޑު ވިއްކުން ފަދަ ކޮރަޕްޝަންގެ ޢަމަލުތައް ހިނގަމުންދާކަމަށް ތުހުމަތުކުރެވެމުންދާ ދަނޑިވަޅެއްގައެވެ. އަދި ރީރަޖިސްޓްރޭޝަން މަރުހަލާ އާމެދު އިދިކޮޅުން ތުހުމަތުތަކެއް ކުރަމުންދާ ދަނޑިވަޅެއްގައެވެ. ޓްރާންސްޕޭރެންސީން ބުނީ ވޯޓު ގަތުުމުގެ ތުހުމަތުތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި، ސިޔާސީ ޕާޓީތަކާއި ކެންޑިޑޭޓުން ކެންޕޭނުކުރުމުގައި ނަޒާހާތްތެރިވުމާއި، އިންތިހާބީ މަރުހަލާތަކާމެދު ރައްޔިތުންގެ އިތުބާރު ހިފެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އެދޭ ކަމަށެވެ.

އަދި ހަމަހަމަ އުސޫލުތަކެއްގެ މައްޗަށް ބިނާކޮށް ކުރެވޭ ކެންޕޭނެއްގެ ބަދަލުގައި ވޯޓު ގަތުން ފަދަ ކަންކަން ކުރުމަކީ އޭގެ ސަބަބުން އިންތިހާބީ މަރުހަލާތަކަށް އޭގެ ނޭދެވޭ އަސަރުކުރާ ކަމެއް ކަމަށް ޓްރާންސްޕޭރެންސީން ވަނީ ބުނެފައެވެ. އެ ޖަމިއްޔާއިން ބުނީ ވޯޓު ގަތުމުގެ ތެރެއިން އިންތިހާބުވާ ސިޔާސީ ފަރާތްތަކުން ރައްޔިތުންގެ ބޭނުންތަކަށް އިސްކަންދިނުމުގެ ބަދަލުގައި އެބައެއްގެ ސިޔާސީ ކަންކަމަށް ހަރަދުކުރާ މަދު ފަރާތްތަކެއްގެ މަސްލަހަތް އިސްކުރެވިގެން ދިޔުމަކީ ހިންގުމުގެ ނިޒާމު ބަލިކަށިކުރުވާ ކަންކަން ކަމަށެވެ.

އެހެންކަމުން މިފަދަ މައްސަލަތައް އަމިއްލަ އިސްނެގުމުގެ މަތިން ތަހުގީގުކޮށް، ވޯޓުލާމީހުންގެ ނިންމުންތަކަށް ނަހަމަ ގޮތުގައި ނުފޫޒު ފޯރުވޭނެ އެންމެހާ ކަންކަން ހުއްޓުވުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރުމަށް އެންޓިކޮރަޕްޝަން ކޮމިޝަނާއި އަދި ކަމާ ގުޅޭ މުއައްސަސާތަކަށް ޓްރާންސްޕޭރެންސީން ވަނީ ގޮވާލާފައެވެ. އިންތިހާބީ ދުވަސްވަރުގައިވެސް އަދި އެނޫން ދުވަސްވަރުވެސް ސިޔާސީ ކަންކަމާއި އަދި ކެމްޕޭންތަކަށް ފައިސާ ހަރަދުކުރުމުގެ ހާމަކަން އިތުރު ކުރުމަށް ޤާނޫނީ އޮނިގަނޑު އިސްލާހު ކުރުމަށް ވެސް އެ ޖަމިއްޔާ އިން ވަނީ ގޮވާލާފައެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސްއިލެކްޝަންސް ކޮމިޝަން

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
04 ޑިސެމްބަރު 2025

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި
13 ނޮވެމްބަރު 2025

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި
13 ނޮވެމްބަރު 2025

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން
01 ނޮވެމްބަރު 2025

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި
25 އޮކްޓޯބަރު 2025

އައްޑޫ ވޯޓް: މެންދުރުފަހު 1:00 އާ ހަމަ އަށް ވޯޓުލީ އަދި އެންމެ 21 އިންސައްތަ، ތަރުހީބު ކުޑަ

25 އޮކްޓޯބަރު 2025
އައްޑޫ ވޯޓް: މެންދުރުފަހު 1:00 އާ ހަމަ އަށް ވޯޓުލީ އަދި އެންމެ 21 އިންސައްތަ، ތަރުހީބު ކުޑަ
24 އޮކްޓޯބަރު 2025

އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓް - ރާއްޖެޓީވީގެ ޚާއްސަ ކަވަރޭޖް ވަގުތުން

24 އޮކްޓޯބަރު 2025
އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓް - ރާއްޖެޓީވީގެ ޚާއްސަ ކަވަރޭޖް ވަގުތުން
19 އޮކްޓޯބަރު 2025

ލޯކަލް ކައުންސިލް އިންތިހާބު މާރޗު 28 ގައި، 80 މިލިއަން ރުފިޔާ ޚަރަދުވާނެ

19 އޮކްޓޯބަރު 2025
ލޯކަލް ކައުންސިލް އިންތިހާބު މާރޗު 28 ގައި، 80 މިލިއަން ރުފިޔާ ޚަރަދުވާނެ
18 އޮކްޓޯބަރު 2025

އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓު: މިސްރާބު ވަކިވެގަނެ ނިކަމެތިކަމަށް؟

18 އޮކްޓޯބަރު 2025
އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓު: މިސްރާބު ވަކިވެގަނެ ނިކަމެތިކަމަށް؟
18 އޮކްޓޯބަރު 2025

އަންނަ އަހަރުގެ ލޯކަލް ކައުންސިލު އިންތިހާބަށް ރައްތަކާއި ސިޓީތަކުގެ އާބާދީތަކުގެ މައުލޫމާތު އާންމުކޮށްފި

18 އޮކްޓޯބަރު 2025
އަންނަ އަހަރުގެ ލޯކަލް ކައުންސިލު އިންތިހާބަށް ރައްތަކާއި ސިޓީތަކުގެ އާބާދީތަކުގެ މައުލޫމާތު އާންމުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު