Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމޯލްޑިވްސް ސްޕޯރޓްސް އެވޯޑްސް2022

ހައްވާ އީޝަލް ރިޔާޒު: ބެޑްމިންޓަންގެ ފުރަތަމަ ޕެރަލިމްޕިކް މެޑަލް ރާއްޖެއަށް ހޯދައިދިނުމުގެ އުއްމީދުގައި

އީޝަލްއަށް އޮތް ޗެލެންޖަކީ ޕާޓްނަރެއް ނެތުން

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 22 މާރިޗު 2022 | އަންގާރަ 02:53
ރައީސުލްޖުމްހޫރިއްޔާ އީޝަލްއަށް އެންމެ މޮޅު އެތްލީޓްގެ އެވޯޑް ހަވާލުކޮށްދެއްވަނީ

ރައީސުލްޖުމްހޫރިއްޔާ އީޝަލްއަށް އެންމެ މޮޅު އެތްލީޓްގެ އެވޯޑް ހަވާލުކޮށްދެއްވަނީ

ހައްވާ އީޝަލް ރިޔާޒުއަކީ ކުޅިވަރު އާއިލާއަށް މިހާރު ފަރިތަ ނަމެކެވެ. އީޝަލްގެ މަސައްކަތާއި, އޭނާގެ މައިންބަފައިންގެ ސަޕޯޓްގެ ސަބަބުންނެވެ. ކުޅިވަރުގައި ކުރިއަށްދާން ގަދައަޅާ ކުރާ ހިތްވަރުގެ ސަބަބުންނެވެ. އެންމެ ފަހުން ނިމުނު މޯލްޑިވްސް ސްޕޯރޓްސް އެވޯޑްސް 2022 ގައިވެސް އީޝަލްގެ ނަން ގުގުމާލިއެވެ. އެއީ ފުރަތަމަ ފަހަރަށް ރާއްޖޭގައި ސްޕެޝަލް އޮލިމްޕިކްސްގެ ހަރަކާތަށް ސަމާލުކަން ދީގެން ދިން އެވޯޑްގައި އޭނާގެ ނަން އިވުމުންނެވެ.

ސްޕެޝަލީ އޭބަލްސްޑް އެންމެ މޮޅު އަންހެން އެތްލީޓްގެ ގޮތުގައި 500 އަށްވުރެ ގިނަ މީހުން ހާޒިރުވެތިބި ހަފްލާގައި އިވިގެންދިޔައީ އީޝަލްގެ ނަމެވެ. އެކަމަކު އެކަންވީ އީޝަލްއަށް ސަޕްރައިޒަކަށެވެ.

އީޝަލް ފުރިހަމައަށް ޤަބޫލުކުރަނީ މިއެވޯޑަކީ އޭނާ އިތުރަށް މޯޓިވޭޓްވާނެ އެވޯޑެއްކަމަށެވެ. އަދި އޭނާފަދަ ސްޕެޝަލް ކެޓަގަރީތަކުގައި ވާދަކުރާ އެހެން އެތްލީޓުންނަށްވެސް ލިބޭނެ ހިތްވަރެއްކަމަށެވެ. އެއެވޯޑް ހޯދަން އޭނާއާ އޭނާފަދަ އެހެން އެތްލީޓުންވެސް މަސައްކަތްކުރާނެކަން އީޝަލް ފާހަގަކުރިއެވެ.

ސްޕެޝަލީ އޭބަލްޑް އެންމެ މޮޅު އެތްލީޓް ހޮވަން ފެށުން އަދި އެއެވޯޑް އީޝަލްއަށް ލިބުމަކީ އީޝަލްގެ "ޑްރީމް" ހާޞިލްކުރަންވެސް ލިބުނު އިތުރު ބާރެކެވެ. އޭނާގެ އަޒުމެއް އެބައޮތެވެ. މަސައްކަތްކުރަނީ އުއްމީދަކާއެކުއެވެ.

އެހުވަފެން ހާޞިލްކުރަން މަސައްކަތްކުރާއިރު އީޝަލްއަށް އޮތް ހިތްހަމަޖެހުމަކީ ފުރުޞަތުތައް ލިބުމެވެ. އޭނާ ކުޅެން ފެށިއިރަށްވުރެސް މިހާރު ލިބޭ ފުރުޞަތުތައް ގިނައެވެ. އަދި އޭނާ ކުރިއަށްދަނީ ގިނަ ބައެއްގެ އެހީތެރިކަމާއެކުއެވެ. މޯލްޑިވްސް ޕްރަލިމްޕިކްސް ކޮމިޓީއާއި, ބެޑްމިންޓަން އެސޯސިއޭޝަންގެ އެހީތެރިކަން ލިބެއެވެ. ކޯޗުންގެ ސަޕޯރޓް ވަކިން ފާހަގަކުރިއެވެ. އެކަމަކު އިތުރު ސަޕޯޓާ އެހީ އީޝަލް ބޭނުންވެއެވެ. ޓްރެއިނިންގއަށް ބޭނުންވާ އިތުރު ވަޞީލަތްތަކަށް އިތުރު ސަޕޯޓެއް ލިބޭނަމަ ކުރިއަށް ދިއުމަށް އީޝަލްއަށް އެއީ އިތުރު ބާރެކެވެ.

ޖިމްއަށް އަހަރެއްގެ މައްޗަށް އީޝަލް 36000 ރުފިޔާ ދައްކަން ޖެހެއެވެ. ޕާސަނަލް ޓްރެއިނަރެއްގެ އެހީ ހޯދައިގެން ނޫނީ އެކަން ވާކަށް ނެތެވެ. އެއީ އީޝަލްގެ މައިންބަފައިންނަށްވެސް އޮތް ގޮންޖެހުމެކެވެ. އެފަދަ ކަންކަމުގައި ސްޕޮންސަރުންގެ އެހީތެރިކަން ލިބުމަކީ އީޝަލް ފަދަ އެތްލީޓުން ކުރިއަށްގެންދިއުމަށް މައިންބަފައިން ކުރާ މަސައްކަތަށް އެހެން މީހުންނަށް ދެވޭނެ ލުޔެކެވެ. ކާމިޔާބީއަށް އަޅައިދެވޭނެ ބާރެކެވެ.

މީގެއިތުރުން އީޝަލްއަށް އޮތް ޗެލެންޖަކީ ޕްރެކްޓިސް ކުރުމުގައި ޕާޓްނަރެއް ނެތުމެވެ. ޕްރެކްޓިސް ކުރަމުން ދަނީ ނޯމަލް ކެޓަގަރީގެ ކުޅުންތެރިންނާއެކުއެވެ. އެކަމަކު މުބާރާތުގައި ވާދަކުރަން ޖެހެނީ އޭނާފަދަ އެހެން ކުދިންނާއެވެ. އެއީ ވަރަށްބޮޑު ޗެލެންޖެކެވެ. އެކަމަކު އީޝަލް ހުރީ އެޗެލެންޖުވެސް ގިރާކުރާށެވެ. ބެޑްމިންޓަންއިން ރާއްޖެއަށް މެޑަލް ގެނެސްދޭ ފުރަތަމަ ޕެރަލިމްޕިކްސްގެ އެތުލީޓަށް ވުމުގެ އުއްމީދުގައެވެ.

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްޕެރަލިމްޕިކް ގޭމްސް

އިތުރަށް ކިޔާލަން

01 މެއި 2025

ބެޑްމިންޓަން އެސޯސިއޭޝަންގެ ޤައުމީ ހައިސިއްޔަތު ނަގައި، ސަސްޕެންޑު ކޮށްފި

01 މެއި 2025
ބެޑްމިންޓަން އެސޯސިއޭޝަންގެ ޤައުމީ ހައިސިއްޔަތު ނަގައި، ސަސްޕެންޑު ކޮށްފި
22 މާރިޗު 2024

އޭސީސީ ވަނުމުން ބެޑްމިންޓަން އިންތިހާބު ހުއްޓާލައިފި

22 މާރިޗު 2024
އޭސީސީ ވަނުމުން ބެޑްމިންޓަން އިންތިހާބު ހުއްޓާލައިފި
21 މާރިޗު 2024

އޭސީސީން ވެސް އެންގީ ބެޑްމިންޓަން އިންތިޚާބު މަޑު ޖައްސާލުމަށް

21 މާރިޗު 2024
އޭސީސީން ވެސް އެންގީ ބެޑްމިންޓަން އިންތިޚާބު މަޑު ޖައްސާލުމަށް
19 މާރިޗު 2024

ބެޑްމިންޓަން އެސޯސިއޭޝަނާ ގުޅޭ ކޮރަޕްޝަންގެ ތުހުމަތުތަކެއް އޭސީސީން ތަހުގީގުކުރަނީ

19 މާރިޗު 2024
ބެޑްމިންޓަން އެސޯސިއޭޝަނާ ގުޅޭ ކޮރަޕްޝަންގެ ތުހުމަތުތަކެއް އޭސީސީން ތަހުގީގުކުރަނީ
19 މާރިޗު 2024

ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސްކަމަށް ވާދަކުރަނީ އަޖުފާން އަދި އިޝްފާން

19 މާރިޗު 2024
ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސްކަމަށް ވާދަކުރަނީ އަޖުފާން އަދި އިޝްފާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު