Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެއިން ޤައުމީ ޓީމު

ރައްކާތެރިކަން ދިނުމުގެ ގޮތުން ސްޕެއިންގެ ސްކޮޑުގައި ހާމޯސޯ ނުހިމަނަން ނިންމައިފި

ހާމޯސޯއާ ގުޅޭ ގޮތުން މޮންޓްސޭ ބުނީ، އޭނާ އާއި ސްޕެއިންގެ މުޅި ޓީމު އޮތީ ހާމޯސޯގެ ފަހަތުގައި ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 ސެޕްޓެމްބަރު 2023 | އަންގާރަ 05:30
ސްޕެއިން ޤައުމީ ޓީމަށް ކުޅެމުން އަންނަ ޖެނީ ހާމޯސޯ

ސްޕެއިން ޤައުމީ ޓީމަށް ކުޅެމުން އަންނަ ޖެނީ ހާމޯސޯ

ސްޕެއިން ޤައުމީ އަންހެން ފުޓުބޯޅަ ޓީމާ ހަވާލުވި މޮންޓްސޭ ޓޯމް، އެ ޓީމުގެ ސްކޮޑު އެކުލަވާލައިފި އެވެ.

ޔުއެފާ ނޭޝަންސް ލީގުގައި ސްޕެއިނުން ކުޅެން ޖެހޭ މެޗަށް ކޯޗު މޮންޓްސޭ އެކުލަވާލި ސްކޮޑުގައި ގިނައިން ހިމެނިފައި ވަނީ، ދާދި ފަހުން އޮތް ފީފާ އަންހެނުންގެ ވޯލްޑް ކަޕް ކާމިޔާބު ކުރި ޓީމުގައި ވެސް ހިމެނޭ ކުޅުންތެރިންނެވެ. ނަމަވެސް، ފައިނަލް މެޗުގައި ސްޕެއިން މޮޅު ކޮށްދިން ލަނޑު ޖެހި ޖެނީ ހާމޯސޯ ސްކޮޑުގައި ހިމަނައިފައެއް ނުވެ އެވެ. ސަބަބަކީ، ފީފާ އަންހެން ވޯލްޑް ކަޕްގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ހިނގައި ދިޔަ ހާދިސާއާ ގުޅިގެން މިވަގުތަށް އޭނާ އަށް ރައްކާތެރިކަން ދިނުމުގެ ގޮތުންނެވެ.

މޮންޓްސޭ ބުނީ އޭނާގެ ފުރިހަމަ އިތުބާރު ހުރިހާ ކުޅުންތެރިންނަށް އަބަދު ވެސް އޮންނާނެ ކަމަށެވެ. މީގެ ކުރިން ވެސް އެ ކުޅުންތެރިންނަކީ ކޮން ފެންވަރެއްގެ ބައެއްކަން އިނގޭ ކަމަށާއި، އެހެންކަމުން އެ ކުޅުންތެރިންނާއެކު ކުރިއަށް ދާން ފަސޭހަ ވާނެ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. ކުޅުންތެރިންނާ ވަރަށް ރަނގަޅަށް ވާހަކަ ދައްކާފައިވާނެ ކަމަށާއި، އެހެން ނަމަވެސް އާންމުންގެ ތެރޭގައި އެކަންކަން ހިއްސާ ކުރަން ބޭނުންނުވާ ކަމަށް މޮންޓްސޭ ބުންޏެވެ. ސަބަބަކީ ޓީމެއްގެ ކޯޗަކާއި، އެ ޓީމުގެ ކުޅުންތެރިންނާ ދެމެދު އޮންނަން ވާނީ ވަރަށް ޕްރޮފެޝަނަލް ގުޅުމަކަށްވުމުން ކަމަށް އޭނާ ދެކެ އެވެ.

ހާމޯސޯއާ ގުޅޭ ގޮތުން މޮންޓްސޭ ބުނީ، އޭނާ އާއި ސްޕެއިންގެ މުޅި ޓީމު އޮތީ ހާމޯސޯގެ ފަހަތުގައި ކަމަށެވެ. ހާމޯސޯގެ އިހުސާސްތައް އެ ޓީމުގެ ކުޅުންތެރިންނަށް ވަރަށް ރަނގަޅަށް އިނގޭނެ ކަމަށާއި، އެ ކުޅުންތެރިޔާ އަށް މިވަގުތު ނަފްސާނީ ގޮތުން ކުރާނެ އަސަރު ވެސް އިނގޭ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. ޓީމާ ހަވާލުވެ ހުރި އެންމެ އިސް ފަރާތުގެ ހައިސިއްޔަތުން، ޓީމުގެ އެހެނިހެން މުވައްޒަފުންނާ ވާހަކަ ދެއްކުމަށްފަހު މިވަގުތު ހާމޯސޯ ސްކޮޑުގައި ނުހިމަނަން ނިންމީ އޭނާ އަށް އެންމެ ބޭނުންވާ ރައްކާތެެރިކަން ދިނުމަށް ކަމަށް މޮންޓްސޭ ވަނީ ބުނެފަ އެވެ.

ފީފާ އަންހެން ވޯލްޑް ކަޕްގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ސްޕެއިންގެ ފުޓުބޯޅަ ފެޑެރޭޝަންގެ ކުރީގެ ރައީސް ލުއިސް ރުބިއާލޭސް ހާމޯސޯ އަށް ބޮސްދިން މައްސަލަ ހޫނުވި އެވެ. އެ މައްސަލައިގައި ދާދި ފަހުން ރުބިއާލޭސް އިސްތިއުފާ ދީފައިވާއިރު، ސްޕެއިންގެ ހައި ކޯޓުގައި އޭނާއާ ދެކޮޅަށް އަންނަނީ ޝަރީއަތް ހިންގަމުންނެވެ.

ސްޕެއިން ފުޓުބޯޅަ ޓީމުޖެނީ ހާމޯސޯ

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2025

ފީފާ ރޭންކިންގެ އެއް ވަނަ އަށް ސްޕެއިން ޖެހިލައިފި

19 އޮކްޓޯބަރު 2025
ފީފާ ރޭންކިންގެ އެއް ވަނަ އަށް ސްޕެއިން ޖެހިލައިފި
12 އޮކްޓޯބަރު 2025

ސްޕެއިން އިން ޖޯޖިއާގެ މައްޗަށް ވެސް ކުރި ހޯދައިފި

12 އޮކްޓޯބަރު 2025
ސްޕެއިން އިން ޖޯޖިއާގެ މައްޗަށް ވެސް ކުރި ހޯދައިފި
04 އޮކްޓޯބަރު 2025

ޔަމާލް އަށް އަނިޔާވެ ކުޅުމާ ދުރަށް

04 އޮކްޓޯބަރު 2025
ޔަމާލް އަށް އަނިޔާވެ ކުޅުމާ ދުރަށް
08 ސެޕްޓެމްބަރު 2025

ސްޕެއިން އިން ހަ ލަނޑުގެ މޮޅެއް ހޯދިއިރު، މެރީނޯ ހެޓްރިކް ހަދައިފި

08 ސެޕްޓެމްބަރު 2025
ސްޕެއިން އިން ހަ ލަނޑުގެ މޮޅެއް ހޯދިއިރު، މެރީނޯ ހެޓްރިކް ހަދައިފި
05 ޖޫން 2025

ފްރާންސް މެޗުގެ ކުރިން ފުއެންޓޭ ބުނީ ފޭވަރިޓުންނެއް ނެތް ކަމަށް

05 ޖޫން 2025
ފްރާންސް މެޗުގެ ކުރިން ފުއެންޓޭ ބުނީ ފޭވަރިޓުންނެއް ނެތް ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު