Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުއެފާ ޗެމްޕިއަންސް ލީގު

ބާސެލޯނާގެ ވަރުގަދަކަމާ މެދު އެންޓްވާޕް އިން ސަމާލުވާނެ: ވެން ބޮމެލް

ވެން ބޮމެލް ބުނީ ބާސެލޯނާއާ ދެކޮޅަށް ކުޅެން އެންޓްވާޕަށް އުނދަގޫ ވާނެ ކަމަށާއި، ނަމަވެސް މިއީ މުބާރާތަކަށްވުމުން އެ ޓީމުން ވެސް ފަސް ނުޖެހޭނެ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 19 ސެޕްޓެމްބަރު 2023 | އަންގާރަ 06:10
ރޯޔަލް އެންޓްވާޕްގެ ކޯޗު މާކް ވެން ބޮމެލް

ރޯޔަލް އެންޓްވާޕްގެ ކޯޗު މާކް ވެން ބޮމެލް

ޔުއެފާ ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ސްޕެއިންގެ ބާސެލޯނާއާ ދެކޮޅަށް ނިކުންނައިރު، އެ ޓީމުގެ ވަރުގަދަކަމާ މެދު ސަމާލުވާނެ ކަމަށް ރޯޔަލް އެންޓްވާޕްގެ ކޯޗު މާން ވެން ބޮމެލް ބުނެފި އެވެ.

ބާސެލޯނާ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ވެން ބޮމެލް ބުނީ، ފާއިތުވި އަހަރުތަކުގައި ބާސެލޯނާ އޮތީ އަސްލު އެމީހުންގެ ފެންވަރުގައި ނޫން ކަމަށެވެ. އެހެން ނަމަވެސް، ބާސެލޯނާގެ ކޯޗުކަމާ ޒަވީ ހެނާންޑޭޒް ހަވާލުވި ފަހުން، އެ ޓީމު މަޑުމަޑުން އެ ފެންވަރަށް ޖެހެމުން އަންނަ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. ވެން ބޮމެލް ބުނީ އޭނާ ދެކޭ ގޮތުގައި ބާސެލޯނާ އިން އެ މަސައްކަތް ކުރުމުގައި ދެމި ތިބެން ޖެހޭ ކަމަށާއި، އެ ޓީމަށް ޔުއެފާ ޗެމްޕިއަންސް ލީގު ވެސް ކާމިޔާބު ކުރެވޭނެ ކަމަށެވެ. އޭނާ ބުނީ ޒުވާން ކުޅުންތެރިންނާއެކު ބާސެލޯނާ އިން ކުޅެމުން އަންނަނީ، ޔޫރަޕުގެ އެންމެ މަތީ ފަންތީގައި އެ ޓީމަށް ފައިތިލަ ސާބިތުކޮށްލެވޭނެ ފެންވަރުގެ ކުޅުމެއް ކަމަށެވެ.

ވެން ބޮމެލް ބުނީ ބާސެލޯނާއާ ދެކޮޅަށް ކުޅެން އެންޓްވާޕަށް އުނދަގޫ ވާނެ ކަމަށާއި، ނަމަވެސް މިއީ މުބާރާތަކަށްވުމުން އެ ޓީމުން ވެސް ފަސް ނުޖެހޭނެ ކަމަށެވެ. އޭނާ ބުނީ ބާސެލޯނާގެ ވަރުގަދަ ކަމަށާއި، އެ ޓީމުގެ ނުރައްކާތެރިކަމާމެދު ވަންޓްރާޕް ވަރަށް ބޮޑަށް ސަމާލުވާނެ ކަމަށެވެ. އެ ޓީމުގެ ކުޅުންތެރިން ވެސް މަސައްކަތް ކުރާނީ އެ މެޗުން އެކަށީގެންވާ ނަތީޖާއެއް ނެރުމަށް ކަމަށާއި، އެ ޓީމުގެ އަމާޒަކީ ވެސް އެއީ ކަމަށް ވެން ބޮމެލް ވަނީ ބުނެފަ އެވެ. އޭނާ ބުނީ ބާސެލޯނާއާ ދެކޮޅަށް ކޯޗެެއްގެ ގޮތުގައި ނިކުތުމަކީ ވެސް ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. ބާސެލޯނާގައި ކުޅުނު ދުވަސްވަރު، އެ ޓީމާއެކު ގިނަ ހަނދާންތަކެއް އޮތް ކަމަށެވެ.

ވެން ބޮމެލް ވަނީ 2005 ވަނަ އަހަރުން 2006 ވަނަ އަހަރަށް ބާސެލޯނާ އަށް ކުޅެފަ އެވެ. ބާސެލޯނާ ދޫކޮށް ދެން އޭނާ ބަދަލުވީ ބަޔާން މިއުނިކަށެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުރޯޔަލް އެންޓްވާޕްމާކް ވެން ބޮމެލް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު