Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވެރިކަމުގެ ނިޒާމު ބަދަލުކުރުން

ޑިމޮކްރަޓްސްގެ ވިސްނުމަކީ، ރައީސަށް ލިބިދޭ ބާރުގެ ދަށުން ނިޒާމީ ވޯޓަކަށް ދިޔުން

ރައްޔިތުންގެ މަޖިލީހުންވެސް ބަދަލު ގެނެވޭނެކަމަށާއި، ނަމަވެސް އެންމެ އަވަހަށް ނިޒާމީ ވޯޓެއް ނެގެން އަންނަނީ ރައީސަށް ގާނޫނު އަސާސީން ލިބިދޭ ބާރުންކަމަށް ޗެއަރޕަރސަން ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 16 ސެޕްޓެމްބަރު 2023 | ހޮނިހިރު 02:51
ޑިމޮކްރަޓްސްގެ ވަގުތީ ޗެއަރޕަރސަން، ހަސަން ލަތީފް

ޑިމޮކްރަޓްސްގެ ވަގުތީ ޗެއަރޕަރސަން، ހަސަން ލަތީފް

ޑިމޮކްރަޓްސްއިން މިވަގުތު އެދޭގޮތަކީ, ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނު އަސާސީން ލިބިދޭ ބާރުގެ ދަށުން ވެރިކަމުގެ ނިޒާމު ބަދަލުކުރުމާމެދު ފެންނަ ނުފެންނަ ވޯޓަކަށް ދިޔުންކަމަށް, އެޕާޓީގެ ވަގުތީ ޗެއަރޕަރސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ޑިމޮކްރަޓްސްއިން ހުކުރު ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަސަން ލަތީފް ވިދާޅުވީ، ގާނޫނު އަސާސީގެ 4 ވަނަ ބާބަށް ގެންނަ ބަދަލާއެކު ނިޒާމީ ވޯޓަކަށް ދިޔުމަށް ޑިމޮކްރަޓްސްއިން ހުށަހަޅާކަމަށެވެ. ޕާޓީތަކާއެކު ޑިމޮކްރަޓްސްއިން ކުރަމުން އަންނަ މަޝްވަރާއަކީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ މަޝްވަރާއެވެ. މި މަޝްވަރާތައް މިވަގުތު އެމްޑީޕީއާއެކު ނުރަސްމީ ސިފައެއްގައި ކުރިޔަށްދާއިރު އެމްޑީޕީން މިކަމަށް އަދި އެއްބަސްވެފައި ނުވިނަމަވެސް، ދެބަސްވެފައިވެސް ނުވާކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ހަސަން ލަތީފް ވިދާޅުވީ ގާނޫނު އަސާސީއަށް ރައްޔިތުންގެ މަޖިލީހުންވެސް ބަދަލު ގެނެވޭނެކަމަށާއި ނަމަވެސް އެންމެ އަވަހަށް ނިޒާމީ ވޯޓެއް ނެގެން އަންނަނީ ރައީސަށް ގާނޫނު އަސާސީން ލިބިދޭ ބާރުން އެކަން ކުރުމުންކަމަށެވެ.

ޑިމޮކްރަޓުން ހުށަހަޅަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކުރިން ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު ނިޒާމީ ވޯޓެއް ނެގުމަށެވެ. ހަސަން ލަތީފް ވިދާޅުވީ މިއޮތް މުއްދަތުގެ ތެރޭގައި އެކަމަށް ރައްޔިތުން ހޭލުންތެރިވެސް ކުރެވޭނެކަމަށާއި އިލެކްޝަންސް ކޮމިޝަނަށް އެކަމުގެ ތައްޔާރީތައްވެސް ވެވޭނެކަމަށެވެ.

އީސީން މިހާރުވެސް އަންނަނީ އިންތިޚާބަށް ތައްޔާރުވުމުގެ މަސައްކަތްތަކެއް ކުރަމުންކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

ޑިމޮކްރަޓުން ޕީޕީއެމްއާއެކު ކުރިޔަށްދިޔަ މަޝްވަރާތަކުގައި، އެއްބަސްވާ ލިޔުމެއްގައި ސޮއިކުރުމަށް ޕީޕީއެމްއިން ދެކޮޅު ހަދާފައިވަތީ އެވާހަކަތައް ވަނީ ހުއްޓާލާފައެވެ.

ދަ ޑިމޮކްރެޓްސްއެމްޑީޕީރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
09 ޑިސެމްބަރު 2025

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް
09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
09 ޑިސެމްބަރު 2025

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު
09 ޑިސެމްބަރު 2025

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު