Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދޮގު ވާހަކަ ފެތުރުމުގެ ނުބައިކަން

މުޖުތަމައު ފަސާދަކުރަން ބޭނުންކުރާ އެންމެ ނުރައްކާތެރި ވަސީލަތަކީ ދޮގު ވާހަކަ އާއި ދޮގު ޚަބަރު ފެތުރުން - ޚުތުބާ

15 ސެޕްޓެމްބަރު 2023 | ހުކުރު 08:19

މާތް ރަސްކަލާނގެ މުސްލިމުންނަށް އަމުރު ކުރައްވާފައި ވަނީ ތެދު ބަސްބުނުމަށްކަން ޚުތުބާގައި ވަނީ ފާހަގަކޮށްފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 15 ސެޕްޓެމްބަރު 2023 | ހުކުރު 08:19
ހުކުރު ޚުތުބާ

ހުކުރު ޚުތުބާ

މުޖުތަމައު ފަސާދަކޮށް ރަނގަޅު މަގަށް ހުރަސް އެޅުމަށް މަސައްކަތް ކުރާ މީހުން ބޭނުން ކުރާ އެންމެ ނުރައްކާތެރި ވަސީލަތަކީ ދޮގު ވާހަކަ އާއި ދޮގު ޚަބަރު ފެތުރުން ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

ދޮގު ވާހަކަ ދެއްކުމާއި ދޮގު ޚަބަރު ފެތުރުމުގެ ނުބައިކަމަށް ހުކުރު ޚުތުބާގައި ވަނީ އަލިއަޅުވާލާފައެވެ. އަދި މާތް ރަސްކަލާނގެ މުސްލިމުންނަށް އަމުރު ކުރައްވާފައި ވަނީ ތެދު ބަސްބުނުމަށްކަން ޚުތުބާގައި ވަނީ ފާހަގަކޮށްފައެވެ. ހަމައެހެންމެ އިސްލާމް ދީނުގައި ދޮގުހެދުން ޙަރާމްކުރައްވާފައިވާއިރު އެކަމުގެ ނުބައިކަމުގެ މައްޗަށް ހުކުރު ޚުތުބާގައި ވަނީ އަލިއަޅުވާލާފައެވެ. އެގޮތުން ހައްޤުގެ މަގަށް މަގުދައްކާ އިސްލާހުކުރުމަށް މަސައްކަތް ކުރާ ހެޔޮލަފާ މީހުން މެދުވެރިކުރައްވާ، ބާތިލު އަހުލުވެރިންގެ މައްޗަށް ހުރަސް އަޅުއްވާނެ ކަަމަށް ޚުތުބާގައި ވަނީ ބުނެފައެވެ. އަދި ފަސާދައިގެ އަހުލުވެރިންނާއި ދެކޮޅު ހަދާނެ ބަޔަކު ނެތް ނަމަ އެ މީހުންގެ ނުބައިކަން ދުނިޔެ އަށް އާއްމުވެގެން ހިނގައިދާނެ ކަމަށާއި މީސްތަކުންގެ މަސްލަހަތު ގެއްލިދާނެ ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

މީގެ އިތުރުން މިއަދު މުވާސަލާތީ ވަސީލަތްތައް ކުރިއަރާފައިވާއިރު ކިތަންމެ ދުރުގައި ހިނގާ ކަމެއްވެސް ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައި މީސްތަކުންނާއި ހަމައަށް އަންނަ ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ. ނަތީޖާ އަކީ ދޮގު ޚަބަރާއި ދޮގު ވާހަކަ ފެތުރުން އިހުނަށް ވުރެ ބޮޑުވުން ކަމަށާއި، އެކަމުގެ ނުބައިކަމާއި އޭގެ ސަބަބުން އިންސާނުން ކުރިމަތުލާން ޖެހުނު މުސީބާތުގެ ވާހަކަތައް ކީރިތި ޤުރުއާނުގައި ވެސް އައިސްފައިވާކަން ޚުތުބާގައި ވަނީ ފާހަގަކޮށްފައެވެ. ޚުތުބާގައި އިތުރަށް ބުނެފައި ވަނީ ޤުރުއާނުގައި އެކަން ހިމަނުއްވާފައިވަނީ އެއިން އިބުރަތް ހާސިލުކުރަން ބޭނުންވާ ބަޔަކު އިބްރަތް ހާސިލުކުރުމަށް ކަމަށެވެ. އަދި އެކަންކަމުގެ މަތިން ހަނދުމަކޮށް އެއިން ރައްކާތެރިވުމުގެ މުހިންމުކަން ދަސްކުރަން ޖެހޭ ކަމަށް ވެސް ހުކުރު ޚުތުބާގައި ވަނީ ބުނެފައެވެ. އެގޮތުން އިބިލީހުގެ ވާހަކަ އާދަމްގެފާނަށް ޤަބޫލުކުރެއްވުމުގެ ނަތީޖާ އަކަށްވީ ސުވަރުގެ އިން ނުކުމެވަޑައިގަންނަވަން ޖެހިވަޑައިގަތުންކަން ޚުތުބާގައި ވަނީ ހަނދުމަކޮށްދީފައެވެ.

މުޖުތަމައު ފަސާދަކޮށް ރަނގަޅު މަގަށް ހުރަސް އެޅުމަށް މަސައްކަތް ކުރާ މީހުން ދޮގާއި ދޮގު ޚަބަރު ފަތުރާކަން ފާހަގަކޮށް ޚުތުބާގައި ބުނެފައި ވަނީ ރަސޫލު ބޭކަލުންނާ ދެކޮޅުވެރިވި މީހުންގެ އަމަލުތަކުން އެކަން ހާމަވާ ކަމަށެވެ. އަދި އެ ބޭކަލުންނަކީ ދޮގުވެރިންނޭ، ކިބުރުވެރިންނޭ، ބިން ފަސާދަކުރާ މީހުންނޭ ބުނެ، އެފަދަ ދޮގު ވާހަކަތަކުގެ ބޭނުމަކީ ހައްޤު މަގުން މީސްތަކުން އެއް ކިބާކުރުން ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ. މުޖުތަމައުގައި ފެތުރޭ ވާހަކަތަކުގެ ތެދު ދޮގު ނުބަލާ އެ ވާހަކަތައް ޤަބޫލުކުރުމަކީ ފަރުދުންނަށާއި ޖަމާއަތަށް ބޮޑެތި ގެއްލުންތައް ކުރިމަތިކުރުވާ ކަމެއްކަމަށް ވެސް ޚުތުބާގައިވެއެވެ.

ދޮގު ޚަބަރު ފެތުރުމަކީ ހައްޤު އޮޅުވާލުން ކަމާއި މީސްތަކުން ހަމަހަމަ މަގުން އެކަމުގެ ސަބަބުން އެއްކިބާވެގެންދާކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ. އަދި އެކަމުގެ ސަބަބުން މީސްތަކުންގެ މެދުގައި ފިތުނަވެރިކަން އުފެދޭ ކަަމަށް ވަނީ ބުނެފައެވެ.

ހުކުރު ޚުތުބާ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

07 ނޮވެމްބަރު 2025

އުފާވެރިކަން އޮތީ ފައިސާއާއި މަޝްހޫރު ކަމުގައި ނޫން، ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން: ޚުތުބާ

07 ނޮވެމްބަރު 2025
އުފާވެރިކަން އޮތީ ފައިސާއާއި މަޝްހޫރު ކަމުގައި ނޫން، ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން: ޚުތުބާ
31 އޮކްޓޯބަރު 2025

ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި

31 އޮކްޓޯބަރު 2025
ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި
24 އޮކްޓޯބަރު 2025

ވަލިއްޔުންނަށް އިހްތިރާމުކުރުމުގެ ނަމުގައި، ބިދުއަތައް ވަނީ ފެތުރިފައި، މިއީ ޝިރުކުގެ އަމަލެއް: ޚުތުބާ

24 އޮކްޓޯބަރު 2025
ވަލިއްޔުންނަށް އިހްތިރާމުކުރުމުގެ ނަމުގައި، ބިދުއަތައް ވަނީ ފެތުރިފައި، މިއީ ޝިރުކުގެ އަމަލެއް: ޚުތުބާ
22 އޮކްޓޯބަރު 2025

މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު

22 އޮކްޓޯބަރު 2025
މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު
22 އޮކްޓޯބަރު 2025

ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި

22 އޮކްޓޯބަރު 2025
ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި
17 އޮކްޓޯބަރު 2025

ފަރުޟު ނަމާދަށް ރައްކާތެރިވޭ، ނަމާދު ދޫކޮށްލައިފި މީހާ ދީނުން ބޭރުވާނެ: ޚުތުބާ

17 އޮކްޓޯބަރު 2025
ފަރުޟު ނަމާދަށް ރައްކާތެރިވޭ، ނަމާދު ދޫކޮށްލައިފި މީހާ ދީނުން ބޭރުވާނެ: ޚުތުބާ
03 އޮކްޓޯބަރު 2025

މުސްލިމުންނަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި، ކޮންމެ ފަދަ ވާހަކައެއް ދެއްކުން ހުއްދަވެގެންވާ ބަޔެއް ނޫން: ޚުތުބާ

03 އޮކްޓޯބަރު 2025
މުސްލިމުންނަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި، ކޮންމެ ފަދަ ވާހަކައެއް ދެއްކުން ހުއްދަވެގެންވާ ބަޔެއް ނޫން: ޚުތުބާ
26 ސެޕްޓެމްބަރު 2025

އިސްލާމްދީނުގެ އަހުލުވެރީން ޣައިރުދީންތަކުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެ އުޅުމަކީ ދީނީ ޝަޚުސިއްޔަތު ހަލާކުވާނެ ކަމެއް: ޚުތުބާ

26 ސެޕްޓެމްބަރު 2025
އިސްލާމްދީނުގެ އަހުލުވެރީން ޣައިރުދީންތަކުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެ އުޅުމަކީ ދީނީ ޝަޚުސިއްޔަތު ހަލާކުވާނެ ކަމެއް: ޚުތުބާ
19 ސެޕްޓެމްބަރު 2025

މާތް الله ނުރުއްސަވާކަންތައް ގިނަވެ، ފާހިޝު ކަންތައްތައް އާންމު ވެއްޖެނަމަ އެ މުޖުތަމައެއް ފަސާދަވެ ފަނާވާނެ: ޚުތުބާ

19 ސެޕްޓެމްބަރު 2025
މާތް الله ނުރުއްސަވާކަންތައް ގިނަވެ، ފާހިޝު ކަންތައްތައް އާންމު ވެއްޖެނަމަ އެ މުޖުތަމައެއް ފަސާދަވެ ފަނާވާނެ: ޚުތުބާ
12 ސެޕްޓެމްބަރު 2025

ޚުޝޫއަތްތެރިކޮށް ނަމާދުކުރާ މީހާ ހުތުރުކަންބޮޑު ފާފަތައް ނުކުރާނެ، ފާފަ ކުރެވޭނަމަ އަމިއްލަ ނަފްސާ ސުވާލުކުރޭ: ޚުތުބާ

12 ސެޕްޓެމްބަރު 2025
ޚުޝޫއަތްތެރިކޮށް ނަމާދުކުރާ މީހާ ހުތުރުކަންބޮޑު ފާފަތައް ނުކުރާނެ، ފާފަ ކުރެވޭނަމަ އަމިއްލަ ނަފްސާ ސުވާލުކުރޭ: ޚުތުބާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް