Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެއާލް މެޑްރިޑު

އަންޗެލޮޓީގެ ތައުރީފު ހޮސޭލޫ އަށް

އަންޗެލޮޓީ ފާހަގަ ކުރި ގޮތުގައި ފާއިތުވި ސީޒަންތަކުގައި ރެއާލްގެ ސްކޮޑުގައި މަދު ވަނީ ވެސް ހޮސޭލޫ ކަހަލަ ކުޅުންތެރިޔެއް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 ސެޕްޓެމްބަރު 2023 | ހޯމަ 05:32
ެރެއާލުން ސޮސިއެޑާޑާ ދެކޮޅަށް ކުޅުނު މެޗުގައި ލަނޑު ޖެހުމަށްފަހު ހޮސޭލޫ އުފާ ފާޅުކުރަނީ

ެރެއާލުން ސޮސިއެޑާޑާ ދެކޮޅަށް ކުޅުނު މެޗުގައި ލަނޑު ޖެހުމަށްފަހު ހޮސޭލޫ އުފާ ފާޅުކުރަނީ

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ސްޕެއިންގެ ސްޓްރައިކާ ހޮސޭލޫ އަށް، އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ވަރަށް ބޮޑަށް ތައުރީފުކޮށްފި އެވެ.

އަންޗެލޮޓީ މިގޮތަށް ވާހަކަ ދެއްކީ ސްޕެނިޝް ލީގުގައި ރެއާލް ސޮސިއެޑާޑާ ދެކޮޅަށް ރެއާލުން ކުޅުނު މެޗަށްފަހު އެެވެ. އެ މެޗުން ރެއާލް މޮޅުވީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެންނެވެ. މެޗުން ރެއާލް މޮޅުކޮށްދިން ލަނޑު ޖެހީ ވެސް ހޮސޭލޫ އެވެ. މިއީ ލޯނު އެއްބަސްވުމެއްގެ ދަށުން މި ސީޒަންގައި ރެއާލަށް ބަދަލުވި ހޮސޭލޫ އެ ޓީމަށް ކުޅެދިން ފަސް ވަނަ މެޗެވެ. މިހާތަނަށް އޭނާ ވަނީ ދެ ލަނޑު ޖަހައިފަ އެވެ.

އަންޗެލޮޓީ ބުނީ، ހޮސޭލޫ އަކީ އޭނާ ވަރަށް ގަޔާވާ ކުޅުންތެރިޔެއް ކަމަށެވެ. އަންޗެލޮޓީ ފާހަގަ ކުރި ގޮތުގައި ހޮސޭލޫ އަކީ އަބަދު ވެސް ދަނޑު މަތީގައި ޔަގީންކަން އޮންނަ ކުޅުންތެރިޔެކެވެ. އޭނާ ބުނީ މި ސީޒަންގައި ހޮސޭލޫ އަކީ ރެއާލަށް ވަރަށް މުހިންމު ކުޅުންތެރިޔެއް ކަމަށެވެ. ސަބަބަކީ ހޮސޭލޫގެ ކިބައިގައި ހުރި ހުނަރަކީ އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުން ހިފޭނެ ހުނަރަށްވުން ކަމަށެވެ. މީގެ އިތުރުން އަންޗެލޮޓީ ފާހަގަ ކުރި ގޮތުގައި ފާއިތުވި ސީޒަންތަކުގައި ރެއާލްގެ ސްކޮޑުގައި މަދު ވަނީ ވެސް ހޮސޭލޫ ކަހަލަ ކުޅުންތެރިޔެކެވެ.

މިއީ ހޮސޭލޫ ރެއާލަށް ކުޅޭ ދެ ވަނަ ފަހަރެވެ. މީގެ ކުރިން 2011 ވަނަ އަހަރު އޭނާ ވަނީ ރެއާލަށް ބަދަލުވެފަ އެވެ. އެހެން ނަމަވެސް އެންމެ އެކަށީގެންވާ މިންވަރަށް އޭރު އޭނާ އަށް މަސައްކަތް ނުކުރެވޭތީވެ، ރެއާލްގެ ޓީމަށް ކުޅުމުގެ ފުރުސަތު ހޮސޭލޫ އަށް ލިބުނީ މަދުންނެވެ. އެހެންކަމުން 2012 ވަނަ އަހަރު އޭނާ ވަނީ އެ ކުލަބު ދޫކޮށްލައިފަ އެވެ. ދެ ވަނަ ފަހަރަށް އޭނާ ރެއާލަށް ބަދަލުވީ މިދިޔަ އަހަރު އެވެ. އެސްޕަންޔޯލްގައި ހުރުމަށްފަހު، އޭނާ ރެއާލަށް ބަދަލުވީ ލޯނު އެއްބަސްވުމެއްގެ ދަށުން، މި ސީޒަންގެ ނިޔަލަށެވެ.

ރެއާލް މެޑްރިޑްހޮސޭލޫކާލޯ އަންޗެލޮޓީ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
02 ޑިސެމްބަރު 2025

އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

02 ޑިސެމްބަރު 2025
އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު