Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖޭގެ ފަތުރުވެރިކަން

އެހެން ގައުމުތަކާ ޖައްސާލުމުން ރާއްޖޭގެ ފަތުރުވެރިކަމަށް ގެއްލުން ލިބޭ: ފަރުހާދު

ފަތުރުވެރިން އަންނަ ނިސްބަތަށް ވެސް އެފަދަ ކަންތައްތަކުގެ ސަބަބުން އަސަރުކުރޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 14 ސެޕްޓެމްބަރު 2023 | ބުރާސްފަތި 17:21
ވެލާނާ އިންޓަަނޭޝަނަލް އެއަރޕޯޓު

ވެލާނާ އިންޓަަނޭޝަނަލް އެއަރޕޯޓު

އެހެން ގައުމުތަކާ ޖައްސާލުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ލިބޭ ބޮޑު ގެއްލުމެއް ކަމަށް، ޓޫރިޒަމް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ ޑިރެކްޓަރު އިބްރާހީމް ފަރުހާދު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ފަރުހާދު ވިދާޅުވީ، އެއީ އިންޑިއާއާމެދު ކަމަށް ވިޔަސް އަދި ޗައިނާއާމެދު ކަމަށް ވިޔަސް، މިފަދަ ގޮތަކަށް ކަންކަން ކުރާއިރު ވިސްނަންޖެހޭ ކަމަށެވެ.

އެގޮތުން ފަތުރުވެރިން އަންނަ ނިސްބަތަށް ވެސް އެފަދަ ކަންތައްތަކުގެ ސަބަބުން އަސަރުކުރާ ކަމަށް ވިދާޅުވިއެވެ. ދިވެހިންގެ މެހެމާންދާރީއަކީ އެހެން ބަޔަކާ އަޅާ ނުކިޔޭ ކަމެއް ކަމަށާއި، ރާއްޖެއަކީ އަމާން ތަނަކަށް ހެދުމަށް އެންމެން އެއްކޮށް މަސައްކަތް ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.

ކޮވިޑުގެ ހާލަތާ ބަލާފައި ސަރުކާރުން ފަތުރުވެރިކަމުގެ ދާއިރާގައި ހާސިލު ކުރެވުނު ކަންތައްތައް ގިނަކަން ފާހަގަކުރައްވައި ފަރުހާދު ވިދާޅުވީ، މިނިމަމް ވޭޖް ކަނޑައެޅި، ހަމަހަމަކަމާއެކު ސަރވިސް ޗާޖު ދިނުން ގާނޫނަކުން ކަނޑައަޅާފައިވާ ކަމަށާއި، ތުނބުޅި ބެހެއްޓުން ހުއްދަ ކުރުމަށް ރިސޯޓުތަކާ މަޝްވަރާކޮށް ބާރު އަޅަމުންދާ ކަމަށެވެ. އަދި 7000 ގާތްކުރާ އަދަދަކަށް މީހުންނަށް އިންކަމް ސަޕޯޓް ދެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ދިވެހިން ތަމްރީނުކުރުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށާއި، ގޮންޖެހުންތައް ހުރިނަމަވެސް މިނިސްޓްރީން މެނިފެސްޓޯއެއް ތައްޔާރުކޮށްފައި ވާކަމަށް ވިދާޅުވިއެވެ.

ފަރުހާދު ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާއަށް ތަމްރީނު ޕްރޮގްރާމެއް ހިންގުމަށް ހިމަނާފައި ވާކަމަށާއި، އެގޮތުން 500 ދިވެހި ލީޑަރުން ތަމްރީނުކުރުމަށް ނިންމާފައިވާކަމަށެވެ.

ރާއްޖޭގެ އުތުރާއި ދެކުނުގައި ފަތުރުވެރިކަން ފުޅާކުރުމަކީ ސަރުކާރުގެ އަމާޒުކަމަށްވާއިރު، ބިމު ކުލި ކުޑަކޮށްފައި ވާކަމަށް ވިދާޅުވިއެވެ. އެއާއެކު އިންވެސްޓްމަންޓްތަކަށް ފަހި ފުރުސަތުތަކެއް ހުޅުވިގެންދިޔަ ކަމަށް ވިދާޅުވިއެވެ. ފަރުހާދު އިތުރަށް ވިދާޅުވީ އިންޓަރނޭޝަނަލް އެކި ފެއަރތަކުގައި ރާއްޖެ އިޝްތިހާރުކުރުމަށް އެމްއެމްޕީއާރްސީން މަސައްކަތްކުރަމުން ދާކަމަށާއި ވޯލްޑް ލީޑިންގ ޑެސްޓިނޭޝަންގެ އެވޯޑް ޖެހިޖެހިގެން ތިން ފަހަރު ރާއްޖެއަށް ލިބުނުކަމަށެވެ.

ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ދެމެހެއްޓުމަށް މަސައްކަތްތައް ސަރުކާރުން ކުރިކަމަށް ފަރުހާދު ވިދާޅުވިއެވެ. އެގޮތުން ކްރޮސް ސަބްސިޑީގެ ދަށުން އެކި ޕްރޮޕޯސަލްތައް ރާއްޖެއަށް ލިބެމުން ދާކަމަށާއި، ހުޅުވެމުންދާ ރިސޯޓުތަކަށް ބެލިޔަސް އެކަން ހާމަވެގެންދާނެ ކަމަށް ވިދާޅުވިއެވެ. ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ނަތީޖާ ފެންނަމުންދާ ކަމަށާއި، ޚިދުމަތްތައް އެކަމުގެ ސަބަބުން ހަލުވިވެގެން ދިޔަކަމަށްވެސް ވިދާޅުވިއެވެ.

ގެސްޓް ހައުސްގެ ލައިސަންސް ދިނުމަށް ކުރިން އެއްމަސް ދުވަސް ނަގާކަމަށާއި، އެހެންނަމަވެސް މި ސަރުކާރު އައިސް، ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުން 4 ދުވަހުގެ ތެރޭގައި ލައިސަންސް ދެވިގެންދާ ކަމަށް ފަރުހާދު ވިދާޅުވިއެވެ. މިފަދަ ޕްލެޓްފޯމެއްގެ ތެރޭގައި މަސައްކަތް ކުރާތީ، ޚިދުމަތް ލިބިގަންނަ މީހާއަށާއި މިނިސްޓްރީއަށްވެސް ފަސޭހަވެގެން ދާކަމަށް ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް ޓުއަރިޒަމްފަތުރުވެރިކަން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

27 އޮކްޓޯބަރު 2025
ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

19 އޮކްޓޯބަރު 2025
އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް

އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް

09 އޮކްޓޯބަރު 2025
ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!

ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!

03 ފެބުރުއަރީ 2025
ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި

ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި

28 ޖެނުއަރީ 2025

އަހަރުތަކުން މިއަދު

20 މާރިޗު
ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ
20242 އަހަރު ކުރިން
މީހުން

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!
20233 އަހަރު ކުރިން
ރިޕޯޓު

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި
20224 އަހަރު ކުރިން
ރާއްޖެ

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!
20215 އަހަރު ކުރިން
ރިޕޯޓު

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
20197 އަހަރު ކުރިން
ރާއްޖެ

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު