Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ތިލަފުށީގެ ފޭސް ޓޫ

އޭޝިއާ ސަރަހައްދުގެ "އެންމެ ބޮޑު ޑްރެޖަރ" އާއި އެކު ތިލަފުށީ ފޭސް ދޭއްގެ މަސައްކަތް ބާރަށް ކުރިއަށް

އޭ،ބީ،އީ އަދި އެފް ނިންމާލެވޭނެ ވޭނެ ކަމަށް ލަފާކޮށްފައި ވަނީ 2024ގެ އޭއި ހިސާބުގަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 14 ސެޕްޓެމްބަރު 2023 | ބުރާސްފަތި 14:04
އޭޝިއާ ސަރަހައްދުގެ "އެންމެ ބޮޑު ޑްރެޖަރ" އާއި އެކު ތިލަފުށީ ފޭސް ދޭއްގެ މަސައްކަތް ބާރަށް ކުރިއަށް

އޭޝިއާ ސަރަހައްދުގެ "އެންމެ ބޮޑު ޑްރެޖަރ" އާއި އެކު ތިލަފުށީ ފޭސް ދޭއްގެ މަސައްކަތް ބާރަށް ކުރިއަށް

މާލެ އާއި މާ ދުރުނޫން ހިސާބެއްގައި އޮތް ތިލަފުށީގެ ފޭސް ޓޫ ތަރައްގީކުރަމުން ދަނީ ގިނަ އުންމީދުތަކަކާއި އެކުގައެވެ. ބިންހިއްކައިގެން ތިލަފުށި ތަރައްގީ ކުރުމުގެ މައިގަނޑު މަގްސަދަކީ މާލެ ސަރަހައްދުގެ ރަށްތަކުގެ އިންޑސްޓްރިއަލް ހަބްއަކަށް ތިލަފުށި ބަދަލުކޮށްލުމެވެ. އެ ތަސައްވުރު ފުރިހަމަކޮށްދިނުމަށް ތަފާތު ފުރުސަތުތަށް ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާ އިރު އެ މަޝްރޫޢުގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ. މި މަޝްރޫއުގެ ދަށުން ރާއްޖޭގެ އިންޑަސްޓްރިއަލް މަސައްކަތް އެތައް ހަރުފަތެއް ކުރިއަށް ޖައްސާލުމަކީ އަރބަންކޯގެ އުންމީދެކެވެ.

ތިލަފުށްޓަށް ގެންނަ މި ބޮޑު ބަދަލާއި އެކު މާލެ ސަރަހައްދު ތަރައްގީކުރުމަށް ބޮޑު އެހީއަކަށް ވެގެންދާނެއެވެ. ތިލަފުށީގެ މަސައްކަތް ނިމުމުން މާލެ ސަރަހައްދުން ތިލަފުށްޓައް ބަދަލުކުރުމުން މުޖަތަމައު އަދި ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ވަރަށްބޮޑަށް ކުޑަކުރެވިގެން ދިއުމަކީ މި މަޝްރޫޢު އެހާ މުހިންމުވާ އެއް ސަބަބެވެ.

ދިވެހި ސަރުކާރުގެ ލަފަޔާ އިރުޝާދާއި އެކު އަރބަނކޯއިން ކުރިއަށް ގެންދާ މި މަޝްރޫޢުގެ ތެރެއިން ތިލަފުށި މާސްޓަރ ޕްލޭންގެ ދަށުން ބޮޑެތި ބިންތައް ދޫކުރާނެއެވެ. ހަމައެއާއި އެކު އުމްރާނީ މަސައްކަތްތައް ކުރުމަށް ޖާގަ ހޯދައި ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ތިލަމާލެ ބްރިޖުން ހުޅުމާލެ، މާލެ، ވިލިމާލެ، އަދި ގުޅީފަޅު ތިލަފުށްޓާއި ގުޅުވާލެވުމުން އިގްތިސާދި ގޮތުން އިންގިލާބީ ކުރިއެރުންތަކެއް އައުމަކީ ކުރިމަގަށްޓަކާ ތިލަފުއްޓާއި މެދު ކުރެވޭ ފޮނި އުންމީދެކެވެ.

އޭރިއާ ބީގެ ރިކްލެމޭޝަން ނުވަތަ ބިން ހިއްކުމުގެ މަސައްކަތް ފަށާފައި ވަނީ ބުރާސް ފަތި ދުވަހުގެ 03:00ގައެވެ. މި މަޝްރޫއަކީ އަރބަންކޯ އަދި ޗައިނާ ހާރބަރ އިންޖީނިއަރިންގް ކޮމަޕަނީ ޕްރައިވެޓް ލިމިޓެޑް އާ ގުޅިގެންކުރިއަށްގެންދެވޭ މަޝްރޫއެކެވެ. މި މަސައްކަތަށްޓަކާ ބޭނުން ކުރަމުން އަންނަ ޑްރެޖަރ އަކީ އޭޝިއާގެ އެންމެ ބޮޑު ޓްރެއިލިން ސަކްޝަން ހޮޕަރ ޑްރެޖަރއެވެ. "ޖުން ޔަން 1"ގެ ނަމުން ނަން ދީފައިވާ މި ޑްރެޖަރ އެންމެ ފަހުން ކުރި މަސައްކަތްތަކުގެ ތެރޭގައި މި އަހަރުގެ މެދެއްހާ ހިސާބުގައި ހުއިޒޯ ޕޯޓްގައި ކުރި މަސައްކަތްތައް ފާހަގަކޮށްލެވެއެވެ.

އެ މަސައްކަތާއި ގުޅޭގޮތުން ރާއްޖެ އެމްވީ އަށް މައުލޫމާތު ދެއްވަމުން ޕްރޮޖެކްޓް މެނޭޖަރ ހުސެއިން ހަނާން މުހައްމަދު ވިދާޅުވީ ތިލަފުށި ފޭސް ދޭއްގެ އޭރިއާ ބީގެ މަސައްކަތް ކުރިއަށް ގެންދަނީ ޗައިނާ ހަރބަރ އިންޖިނިއަރިން ކޯޕަރޭޝަންގެ ފަރާތުން ކަމަށެވެ. މިހާރު އޭރިއާ ބީގެ 40 ހެކްޓަރުގެ މަސައްކަތް މޫސުން ތަންދޭ ނަމަ 40 ދުވަސް ތެރޭގައި ނިންމުމަށް މިހާރު އަޒުމު ކަނޑައަޅާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ތަފާތު އޭރިއާތަކަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މަސައްކަތުގެ ތެރެއިން އޭރިއާ ސީ އަދި ޑީ ހިއްކުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އޭރިއާ އޭ، އީ އަދި އެފްގެ މަސައްކަތް ކުރިއަށް އޮތްތަނުގައި ކުރުމަށް ވަނީ ހަމަޖެހިފައެވެ. ބިން ހިއްކުމުގެ މަސައްކަތުގެ ތެރެއިން އޭރިއާ އޭގެ މަސައްކަތަކީ 105 ދުވަހުގެ ތެރޭގައި ކުރުމަށް ކަނޑައަޅާފައިވާ މަސައްކަތަކެވެ. އަދި މި މަރުހަލާ އެއްކޮށް ނިންމާލާ އޭ،ބީ،އީ އަދި އެފް ނިންމާލެވޭނެ ވޭނެ ކަމަށް ލަފާކޮށްފައި ވަނީ 2024ގެ އޭއި ހިސާބުގައެވެ.

24 ގަޑި އިރު މެދު ނުކެނޑި ކުރިއަށް ގެންދާ މި މަސައްކަތް ވެގެންދާނީ ތަފާތު އެތައް ގޮތަކުން މުހިންމު މަސައްކަތަކަށެވެ. އެކަމާއި ގުޅޭ އިތުރު ތަފްސީލްތައް ހިއްސާކުރައްވާ، މި ޕްރެޖްކްޓްގެ، އެސިސްޓެންޓް ޕްރޮޖެކްޓް މެނޭޖަރ އަބްދުލް މުއިއްޒު ހަސަން ވިދާޅުވީ އެ މަސައްކަތް ކުރިއަށް ދާ ސަރަހައްދު ސިނާޢީ ގިނަ މަސައްކަތްތަކަކަށް ޚާއްސަ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މީގެ އިތުރުން ޕަވަރ ޖެނެރޭޓްކުރުމުގެ ޕްރޮޖެކްޓްތަކަށް ވެސް މި ސަރަހައްދު ޚާއްސަ ކުރެވިގެންދާނެއެވެ. ހަމައެއާއި އެކު ޒަމާނީ ފެންވަރަށް މަގުތައް ތަރައްޤީ ކުރުމާއި، ތިލަމާލެ އާއި ހަމައަށް އަންނަ ބްރިޖް ގުޅާލުމަށް ބޭނުންވާ ޕްރޮވިޝަންތައް ވެސް މި މަޝްރޫޢުގެ ތެރެއިން ކޭޓަރކުރެވިގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ. އަރބަންކޯގެ އުންމިދަކީ ވީހާވެސް އަވަހަށް މި މަޝްރޫޢު ނިންމުމެވެ.

މި މަސައްކަތް ކުރަމުންދާ ކުންފުނިން ބުނީ މި މަސައްކަތް ވީހާވެސް ރަނގަޅަށް އިތުބާރާއި އެކު ނިންމާލުމުގެ އުންމީދުގައި ތިބި ކަމަށެވެ. ތިލަފުށީގެ އޭރިއާ ސީ އަދި ޑީގެ މަސައްކަތް މިހާރުވެސް ކުރިއަށް ގެންދަމުންދާއިރު، ބުރާސްފަތި ދުވަހު ފަށާފައި މިވަނީ އޭރިއާ އޭ، ބީ، އީ އަދި އެފް ގެ މަސައްކަތެވެ. އެގޮތުން އޭރިއާ އޭ އިން 71.5 ހެކްޓަރގެ ބިން ހިއްކާނެއެވެ. އަދި އޭރިއާ ބީ އިން 39.6 ހެކްޓަރގެ ބިން ހިއްކާނެއެވެ. އަދި އޭރިއާ އީ އިން 5.9 ހެކްޓަރގެ އިތުރުން އޭރިއާ އެފް އިން 0.73 ހެކްޓަރ ހިއްކިގެން ދާނެއެވެ.

އަރބަންކޯ

ކޮމެންޓް

އިތުރަށް ކިޔާލަން

ހިޔާ ފްލެޓް ތަކުގައި ލިފްޓް ހަރުކުރަން 278 މިލިއަން ރުފިޔާ ޚަރަދު ކުރާކަން ހާމަ ވެއްޖެ

ހިޔާ ފްލެޓް ތަކުގައި ލިފްޓް ހަރުކުރަން 278 މިލިއަން ރުފިޔާ ޚަރަދު ކުރާކަން ހާމަ ވެއްޖެ

04 ޑިސެމްބަރު 2024
ތިލަފުށީގެ ޝޯ ލައިނުން ދޫކޮށްފައިވާ ބިންތަކުގައި ކުރަމުންދާ މަސައްކަތް ހުއްޓުވާތީ އެމްޑީޕީން އެކަން ކުށްވެރިކޮށްފި

ތިލަފުށީގެ ޝޯ ލައިނުން ދޫކޮށްފައިވާ ބިންތަކުގައި ކުރަމުންދާ މަސައްކަތް ހުއްޓުވާތީ އެމްޑީޕީން އެކަން ކުށްވެރިކޮށްފި

11 ޖެނުއަރީ 2024
ޤައުމީ މުބާރާތްވެސް ސިފައިން ކާމިޔާބުކޮށްފި

ޤައުމީ މުބާރާތްވެސް ސިފައިން ކާމިޔާބުކޮށްފި

10 ޖެނުއަރީ 2024
ބިން ހިއްކާތީ ހުޅުމާލޭގެ ފަޅުތެރޭގައި އަޅާފައި ހުރި ކާގޯ އުޅަނދުތައް ނެގުމަށް އަންގައިފި

ބިން ހިއްކާތީ ހުޅުމާލޭގެ ފަޅުތެރޭގައި އަޅާފައި ހުރި ކާގޯ އުޅަނދުތައް ނެގުމަށް އަންގައިފި

03 ޖެނުއަރީ 2024
ހުޅުމާލޭ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް އަނެއްކާވެސް ފަށައިފި

ހުޅުމާލޭ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް އަނެއްކާވެސް ފަށައިފި

30 ޑިސެމްބަރު 2023

އަހަރުތަކުން މިއަދު

27 މާރިޗު
ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި
20242 އަހަރު ކުރިން
ރާއްޖެ

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް
20224 އަހަރު ކުރިން
ރާއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު
20197 އަހަރު ކުރިން
ރާއްޖެ

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟
20188 އަހަރު ކުރިން
ތަފާތު ޚަބަރު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު