Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕީއެސްޖީ

ބަލިވިނަމަވެސް އެންރީކޭގެ ޝަކުވާއެއް ނެތް

16 ސެޕްޓެމްބަރު 2023 | ހޮނިހިރު 09:10

އޭނާ ބުނީ ކުޅުންތެރިން އެމީހުންގެ ސަތޭކައިންސައްތަ މެޗުގައި ދެއްކުމުންް، އެކަމާ ޝަކުވާކުރަންޖެހޭ ސަބަބެއް ނުފެންނަ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 ސެޕްޓެމްބަރު 2023 | ހޮނިހިރު 09:10
ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ

ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ

ފްރާންސް ލީގުގައި ނީސްއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވި ނަމަވެސް، ކުޅުންތެރިންގެ މަސައްކަތާމެދު ޝަކުވާއެއް ނެތްކަމަށް ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގެ ކޯޗު ލުއިސް އެންރީކޭ ބުނެފިއެވެ.

އެންރީކޭ މިހެން ބުނީ އަމިއްލަ ދަނޑުގައި ނީސްއާ ދެކޮޅަށް ކުޅެ ބަލިވި މެޗަށްފަހު ވާހަކަ ދައްކަމުންނެވެ. އޭނާ ބުނީ، މެޗުގައި ކުޅުންތެރިން ދެއްކި ކުޅުމާއި، ކުރި ހިތްވަރާމެދު ހިތްހަމަޖެހޭ ކަމަށެވެ. އެންރީކޭ ބުނީ ކުޅުންތެރިންގެ ފަރާތުން އޭނާ ހިތްހަމަޖެހޭ ކަހަލަ ކުޅުމެއްވެސް ފެނުނު ކަމަށެވެ.

އޭނާ ބުނީ ކުޅުންތެރިން އެމީހުންގެ ސަތޭކަ އިންސައްތަ މެޗުގައި ދެއްކުމުންް، އެކަމާ ޝަކުވާކުރަންޖެހޭ ސަބަބެއް ނުފެންނަ ކަމަށެވެ. އެހެން ނަމަވެސް، މެޗުން ލިބުނު ނަތީޖާއަކީ ހިތްހަމަ ޖެހޭ ނަތީޖާއެއް ނޫންކަން އޭނާ ވަނީ ފާހަގަކޮށްފައެވެ. އެންރީކޭ ބުނީ، ޕީއެސްޖީ އޮތީ ކުރިއަށްދާ މަރުހަލާއެއްގައި ކަމަށާއި، އެކަމަށް ވަގުތު ނަގާނެ ކަމަށެވެ. އޭނާއަށް އޮތް ޔަގީންކަމަކީ ޕީއެސްޖީގެ ކުޅުންތެރިން، ވަގުތާއެކު ކުރިއަށް ދާނެކަމެވެ. ނަތީޖާ ނުނެރެވުމަކީ އޭނާގެވެސް ކަންބޮޑުވުން އޮންނަ ކަމެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެކަމަށް މަސައްކަތް ކުރާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ޕީއެސްޖީގެ ކޯޗުކަމަށް އެންރީކޭ ހަމަޖެއްސީ ކުރިން އެ މަގާމުގައި ހުރި ކްރިސްޓޮފާ ގަލްޓިއޭ ވަކިކުރުމަށްފަހުއެވެ. ގަލްޓިއޭ މަގާމުން ވަކިކުރީ ޕީއެސްޖީއާއެކު އޭނާއަށް ނަތީޖާ ނުނެރެވުމުންނެވެ.

ފްރެންޗް ލީގުޕީއެސްޖީލުއިސް އެންރީކޭ

އިތުރަށް ކިޔާލަން

23 ސެޕްޓެމްބަރު 2025

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

23 ސެޕްޓެމްބަރު 2025
ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި
18 ސެޕްޓެމްބަރު 2025

ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް

18 ސެޕްޓެމްބަރު 2025
ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް
07 ސެޕްޓެމްބަރު 2025

ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް

07 ސެޕްޓެމްބަރު 2025
ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް
13 ޖުލައި 2025

ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ

13 ޖުލައި 2025
ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ
10 ޖުލައި 2025

ރެއާލް ބަލިކޮށް، ޕީއެސްޖީ ފައިނަލަށް

10 ޖުލައި 2025
ރެއާލް ބަލިކޮށް، ޕީއެސްޖީ ފައިނަލަށް
30 ޖޫން 2025

އިންޓަރ މިއާމީ ބަލިކޮށް ޕީއެސްޖީ ކުއާޓާ ފައިނަލަށް

30 ޖޫން 2025
އިންޓަރ މިއާމީ ބަލިކޮށް ޕީއެސްޖީ ކުއާޓާ ފައިނަލަށް
21 ޑިސެމްބަރު 2024

ޑޮންނަރުންމާގެ މުސްތަޤުބަލާ މެދު ނިންމާނެ ގޮތަކާ މެދު ދަނީ ވިސްނަމުން

21 ޑިސެމްބަރު 2024
ޑޮންނަރުންމާގެ މުސްތަޤުބަލާ މެދު ނިންމާނެ ގޮތަކާ މެދު ދަނީ ވިސްނަމުން
11 ޑިސެމްބަރު 2024

ސަލްސްބާގް އަތުން ޕީއެސްޖީ މޮޅުވެއްޖެ

11 ޑިސެމްބަރު 2024
ސަލްސްބާގް އަތުން ޕީއެސްޖީ މޮޅުވެއްޖެ
07 ޑިސެމްބަރު 2024

ޕީއެސްޖީގެ ރައީސް ވިދާޅުވީ ޞަލާޙު ގެންނައުމުގެ ޝައުޤުވެރިކަމެއް ނެތް ކަމަށް

07 ޑިސެމްބަރު 2024
ޕީއެސްޖީގެ ރައީސް ވިދާޅުވީ ޞަލާޙު ގެންނައުމުގެ ޝައުޤުވެރިކަމެއް ނެތް ކަމަށް
05 ނޮވެމްބަރު 2024

ޕީއެސްޖީގައި ކުރެވޭ މަސައްކަތާ މެދު އެންރީކޭ ހިތްހަމަ ޖެހޭ!

05 ނޮވެމްބަރު 2024
ޕީއެސްޖީގައި ކުރެވޭ މަސައްކަތާ މެދު އެންރީކޭ ހިތްހަމަ ޖެހޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް