Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާސެނަލް

ބޭނުމަކީ ކޮންމެ ކުޅުންތެރިޔެއްގެ ވެސް ފެންވަރު މަތިކުރުން: އާޓެޓާ

އޭނާ ބުނީ ބޭނުންވަނީ އެއް މަގާމަށް ކުޅެން، ފެންވަރު ރަނގަޅު ދެ ކުޅުންތެރިން ބިނާ ކުރުން ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 ސެޕްޓެމްބަރު 2023 | ހޯމަ 05:41
އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ

އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ

އެންމެ ބޮޑަށް ބޭނުންވަނީ އާސެނަލްގެ ސްކޮޑުގައި ހިމެނޭ ކޮންމެ ކުޅުންތެރިޔެއްގެ ވެސް ފެންވަރު މަތިކުރުން ކަމަށް އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.

އާޓެޓާ މިހެން ބުނީ އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް އިން އެވަޓަނާ ދެކޮޅަށް ކުޅުނު މެޗުގައި ގޯލް ކީޕަރު ޑޭވިޑް ރަޔާ އަށް ފުރުސަތު ދިނުމާ ގުޅިގެންނެވެ. އާންމު ގޮތެއްގައި އާސެނަލްގެ ގޯލު ބަލަހައްޓަމުން އަންނަ އާރޮން ރަމްސްޑޭލް އިނީ ބެންޗުގަ އެވެ.

އެކަމާ ގުޅިގެން މެޗަށްފަހު ވާހަކަ ދައްކަމުން އާޓެޓާ ބުނީ، ބައެއް މެޗުތަކަށް ބައެއް ކަހަލަ ބަދަލު ގެންނާނެ ކަމަށެވެ. އޭނާ ބުނީ ބޭނުންވަނީ އެއް މަގާމަށް ކުޅެން، ފެންވަރު ރަނގަޅު ދެ ކުޅުންތެރިން ބިނާ ކުރުން ކަމަށެވެ. އެހެންކަމުން، ޓީމު ތެރޭގައި އެކި ކަހަލަ ބަދަލުތައް އަންނާނެ ކަމަށާއި، ޓީމެއްގެ ގޮތުގައި ކުރިއަށް ދާން އޭރަށް ފަސޭހަ ވާނެ ކަމަށް އާޓެޓާ ބުންޏެވެ. އާޓެޓާ ބުނީ ކީޕަރު ރަޔާ މެޗުގައި ދެއްކީ މޮޅު ކުޅުމެއް ކަމަށާއި، ފެންވަރު ރަނގަޅު ދެ ކީޕަރުން ތިބި ކަމުގެ އިހުސާސް މިހާރު އޭނާ އަށް ކުރެވޭ ކަމަށެވެ. އާޓެޓާ ޤަބޫލު ކުރާ ގޮތުގައި ވާދަވެރި ލީގެއްގައި ކުޅޭއިރު، އަބަދު ވެސް ތިބެން ޖެހޭނީ ހުރިހާ ހާލަތަކަށް ތައްޔާރުވެގެންނެވެ.

އޭނާ ބުނީ ޖުމުލަކޮށް މެޗުގައި ކުޅުންތެރިން ދެއްކީ ރަނގަޅު ކުޅުމެއް ކަމަށާއި، ބޭނުންވީ ތިން ޕޮއިންޓު ކަމަށެވެ. އެކަން ހާސިލްވި ނަމަވެސް ރަނގަޅު ކުރަން ޖެހޭ ކަންކަން ހުރި ކަމަށް އޭނާ ފާހަގަ ކުރި އެވެ.

މިކޭލް އާޓެޓާއާސެނަލް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

04 ޑިސެމްބަރު 2025
ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި
27 ނޮވެމްބަރު 2025

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު
05 ނޮވެމްބަރު 2025

އާސެނަލްގެ މޮޅުވުމުގެ ރެކޯޑު ކުރިއަށް

05 ނޮވެމްބަރު 2025
އާސެނަލްގެ މޮޅުވުމުގެ ރެކޯޑު ކުރިއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު