Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަސްވެރިކަމުގެ ވައުދު

ވަޒީރު ޝިޔާމް މަސައްކަތް ކުރީ 20 ރުފިޔާއަށް މަސް ކިލޯއެއް ގަނެ 48 ގަޑި އިރު ތެރޭގައި ޑޮލަރުން ފައިސާދޭކަމަށް ދައްކަން - މައުރޫފް

12 ފެބުރުއަރީ 2025 | ބުދަ 07:01

ވަޒީރު ޖަވާބު ދެއްވީ ކިލޯއަކަށް 20 ރުފިޔާދިނުމަށް ވިވައުދު ފުދިފައި އޮތްގޮތަށް ދެއްކުމަށް

މަޚްތޫމް
މަޚްތޫމް | 12 ފެބުރުއަރީ 2025 | ބުދަ 07:01
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު

ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު | ރާއްޖެއެމްވީ

މަސްވެރިކަމާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް މަޖިލީހަށް ވަޑައިގެން މަސައްކަތް ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މަސްވެރިކަމުގެ ވައުދުގައި ހިމެނޭ 20 ރުފިޔާއަށް މަސް ކިލޯއެއް ގަނެ 48 ގާޑީއިރުގެ ތެރޭގައި ޑޮލަރުން ފައިސާދޭކަމަށް ދައްކަން ކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ ސަރުކާރަށް ދޮޅު އަހަރުވެގެންދާއިރުވެސް ވަޒީރަކު މަޖިލީހަށް ހާޒިރުކުރުމުން ކުރީ ސަރުކާރުގެ ވާހަކަ ދައްކަން ވަޒީރު ލަދުގަންނަން ޖެހޭނެ ކަމަށެވެ. މައުރޫފް ވިދާޅުވީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމަކީ 19 ވަނަ މަޖިލީހުގައި އިންނަވައިގެން އެންމެ ގިނައިން މަސްވެރިންގެ ވާހަކަ ދެއްކެވި ބޭފުޅާ ކަމަށާއި، ރައީސްގެ މަސްވެރިންގެ ވައުދުފުޅުވެސް ދިވެހި ރައްޔިތުންނަށް އޮޅުވާލަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

Advertisement - newsAdvertisement

މައުރޫފް ވިދާޅުވީ ރައީސް ވައުދުފުޅުވެފައިވަނީ 20 ރުފިޔާއަށް މަސްކިލޯއެއް ގަނެ، 48 ގަޑި އިރު ތެރޭގައި ޑޮލަރުން ފައިސާ ދިނުމަށް ކަމަށެވެ. އަދި އެ ވައުދާއި ގުޅިގެން މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ކުރެއްވި ސުވާލުގެ ޖަވާބުގައި ވަޒީރު ޖަވާބު ދެއްވީ އެ ވައުދުވެސް ފުދިފައި އޮތްގޮތަށް ދެއްކުމަށް ކަމަށާއި، މަހުގެ އަގު ފުލޯޓްވެފައިވާ ކަމަށް ވިދާޅުވި އިރު ވަޒީރުގެ ޖަވާބުން ސާފުވެގެންދަނީ ރައީސްގެ ވައުދުފުޅު ފުއްދާފައިވާކަން ދެއްކުމުގެ ގޮތުން ވާހަކަދެއްކެވިތަން ކަމަށެވެ.

މައުރޫފް ވިދާޅުވީ ވަޒީރު މަޖިލީހުގައި ވާހަކަ ދެއްކެވި ގޮތުން، ނޭނގޭ މީހަކަށް ހީވާނީ މަސްވެރިކަމުގެ ސިނާއަތުގައި ހުރި ހުރިހާ މަައްސަލައެއް ހައްލުވެއްޖެކަން ކަމަށެވެ. ހަގީގަތަކީ އެއީއެއް ނޫން ކަމަށާއި، ކޮންމެ ގޮތަކަށްވެސް ވާހަކަ ދެއްކިދާނެ ކަމަށެވެ.

މައުރޫފް ވިދާޅުވީ މި ސަރުކާރުން ބައެއްކަހަލަ ކަންކަމަކީ ވަރަށް ބޮޑު ކަންކަންކަމުގައި ހަދައިގެން ރައްޔިތުންނަށް އޮޅުވާލައިގެން މަސައްކަތް ކުރަމުންދަނީ އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭތީ ކަމަށެވެ.

މައުރޫފް ވިދާޅުވީ ދޮޅު އަަހަރުވި އިރު ކުރެވުނީ ކޮންކަމެއްތޯ ސުވާލު އުފައްދަވާފައެވެ.

މިކަމާއި ގުޅޭގޮތުން ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވީ ސްޕޯޓްސް ފިޝިންއަކީ މި ސަރުކާރުން ފެށިކަމެއް ނޫން ކަމަށާއި، އެ މަސައްކަތަކީ މިދިޔަ ސަރުކާރުގައި ތަޖުރިބާކޮށް، ފިޝަރީޒް މިނިސްޓްރީން ކުރަމުން އައިކަމެއް ކަމަށެވެ. އަދި އެކަން ކުރަމުން އައީ އެ ރަށެއްގެ ކަނޑުއޮޅިން ފެށިގެން 6 މޭލާއި 10 މޭލާ ދެމެދު ކަނދުފަތި އަޅައިގެން ކަމަށާއި، މި މަސައްކަތަކީ މި ސަރުކާރުން ވެރިކަމަށް އައިސް ފެށި މަސައްކަތެއް ނޫން ކަމަށެވެ. އަދި ދޮޅު އަހަރުވެގެންދިޔަ އިރުވެސް މި ދާއިރާއިން ކުރި ބޮޑު ކަމެއް ފެންނަން ނެތްކަމަށާއި، މަސްވެރިކަމުގެ ދާއިރާން ކުރެވުނު އެއްވެސް ކަމެއް ނެތް ކަމަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން

12 ޖެނުއަރީ 2017
އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް