Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މޮރޮކޯ ބިންހެލުން

މޮރޮކޯ ބިންހެލުން: "ގެތަށް ހެލޭ މަންޒަރު ފެނުނު... ހީވީ ބިރުވެރި ހުވަފެނެއްގެ ތެރޭގައި އުޅެވޭހެން"

މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރި ވާ ޓީމުތަކުން ދަނީ، ދިރި ތިބި މީހުން ހޯދާ ސަލާމަތް ކުރެވޭތޯ އަދިވެސް މަސައްކަތް ކުރަމުން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 14 ސެޕްޓެމްބަރު 2023 | ބުރާސްފަތި 06:08
މޮރޮކޯގެ މަރަކޭޝްގެ ރައްޔިތުން ބިންހެލުމުގެ ބިރުވެރިކަމުގެ ތެރޭގައި

މޮރޮކޯގެ މަރަކޭޝްގެ ރައްޔިތުން ބިންހެލުމުގެ ބިރުވެރިކަމުގެ ތެރޭގައި

އެއީ ސެޕްޓެމްބަރު 8 ވީ ހުކުރު ދުވަހުގެ ރޭގަނޑުގެ ވަޤުތެވެ. އުތުރު އެފްރިކާގެ މަޣްރިބް ސަރަޙައްދުގައި އޮންނަ ކިންގްޑަމް އޮފް މޮރޮކޯ ސިއްސުވާލީ ބާރުގަދަ ބިންހެލުމެއްގެ ހެލިގަތުމުންނެވެ. މޮރޮކޯގެ ތާރީޚީ ސިޓީއެއް ކަމަށް ވާ މަރަކީޝްގެ ރަށްވެހިންގެ ލޯ ކުރިމަތީގައި އަދިވެސް އެ މަންޒަރުތައް ސިފަވެއެވެ. ރެކްޓަރ މިންގަނޑުން 7.0ގެ ބާރު މިނުގައި އެ ވަރުގަދަ ބިންހެލުމުން ގެނުވި ނުތަނަވަސްކަން، ހިނދު ކޮޅަކަށް ނަމަވެސް ފިލާ ނުދެއެވެ. 

ސެޕްޓެމްބަރ 9 ވީ ހޮނިހިރު ދުވަހު، މޮރޮކޯގެ ދާޚިލީ ވުޒާރާއިން އާންމު ކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، ބިންހެލުމުގެ ކާރިޘާގައި މަރުވި މީހުންގެ ޢަދަދު ވަނީ 2000 އަށް ވުރެ މައްޗަށް އަރާފައެވެ. ޒަޚަމްވީ މީހުންގެ ޢަދަދުވެސް 2000 އިން މަތީގައި އުޅޭއިރު، 1400 އަށް ވުރެ ގިނަ މީހުން އޮތީ ކުރިޓިކަލް ހާލެއްގައެވެ. 

ބިންހެލުމުގެ އެޕިސެންޓަރ ނުވަތަ ބިންހެލުން އުފެދިގެން އައި ސަރަޙައްދު އޮންނަނީ އަލް ހާއޫޒް ޕްރޮވިންސްގެ އިޣީލް އަވަށާ ކައިރީގައެވެ. އެއީ ތާރީޚާއި ތަރިކައާއި ސައެންސާއި ޘަޤާފަތާ ބެހޭ އދގެ އިދާރާ (ޔުނެސްކޯ)އިން ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމަނާފައިވާ މަރަކީޝްގެ ހުޅަނގު ދެކުނުން އެންމެ 70 ވަރަކަށް ކިލޯމީޓަރު ދުރެވެ.

މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރި ވާ ޓީމުތަކުން ދަނީ، ދިރި ތިބި މީހުން ހޯދާ ސަލާމަތް ކުރެވޭތޯ އަދިވެސް މަސައްކަތް ކުރަމުންނެވެ.

ޗައިނާގެ ރެޑްކްރޮސް ސޮސައިޓީ (އާރްސީއެސްސީ)އިން ހޮނިހިރު ދުވަހު ވަނީ މޮރޮކޯގެ ރެޑް ކްރެސެންޓަށް، ނަގުދު ފައިސާގެ ގޮތުގައި 2 ލައްކަ އެމެރިކާ ޑޮލަރު ދޭނެ ކަމަށް ބުނެފައެވެ. އެއީ ރެސްކިއު އޮޕަރޭޝަންތަކަށް ބޭނުންވާ ކުއްލި ހާލަތުގެ އިންސާނީ އެހީގެ ގޮތުގައި ފޯރުކޮށްދޭ އެހީއެވެ. ވީ ވަރަކުން، ކުރިއަށް އޮތް ތަނުގައި އަދިވެސް އިތުރު އެހީތައް ދެމުން ދާނެ ކަމަށް އާރްސީއެސްސީއިން ވަނީ ބުނެފައެވެ. 

އާދީއްތަ ދުވަހުގެ ހެނދުނަށް އަލިވިލުނުއިރުވެސް މަރަކީޝްގެ ގިނަ ބަޔަކު ތިބީ މަގުމަތީގައެވެ. ބިންހެލުމަށް ފަހު ދެ ރޭ ފާއިތުވެގެން ދިޔައީ އެގޮތުގައެވެ. މިއީ މިދިޔަ ބައި ޤަރުނެއްހާ ދުވަހުގެ ތެރޭގައި އެ ސަރަޙައްދަށް ކުރިމަތިވި އެންމެ ގެއްލުންދެނިވި ބިންހެލުމުގެ ކާރިޘާއެވެ.

މޮރޮކޯމޮރޮކޯ ބިންހެލުންދުނިޔެ

ކޮމެންޓް

އިތުރަށް ކިޔާލަން

ސަލާ އާއި އޮސިމްހޭން ފަހަތަށް ޖައްސާލުމަށްފަހު، އެފްރިކާގެ މޮޅު ކުޅުންތެރިޔަކަށް ހަކީމީ

ސަލާ އާއި އޮސިމްހޭން ފަހަތަށް ޖައްސާލުމަށްފަހު، އެފްރިކާގެ މޮޅު ކުޅުންތެރިޔަކަށް ހަކީމީ

20 ނޮވެމްބަރު 2025
ޒުވާން މެމްބަރު ފާޠިމާ، އޮސްޓްރޭލިއާގެ މަޖިލީހާއި ސަރުކާރު ގުޑުވާލީ ކީއްވެ؟

ޒުވާން މެމްބަރު ފާޠިމާ، އޮސްޓްރޭލިއާގެ މަޖިލީހާއި ސަރުކާރު ގުޑުވާލީ ކީއްވެ؟

07 ޖުލައި 2024
ހިޒްބުﷲއާއި އިޒްރޭލުގެ ކޯޅުން: އޮބާލެވޭ އެންމެ ނުބައި ފިތަކުންވެސް ވަރުގަދަ ހަނގުރާމައެއް!

ހިޒްބުﷲއާއި އިޒްރޭލުގެ ކޯޅުން: އޮބާލެވޭ އެންމެ ނުބައި ފިތަކުންވެސް ވަރުގަދަ ހަނގުރާމައެއް!

02 ޖުލައި 2024
މެނިންގޯކޮކަލް ބައްޔަކީ ކޮބާ؟

މެނިންގޯކޮކަލް ބައްޔަކީ ކޮބާ؟

25 ޖޫން 2024
ޣައްޒާގައި ހިންގާ ޤަތުލުއާންމުގެ ހަވާސާގައި އިޒްރޭލުގެ ނިރުބަވެރިންނާއި ހިޒްބުﷲ ހަނގުރާމައަކަށް؟

ޣައްޒާގައި ހިންގާ ޤަތުލުއާންމުގެ ހަވާސާގައި އިޒްރޭލުގެ ނިރުބަވެރިންނާއި ހިޒްބުﷲ ހަނގުރާމައަކަށް؟

22 ޖޫން 2024

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު