Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮރެއާ ޔޫތު ކޭމްޕު

ކޮރެއާ ޔޫތު ކޭމްޕުގައި ބައިވެރިވުމަށް ރާއްޖޭގެ އީޝަލް އާއި ނަޒާހާ ކޮރެއާ އަށް

ރާއްޖެ އިން ބައިވެރިވާނީ އީޝަލް އާއި ނަޒާހާ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 6 ނޮވެމްބަރު 2022 | އާދީއްތަ 09:26
އީޝަލް އާއި ނަޒާހާ އަށް ޖާޒީ ހަވާލުކުރުމުގެ ތެރެއިން

އީޝަލް އާއި ނަޒާހާ އަށް ޖާޒީ ހަވާލުކުރުމުގެ ތެރެއިން

ކޮރެއާގައި އޮންނަ ކޭޕީސީ ޔޫތު ޕަރާ ސްޕޯޓްސް ކޭމްޕް 2022 ގައި ބައިވެރިވުމަށް ރާއްޖޭގެ ޙައްވާ އީޝަލް ރިޔާޒު އާއި އައިޝަތު ނަޒާހާ ޒަބީހް ކޮރެއާ އަށް ދިޔުމަށް ހަމަޖެހިއްޖެއެވެ.

މި މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން 17 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ކޭމްޕުގައި ބައިވެރިވުމަށް މިއީ ރާއްޖެ އަށް ފުރުސަތު ލިބުނި ފުރަތަމަ ފަހަރެވެ. ރާއްޖެ އިން ބައިވެރިވާ ދެ އެތުލީޓުންނަށް އާދިއްތަ ދުވަހު ވަނީ ޖާޒީ ހަވާލުކޮށްފައެވެ. އެތުލީޓުންނަށް ޖާޒީ ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް މުޙައްމަދު ނާޞިޙް ރަޝީދުއެވެ.

އެތުލީޓުންނަށް ޖާޒީ ހަވާލުކޮށްދެއްވުމަށްފަހު ސްޓޭޓް މިނިސްޓަރު ނާޞިޙް ވިދާޅުވީ ދިވެހިރާއްޖެ ތަމްސީލުކުރުމަށް އެތުލީޓުން ކުރާ މަސައްކަތާ މެދު އުފާކުރައްވާ ކަމަށެވެ. ނާޞިޙް ވިދާޅުވީ މިއީ ރާއްޖެ އިން އަލަށް ކުރާ ކަމެއް ނޫން ކަމަށާއި، މީގެ ކުރިން ވެސް ރާއްޖެ ތަމްސީލުކޮށްފައިވާ ކަމަށެވެ. އަދި ރާއްޖެ ތަމްސީލުކުރުމުގައި ބޭރުގެ ޤައުމުތަކުގެ ފަރާތުން ލިބެނީ ރަނގަޅު ކޮމެންޓުތަކެއް ކަމަށް ވެސް ނާޞިޙް ވިދާޅުވިއެވެ. މީގެ އިތުރުން ނާޞިޙް ވަނީ އީޝަލް އާއި ނަޒާހާ އަށް ކާމިޔާބަށް އެދިވަޑައިގެންފައެވެ.

މި ކޭމްޕާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އީޝަލް ބުނީ މިފަދަ ފުރުސަތުތަކެއް ލިބުމަކީ ޝުކުރުވެރިވާ ކަމެއް ކަމަށެވެ. އީޝަލް ބުނީ ޕެރަލިމްޕިކް އެސޯސިއޭޝަން އާއި ޔޫތު މިނިސްޓްރީން މިކަހަލަ ފުރުސަތުތަކެއް ހޯދައިދީ، ވަމުންދާ އެހީތެރިކަމަށް ޝުކުރު އަދާ ކުރާ ކަމަށެވެ. މީގެ އިތުރުން އީޝަލް ވަނީ އެހެން ކުދިންނަށް ވެސް މެސެޖެއް ދީފައެވެ. އީޝަލް ބުނީ މިހާރު ރާއްޖޭގައި ވެސް ވަރަށް ބައިވަރު ފުރުސަތުތަކެއް އޮތް ކަމަށާއި، ޚާއްސަކޮށް ޕެރަލިމްޕިކްގެ އެކި އެކި ކުޅިވަރު ކެޓަގަރީތަކުން ފުރުސަތު އޮތް ކަމަށެވެ.

މީގެ އިތުރުން މި ކޭމްޕްގައި ބައިވެރިވާ ނަޒާހާ ބުނީ ފުރަތަމަ މިކަމުގެ ތެރެއަށް ވަދެ، ކުރިމަތިލާން އުނދަގޫތަކެއްވި ކަމަށެވެ. ނަޒާހާ ފާހަގަ ކުރި ގޮތުގައި މިކަމުގެ ތެރެއަށް ނުކުތުމަށް އެންމެ ބޮޑު ސަޕޯޓާއި ހިތްވަރެއް ލިބުނީ އީޝަލްގެ ފަރާތުންނެވެ. ނަޒާހާ އިތުރަށް ބުނީ މިހާރު މުޖުތަމުގައި ކުދިންނަށް ގިނަ ފުރުސަތުތަކެއް ލިބެމުން އަންނާތީ އުފާ ކުރާ ކަމަށެވެ. ނަޒާހާ ވެސް ވަނީ ކޮންމެ ކުއްޖަކަށް ވެސް ފުރުސަތު އޮތްކަން ފާހަގަކޮށް ކުރިއަރައިގެން ދެވޭނެ ކަމަށް ބުނެފައެވެ.

މި ކޭމްޕުގައި ބައިވެރިވާ އީޝަލް އާއި ނަޒާހާގެ މެނޭޖަރެއްގެ ގޮތުގައި ހަރަކާތްތެރިވާނީ އައިމިނަތު އަލީއެވެ. ރާއްޖެއިން މިހާރު އަންނަނީ މިފަދަ ކުދިންނަށް ގިނަ ފުރުސަތުތަކެއް ހޯދައި ދިނުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ޔޫތު މިނިސްޓްރީޕެރަލިމްޕިކް ގޭމްސް

އިތުރަށް ކިޔާލަން

02 ޑިސެމްބަރު 2025

ޕީއެސްއެމްގެ ކުރީގެ އެމްޑީ ނަސްރީން ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް

02 ޑިސެމްބަރު 2025
ޕީއެސްއެމްގެ ކުރީގެ އެމްޑީ ނަސްރީން ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް
29 ނޮވެމްބަރު 2025

އަނެއްކާވެސް ޔޫތު މިނިސްޓްރީ އަށް ޑެޕިއުޓީ މިނިސްޓަރަކު އައްޔަނު ކޮށްފި

29 ނޮވެމްބަރު 2025
އަނެއްކާވެސް ޔޫތު މިނިސްޓްރީ އަށް ޑެޕިއުޓީ މިނިސްޓަރަކު އައްޔަނު ކޮށްފި
29 އޮކްޓޯބަރު 2025

ސަރުކާރުން ސްޕޮންސަރ ދޭ މީޑިއާ ތައް ކަނޑައަޅައިފި، އެންމެ ގިނަ ލާރި ލިބެނީ އެ ފައިސާ ދޫކުރާ މިނިސްޓަރުގެ ޓީވީ އަށް

29 އޮކްޓޯބަރު 2025
ސަރުކާރުން ސްޕޮންސަރ ދޭ މީޑިއާ ތައް ކަނޑައަޅައިފި، އެންމެ ގިނަ ލާރި ލިބެނީ އެ ފައިސާ ދޫކުރާ މިނިސްޓަރުގެ ޓީވީ އަށް
06 އޯގަސްޓު 2025

ވެރިކަމަށް އަންނަތާ 3 މަސް ތެރޭ ނިންމަން ވައުދުވި ކުނަހަންދޫ ފުޓުސަލް ދަނޑުގެ މަސައްކަތް ހުއްޓިފަ

06 އޯގަސްޓު 2025
ވެރިކަމަށް އަންނަތާ 3 މަސް ތެރޭ ނިންމަން ވައުދުވި ކުނަހަންދޫ ފުޓުސަލް ދަނޑުގެ މަސައްކަތް ހުއްޓިފަ
03 ޖެނުއަރީ 2024

ޒުވާނުންނާ ގުޅޭ ކަންކަމުގައި ރައީސަށް ލަފާދޭ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި

03 ޖެނުއަރީ 2024
ޒުވާނުންނާ ގުޅޭ ކަންކަމުގައި ރައީސަށް ލަފާދޭ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި
30 ޑިސެމްބަރު 2023

ފާޑުކިޔުންތައް ބޮޑުވެފައި ވަނިކޮށް، އާ އަހަރަށް ޚާއްސަކޮށް ބާއްވަން އުޅުނު ފެސްޓިވަލް ފަސްކޮށްފި

30 ޑިސެމްބަރު 2023
ފާޑުކިޔުންތައް ބޮޑުވެފައި ވަނިކޮށް، އާ އަހަރަށް ޚާއްސަކޮށް ބާއްވަން އުޅުނު ފެސްޓިވަލް ފަސްކޮށްފި
28 ޑިސެމްބަރު 2023

އާ އަހަރަށް ޚާއްސަކޮށް، ފެސްޓިވަލެއް ބާއްވަނީ

28 ޑިސެމްބަރު 2023
އާ އަހަރަށް ޚާއްސަކޮށް، ފެސްޓިވަލެއް ބާއްވަނީ
12 އޮކްޓޯބަރު 2023

ޒުވާނުންގެ އެވޯޑް ދިނުން ފަސްކޮށްފި

12 އޮކްޓޯބަރު 2023
ޒުވާނުންގެ އެވޯޑް ދިނުން ފަސްކޮށްފި
10 އޮކްޓޯބަރު 2023

ޕެރަލިމްޕިކްސްގެ ޓިކެޓް ލޯންޗްކުރުމަށް ފްރާންސްގެ ރައީސް މެކްރޮން ވީލްޗެއާ ބާސްކެޓު ކުޅުއްވައިފި

10 އޮކްޓޯބަރު 2023
ޕެރަލިމްޕިކްސްގެ ޓިކެޓް ލޯންޗްކުރުމަށް ފްރާންސްގެ ރައީސް މެކްރޮން ވީލްޗެއާ ބާސްކެޓު ކުޅުއްވައިފި
14 ސެޕްޓެމްބަރު 2023

ރާއްޖޭގައި ޕެރަ ސުވިމިންގ ރަސްމީކޮށް އިފްތިތާޙުކޮށްފި

14 ސެޕްޓެމްބަރު 2023
ރާއްޖޭގައި ޕެރަ ސުވިމިންގ ރަސްމީކޮށް އިފްތިތާޙުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު