Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މަޑުއްވަރީ ހަރުކަށި ފިކުރުގެ މައްސަލަ

7 މަސް ފަހުން މަޑުއްވަރީ ހަރުކަށި ފިކުރުގެ މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށްފި

ހެކީގެ ގޮތުގައި ދެ ސީޑީ: އޭގައި ގޮވާތަކެތި އުފައްދާނެ ގޮތުގެ ތަފްސީލް މައުލޫމާތު އެބަހުރި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 15 ސެޕްޓެމްބަރު 2023 | ހުކުރު 10:42
މަޑުއްވަރީގައި ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަންގެ ތެރެއިން

މަޑުއްވަރީގައި ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަންގެ ތެރެއިން

ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރި ކަމަށް ބުނެ ރ. މަޑުއްވަރީން ހައްޔަރުކޮށް، ދައުވާ އުފުލި މީހުންގެ ޝަރީއަތުގެ އަޑުއެހުމެއް އާދީއްތަ ދުވަހަށް ތާވަލުކޮށްފިއެވެ.

މި މައްސަލަ ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވަނީ އާދިއްތަ ދުވަހުގެ މެންދުރު 1:00 އަށެވެ. އެގޮތުން ޓެރަރިސްޓް ޖަމާއަތަކަށް ތާއިދުކުރުމާއި، ޓެރަރިސްޓް ޖަމާއަތަކަށް ތާއިދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ދައުވާގެ އިތުރުން އޮރިޔާން ކާޑުހެދުމުގެ ދައުވާ މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ވަނީ އުފުލާފައެވެ.

Advertisement - newsAdvertisement

އެންމެ ފަހުން ބޭއްވި މި މައްސަލައިގެ އަޑުއެހުމުގައި ވަނީ ހަސަން ރާޒީއާއި، އާދަމް ސުހައިލްގެ މައްޗަށް ކުރާ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމާއި، ޓެރަރިސްޓް ޖަމާއަތަކަށް ތައީދުކުރާކަން ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ދައުވާގެ ހެކިބަސް ނަގާފައެވެ.

ޝަރީއަތުގެ އަޑުއެހުމުގައި މި މައްސަލައިގައި ފޮރެންސިކް ތަހުލީކުތަކާ ގުޅޭގޮތުން ވަނީ ހެކިބަސް ނަގާފައެވެ. މި މައްސަލައާ ގުޅުންހުރި ތަހުލީލުތަކާމެދު ހެކިބަސް ދެއްވާފައިވަނީ ފުލުހުންގެ ފިޒިކަލް އެވިޑެންސް ޑިޕާޓްމެންޓް ހިންގެވުމާއި ހަވާލުވެ ހުންނެވި މުހައްމަދު ސަލީމެވެ. އޭނާއަކީ މި މައްސަލައާ ގުޅިގެން ފުލުހުން ހޯދާފައިވާ ސީޑީގައިވާ މައުލޫމާތު ތަހުލީލުކުރި ފަރާތެވެ.

ބުދަ ދުވަހުގެ ޝަރީއަތުގެ އަޑު އެހުމުގައި އޭނާ ވަނީ ފޮރެންސިކްގެ ތަހުލީލަށް ހޯދިފައިވާ ކަންކަމުގެ ތަފްސީލްތައް ހިއްސާކުރައްވާފައެވެ. ސަލީމަކީ މިފަދަ ގިނަ މައްސަލަތަކުގެ ތަހުލީލު ރިޕޯޓް ހެދުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވެވަޑައިގަންނަވާ ފަރާތަކަށް ވާއިރު، އޭނާއަކީ މާއްދީ ހެތްކާއި، ގޮވާތަކެތި، އަދި ބަޑި ބޭސް ޓްރޭސްކުރެވޭފަދަ ހެކި ތަހުލީލު ކުރުމުގައި ތަޖުރިބާ ހުރި ބޭފުޅެކެވެ.

މި މައްސަލައިގައި ހިމެނޭ އާދަމް ސުހައިލް އާއި ހަސަން ރާޒީގެ ގެ ފަރާތުން ވަނީ ހެކިބަސް ނެގުމުގެ މަރުހަލާ އާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން އާދަމް ސުހައިލްގެ ވަކީލް ވަނީ ހެކި ބަސް ނެގުމުގެ މަރުހަލާ ދިގުލައިގެން ދިއުމުން އޭނާ އަށް ވަޒީފާ ލިބުމުގައި ވެސް ދަތިކަން ހުރި ކަމަށް ފާހަގަކުރައްވާފައެވެ. އަދި ރާޒީގެ ވަކީލް ވަނީ މަގްބޫލު އުޒުރެއް ނެތި ހެކިން ހާޒިރު ނުކުރެވިދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން ބުދަ ދުވަހު ސިއްރު ހެކިން ހާޒިރުކުރުމަށް އެއް ފުރުސަތު ދެވުނު ކަމަށާއި، ހާޒިރު ކުރަން އެދި ހެކިން ހާޒިރު ނުކުރެވުނު ކަމަށް ނިންމާދިނުމަށް ދިފާއީ ވަކީލް އެދިލެއްވިއެވެ. ހަމައެހެންމެ މައްސަލަ ދިގުލައިގެން ނުދާނެ ގޮތަކަށް އަމަލުކޮށްދެއްވުމަށް ވެސް އެދިލެއްވިއެވެ.

މައްސަލަ ބައްލަވާ ގާޒީ ވަނީ އެކަންކަމަށް ޝަރީއަތުން ރިއާޔަތްކުރައްވާނެ ކަަމަށް ވިދާޅުވެފައެވެ. އަދި މި މައްސަަލަ އާއި ގުޅޭ އިތުރު އަޑު އެހުމެއް މި މަހުގައި ބޭއްވޭތޯ މަސައްކަތްކުރައްވާނެ ކަަމަށް ވެސް ވިދާޅުވިއެވެ.

ރ. މަޑުއްވަރިމޯލްޑިވްސް ޕޮލިސް ސަރވިސްޓެރަރިޒަމް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސީރިއާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ކެނެޑާ އިން ވެސް އުވާލައިފި

ސީރިއާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ކެނެޑާ އިން ވެސް އުވާލައިފި

06 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ތަކުރާރުކޮށް ރައީސް ނަޝީދަށް މަރުގެ އިންޒާރު ދިން މީހަކަށް، 10 އަހަރުގެ ޖަލު ހުކުމެއް

ތަކުރާރުކޮށް ރައީސް ނަޝީދަށް މަރުގެ އިންޒާރު ދިން މީހަކަށް، 10 އަހަރުގެ ޖަލު ހުކުމެއް

28 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު