Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަޖިލީސް ހިންގުން

މޫޑުފުޅު ހުރިގޮތަކަށް މަޖިލީހުގެ ހުންގާނު!

މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދާ ގޮތާމެދު މެމްބަރުންގެ ފާޑުވިދާޅުވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 18 ސެޕްޓެމްބަރު 2023 | ހޯމަ 14:30
މަޖިލީހުގެ ރައީސް ނަޝީދު

މަޖިލީހުގެ ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގައި ކުޅުއްވާ ޗަރުކޭހަކީ މިހާރު ދިވެހި ރައްޔިތުންނަށް އާ ކަމެއް ނޫނެވެ. ބައެއް ފަހަރު ހިތްޕުޅާހަމަނުވާ ގޮތަކަށް ކަމެއް ހިނގުމުން އެ ދުވަހެއްގެ ޖަލްސާ ކުރިއަކަށް ނުގެންދަވަައެވެ. މަޖިލީހުގެ ރިޔާސަތާއި ރިޔާސަތަށް ތާއީދުކުރައްވާ މެމްބަރުންކޮޅު ގޮވައިގެން ކޮފީ މޭޒުތަކާއި، މަޖިލީހުގެ ކުޑަ ދަށުގައި ސަމާސާކުރައްވަން މަޖިލީހުގެ ރައީސް އިންނަވާ ދުވަސްތައްވެސް މަދެއް ނޫނެވެ. މަޖިލިސްކުރާ ގޭގައި ހުންނަވައިމެ، މަޖިލިސްކުރާ މާލަމަށް ނުވަންނަވައި، ރިޔާސަތު ސުވާލެއްގެ ތެރެއަށް ދޫކޮށްލައްވާފައި، ޖަލްސާ ކުރިއަށް ނުގެންދަވައި އެތައް ދުވަހެއް ވޭތުވެ ހިނގައްޖެއެވެ. އެހެންނަމަވެސް އޭރު އެކަމަކަށް ފަރުވާލެއް ނެތެވެ.

މިހުރިހާ ކަމެއް މިގޮތަށް ހުރިއިރު މަޖިލީހުގެ ޖަލްސާ ފަށާކަށްވެސް އަދި ޖަލްސާ ނުފެށިގެންވެސް މަޖިލީހުގެ ރިޔާސަތާ އިިދިކޮޅު މަދު މެމްބަރުންކޮޅުގެ ވިސްނުމެއް ނެތެވެ. ޖަލްސާ ފައްޓަވާފައި ކޯރަމް ހަމަނުވާ ވާހަކަ ވިދާޅުވެފައި، މަޖިލިސް ބަންދު ކުރައްވައި ގެއަށް ވަޑައިގަންނަވަނީއެވެ. ނޫނީ މަޖިލީހުގައި ރައްޔިތުންގެ ފައިސާއިން ސައިފޮދު ހިއްޕަވައިގެން ކުޑަ ދަށުގައި ސިޔާސަ ސަމާސާ ކުރައްވަން ތިއްބަވަނީއެވެ. މަޖިލީހުގެ ޖަލްސާތައް ކުރިއަށްގެންދަވާ ގޮތާމެދު މެމްބަރުންގެ ފާޑުވިދާޅުވުން އަމާޒުވި ނަމަވެސް ފަރުވާލެއް ނެތެވެ.

ހޯމަ ދުވަހުގެ ޖަލްސާ ފެށުމަށް ކޯރަމް ހަމަނުވުމުން ފެނުނީ މުޅިން ތަފާތު މަންޒަރެކެވެ. ތަކުރާރުކޮށް މަސައްކަތް ކުރައްވައިގެން މަޖިލިސް ކުރިއަށް ގެންދެވުމުގެ ރޫހެއް ގެންގުޅުއްވިއެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ އެޖެންޑާއާމެދު ޝަކުވާކުރައްވައި، މެމްބަރުން ޖަލްސާއަށް ވަދެވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ އެ ވާހަކަ ރިޔާސަތުން ތަކުރާރުކުރެއްވިއެވެ. ނަމަވެސް ރިޔާސަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ދިޔައިރު އޭރު އެޖެންޑާއާމެދު ހިތްޕުޅުހަމަނުޖެހި އެއްގޮތަކަށްވެސް މަޖިލީހުގެ ރައީސާއި އެމަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުން ޖަލްސާއަށް ވަޑައެއް ނުގަންނަވައެވެ. އަދި މަޖިލީހުގެ މަސައްކަތްތައް އަނެއްކާވެސް ހުއްޓުވާފައި ބޭއްވުމަށް ކަމަށް ތުހުމަތުކުރައްވާފައި ވާއިރު އެއްވެސް ގޮތަކަށް މަޖިލިސް ކުރިއަށް ނުގޮސް މަހެއްހާ ދުވަހު ތިއްބެވި ހަނދާން މިހާރަކު ނެތެވެ.

ކޯރަމް ހަމަކުރަން ތަކުރާރުކޮށް މަސައްކަތްކުރެއްވުމުގެ އިތުރުން، ތަޅުމަށް ވަޑައިނުގެން ހާޒިރީގައި ސޮއިކުރެއްވި ބޭފުޅުންގެ ނަންވެސް ވިދާޅުވިއެވެ. އެހެންނަމަވެސް ޚުދު އަމިއްލަފުޅަށް މަޖިލީހަށް ވަދެވަޑައިނުގެން، ރިޔާސަތާ ހަވާލުވެވަޑައިގަންނަވާނެ ބޭފުޅަކު ނެތި އެތައް ދުވަހެއް ދީލާލައިފިއެވެ. މަޖިލީހުގެ އެޖެންޑާވެސް ބޭނުން ގޮތަކަށް އަތުރުއްވަނީއެވެ. މަސައްކަތްތެރިންގެ ހައްގުތަކާ ގުޅުންހުރި ބިލާއި، މިނިވަން މުއައްސަސާތަކުގެ މަސައްކަތް މަޑުޖެހުނުއިރުވެސް ހަމަ ވަރިހަމައެވެ. އެކަމަކު މޫޑުފުޅު މިއަދު މަޖިލީސް ކުރިއަށް ގެންދަވާ ފާލެއްގައި ހުރުމުން ކޮންމެ ގޮތެއް ހައްދަވައިގެންވެސް އެކަން ކުރައްވަންވީއެވެ. މަޖިލީސް ހިންގަވަންވީ އެ ދުވަހަކު ހިތްޕުޅަށްއެރި ގޮތަކަށެވެ.

ކުރީގެ ރައީސް، މުހައްމަދު ނަޝީދު

ކޮމެންޓް

އިތުރަށް ކިޔާލަން

މީޑިއާ ކޮންޓްރޯލު ބިލު: މިއީ ދިވެހިރާއްޖެ އަށް ވަރަށް ހިތާމަވެރި ދުވަހެއް: ރައީސް ނަޝީދު

މީޑިއާ ކޮންޓްރޯލު ބިލު: މިއީ ދިވެހިރާއްޖެ އަށް ވަރަށް ހިތާމަވެރި ދުވަހެއް: ރައީސް ނަޝީދު

17 ސެޕްޓެމްބަރު 2025
ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ރައީސް ނަޝީދު ޚިޔާލު ހޯއްދަވަނީ

ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ރައީސް ނަޝީދު ޚިޔާލު ހޯއްދަވަނީ

04 ޖޫން 2025
ޒުވާނުންގެ ސުލްހަވެރި މުޒާހަރާއިން ހައްޔަރު ކުރި ދެ ޒުވާނުން މިނިވަން ކުރަން ނަޝީދު ގޮވާލައްވައިފި

ޒުވާނުންގެ ސުލްހަވެރި މުޒާހަރާއިން ހައްޔަރު ކުރި ދެ ޒުވާނުން މިނިވަން ކުރަން ނަޝީދު ގޮވާލައްވައިފި

02 މެއި 2025
ދެ ރައީސުންގެ ޒާތީ މައްސަލަތައް އެއްފަރާތްކުރައްވާ ގައުމާއި ރައްޔިތުންނަށްޓަކައި އެކުގައި މަސައްކަތްކުރައްވަން އެއްބަސްވެވަޑައިގެންފި

ދެ ރައީސުންގެ ޒާތީ މައްސަލަތައް އެއްފަރާތްކުރައްވާ ގައުމާއި ރައްޔިތުންނަށްޓަކައި އެކުގައި މަސައްކަތްކުރައްވަން އެއްބަސްވެވަޑައިގެންފި

26 ޖޫން 2024
އިންޑިއާ ކަނޑުގެ ގައުމުތަކަށް ބަލަންޖެހޭނީ އިންޑިއާ ކަނޑުގެ ގައުމުތަކުން، ޗައިނާއިން މިކަމުގައި އަދާކުރަންޖެހޭ ރޯލެއް ނެތް

އިންޑިއާ ކަނޑުގެ ގައުމުތަކަށް ބަލަންޖެހޭނީ އިންޑިއާ ކަނޑުގެ ގައުމުތަކުން، ޗައިނާއިން މިކަމުގައި އަދާކުރަންޖެހޭ ރޯލެއް ނެތް

13 މެއި 2024

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު