Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުއެފާ ޗެމްޕިއަންސް ލީގު

ޗެމްޕިއަންސް ލީގު ހޯދުމުގައި ޕީއެސްޖީ އޮތީ މޮޔަވެފައެއް ނޫން؛ އެންރީކޭ

އެންމެ ދަށް ފެންވަރުގައި ފާހަގަ ކުރާ ޓީމުތައް ވެސް މޮޅުވާ ފަހަރު އަންނާނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 19 ސެޕްޓެމްބަރު 2023 | އަންގާރަ 05:43
ޔުއެފާ ޗެމްޕިއަންސް ލީގުގައި ޑޯޓްމަންޑާ ދެކޮޅަށް ނިކުންނަ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ލުއިސް އެންރީކޭ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ޑޯޓްމަންޑާ ދެކޮޅަށް ނިކުންނަ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ލުއިސް އެންރީކޭ

ޔުއެފާ ޗެމްޕިއަންސް ލީގު ހޯދުމުގައި، ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އޮތީ މޮޔަވެފައި ނޫން ކަމަށް އެ ޓީމުގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.

އެންރީކޭ މިހެން ބުނީ އައު ސީޒަންގެ ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުގައި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށް ޕީއެސްޖީން ނިކުންނަ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުންނެވެ. އެންރީކޭ ބުނީ، ކުލަބެއް ނުވަތަ މީހެއް ކަމެއް ހާސިލްކުރުމުގައި ހައްދުފަހަނަ އެޅުމަކީ، ރަނގަޅު ނިޝާނެއް ނޫން ކަމަށެވެ. އޭނާ ބުނީ ބޭނުންވާނީ ހިތްވަރާއި، އުންމީދު އަދި ގަދަ އަޅާ ކުރާ މަސައްކަތް ކަމަށެވެ. އެހެން ނަމަވެސް ދިރިއުޅުމުގައި ވެސް އަދި އެހެން ކަމެއްގައި ވެސް މާ ބޮޑަށް އުންމީދުތައް މަތި ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

އެންރީކޭ ބުނީ ޗެމްޕިއަންސް ލީގު ކުރިއަށްދާ ގޮތް ބަލަން ތިބެން ޖެހޭ ކަމަށެވެ. އޭނާ ފާހަގަ ކުރި ގޮތުގައި ފުޓުބޯޅަ އަކީ ވަރަށް ހިތްގައިމު އަދި ރީތި ކުޅިވަރެކެވެ. އެހެންކަމުން އެންމެ ދަށް ފެންވަރުގައި ފާހަގަ ކުރާ ޓީމުތައް ވެސް މޮޅުވާ ފަހަރު އަންނާނެ ކަމަށް އޭނާ ބުންޏެވެ. ކިތަންމެ މޮޅަށް ޓީމަކުން ކުޅުނު ނަމަވެސް، އެ ޓީމު ބަލިވާ ފަހަރު އަންނާނެ ކަމަށް ވެސް އޭނާ ބުންޏެވެ. އެންރީކޭ ފާހަގަ ކުރި ގޮތުގައި ކުލަބެއްގެ ހައިސިއްޔަތުން ޕީއެސްޖީ ބައިވެރިވާ ހުރިހާ މުބާރާތަކުން ވެސް ހިތްވަރު ހޯދަން ބޭނުންވާ ކަމަށެވެ. ޕީއެސްޖީގެ ވެސް އަމާޒަކީ ދެވެން އޮތް އެންމެ ދުރަކަށް ގޮސް، ހުރިހާ މުބާރާތެއް ކާމިޔާބު ކުރުން ކަމަށް އޭނާ ވަނީ ބުނެފަ އެވެ. ނަމަވެސް އެގޮތުގައި އުންމީދުތައް ހުރި ނަމަވެސް، އެއްވެސް ކަމެއްގައި ހައްދުފަހަނަ އަޅާ ގޮސް، މޮޔަވާ ހިސާބަށް ދާން ބޭނުން ނުވާ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

މިއީ ޕީއެސްޖީގެ ކޯޗުކަމާ އެންރީކޭ ހަވާލުވި ފަހުން ޗެމްޕިއަންސް ލީގުގައި އެ ޓީމު ކުޅޭނެ ފުރަތަމަ މެޗެވެ. ޑޯޓްމަންޑާއެކު ޕީއެސްޖީ ހިމެނިފައި އޮތީ ގްރޫޕް އެފްގަ އެވެ. މި ގްރޫޕްގައި ދެން އޮތީ އޭސީ މިލާން އަދި ނިއުކާސަލް ޔުނައިޓެޑް އެވެ. ޕީއެސްޖީގެ ކޯޗުކަމާ އެންރީކޭ ހަވާލުވި ފަހުން، މި ސީޒަންގެ ފްރާންސް ލީގުގައި އެ ޓީމަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެ އެވެ. ލީގުގައި އެންމެ ފަހުން އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ވެސް ޕީއެސްޖީ ވަނީ ބަލިވެފަ އެވެ. ލީގުގައި މިހާތަނަށް ކުޅުނު ފަސް މެޗުން ލިބުނު އަށް ޕޮއިންޓާއެކު، ޕީއެސްޖީ އޮތީ ވެސް ފަސް ވަަނައިގަ އެވެ. ޕީއެސްޖީގެ އަމިއްލަ ދަނޑުގައި ޑޯޓްމަންޑާ ދެކޮޅަށް އެ ޓީމު ނިކުންނާނީ އަންގާރަ ދުވަހުގެ ރޭ ދަންވަރު ރާއްޖެ ގަޑިންް 12 ޖަހާއިރު އެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުޕީއެސްޖީލުއިސް އެންރީކޭ

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

15 މެއި
ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު
20251 އަހަރު ކުރިން
ރާއްޖެ

ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު
20233 އަހަރު ކުރިން
މީހުން

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް
20224 އަހަރު ކުރިން
ރާއްޖެ

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ

ވަޅޯމަސް ފްރައިޑް ރައިސް
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ވަޅޯމަސް ފްރައިޑް ރައިސް

ތަރާވީޙް ނަމާދު
20188 އަހަރު ކުރިން
އިސްލާމް

ތަރާވީޙް ނަމާދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު