މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެމްޕީއެލްގެ ބައެއް ޚިދުމަތުގެ އަގުތަކަށް ހެޔޮ، ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ.
އެގޮތުން ބަދަލުގެނެސްފައިވާ ރޭޓްތަކަށް ބަލާ އިރު ބަދަލު ގެނެސްފައި ވަނީ 20 ފޫޓުގެ ކޮންޓެއިނަރ އާއި 40 ފޫޓުގެ ކޮންޓެއިނަރ، 45 ފޫޓުގެ ކޮންޓެއިނަރ އަދި އެލްސީއެލް ކޮންޓެއިނަރ ތަކާއި ގުޅުން ހުރި ޚިދުމަތްތަކުންނެވެ. އެގޮތުން ބަލާ އިރު ކޮންޓެއިނަރު އުފުލުމާއި، ބޭލުމާއި އަދި ޕޯޓުގައި ބެހެއްޓުމުގެ ޚިދުމަތަށް ނަގަމުން އައި 4 ފީއަކުން %25 ކުޑަކުރުމަށް ނިންމާފައިވާކަން ފާހަގަކޮށްލެވެއެވެ. މާލެ ކޮމާޝަލް ހާބަރާއި ހުޅުމާލެ އިންޓަނޭޝަން ޓަރމިނަލުން ރީޖަނަލް ޕޯޓުތަަކަށް ޓްރާންސްޝިޕް ކުރާ ލޭޑަން ކޮންޓެއިނަރު ތަކުގެ ހޭންޑްލިން، ވޯފޭޖް ޗަރޖް، އެމްޕްޓީ އަންލޯޑިން ސްޓީވަރޑޯރިން އަދި ހޭންޑްލިން ޗާޖަސް ކުޑަކުރުމަށް އެމްޕީއެލް އިން ވަނީ ނިންމާފައެވެ. އަދި ފީތައް ކުޑަކޮށް ގެނައި ބަދަލަށް މިމަހުގެ 15ވަނަ ދުވަހުން އަމަލުކުރާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
މި ބަދަލުތަކުގެ ތަފްސީލަށް ބަލާއިރު،
ލޯޑިން އެފްސީއެލް/އެލްސީއެލް ޔުނިޓް - ހޭންޑްލިން ފީއަކީ މީގެ ކުރިން ޖީއެސްޓީ އާއި ނުލާ 1772.70 ރުފިޔާއެވެ. އަދި ޖީއެސްޓީ އާއި އެކު އަގަކީ 1860.52 ރުފިޔާއެވެ. މިހާރު އަގުތައް ރިވައިޒްކުރުމުން ޖީއެސްޓީ އާއި ނުލާ އެ އަގު އަރަނީ 1292.03 ރުފިޔާ އަށެވެ. އަދި ޖީއެސްޓީ އާއި އެކު އަރަނީ 1395.39 ރުފިޔާ އަށެވެ.
އެމްޕްޓީ ލޯޑިން (ކޮންޓެއިނަރތައް ހުސްކުރުން) - އޮފްލޯޑިން، ޑިސްޗަރޖިންގ ނުވަތަ ސްޓީވްޑޮރިން ގެ އަގުތައް ހުރި ގޮތަށް ބަލާ އިރު މީގެ ކުރިން ޖީއެސްޓީ އާއި ނުލާ ސްޓީވްޑޮރިން ގެ އަގު ހުރީ 1063.98 ރުފިޔާގައެވެ. ޖީއެސްޓީ އާއި އެކު އެ އަގު ހުރީ 1149.98 ރުފިޔާގައެވެ. މިހާރު ރިވައިޒްކޮށްފައި އެކުލަވާލި އަގަކީ ޖީއެސްޓީ އާއި ނުލާ 797.99 ރުފިޔާއެވެ. އަދި ޖީއެސްޓީ އާއި އެކު 861.82 ރުފިޔާއެވެ.
އެހެންކަމުން މި ބަދަލުތަކާއި އެކު 20 ފޫޓުގެ ކޮންޓެއިނަރެއް ކުރިން ލޯޑު ކުރުމަށް ނަގަމުން އައި 1772 ރުފިޔާގެ ފީ، މިހާރު ވަނީ 1292 އަށް ވަނީ ދަށްކޮށްފައެވެ. 45 ފޫޓު ކޮންޓެއިނަރަށް ލޯޑިން ފީން 1200 ރުފިޔާ ވަރު ވަނީ ކުޑަވެފައެވެ.
މި ބަދަލުތަކުގެ ސަބަބުން ފަސޭހަކަމާއި އެކު މުދާ ބާލާ، އުފުލޭނެ ކަމަށާއި ކުރިއަށް އޮތްތަނުގައި ޕޯޓުގެ ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުމަށްވެސް ދަނީ މަސައްކަތްކުރަމުން ކަމަށް އެމްޕީއެލް އިން ވަނީ ބުނެފައެވެ.