Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބޭބެ މަރާލި މައްސަލަ

ބޭބެ މަރާލި މައްސަލައިގައި އިއުތިރާފުވި ކޮއްކޮ 12 އަހަރަށް ޖަލަށް

ކައްފާރާ އަދާކުރުމުގެ ގޮތުން ޖެހިޖެހިގެން 60 ދުވަހު ރޯދަ ހިދުމަށްވެސް ގާޒީ ވަނީ އަމުރުކުރައްވާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 13 ސެޕްޓެމްބަރު 2023 | ބުދަ 05:45
ކްރިމިނަލް ކޯޓު

ކްރިމިނަލް ކޯޓު

އައްޑޫ ސިޓީ މަރަދޫފޭދޫގައި ހިންގި މާރާމާރީގައި އަމިއްލަ ބޭބެ މަރާލި މައްސަލައިގައި ސ މަރަދޫފޭދޫ ބްލޫސްޓަރ ހުސައިން މަވާޒުގެ މައްޗަށް އުފުލާފައިވާ އެނހިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ ސާބިތުވެ، އޭނާ 12 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފިއެވެ.

މި މައްސަލައިގައި 31 އޯގަސްޓު 2023ގައި ބޭއްވި އަޑުއެހުމުގައި އޭނާ ވަނީ ކަން ހިނގާދިޔަ ގޮތް ރޮމުންޝަރީއަތުގައިކިޔާދީ، ތަހުގީގުގައި ވެފައިވާ އިއުތިރާފު ދަމަހައްޓާފައެވެ. ބޭބެއާ ދެމެދު ހިނގި މާރާމާރީއެއްގައި އޭނާ ބޭބެއަށް ޙަމަލާދިނީ 3 އިންޗި ބައިގެ ތިލައެއް ހުރި ކަތުރަކުންކަމަށާއި، ޙަމަލާ އަމާޒުވީ ބޭބެގެ ވާއަތު ކަރާއި ދިމާލުން ތިރިއަށް މެއަށްކަމަށް އޭނާ ބުންޏެވެ.

ގާޒީ ވަނީ އޭނާ ވެފައިވާ އިއުތިރާފަކީ ސައްޙަ އިއުތިރާފެއްކަމަށް ކަނޑައަޅުއްވާފައެވެ. އަދި އޭނާގެ މައްޗަށް ކޮށްފައިވާ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ ސާބިތުވާކަމަށް ގާޒީ އެ ދުވަހު ވަނީ ނިންމަވާފައެވެ.

ދައުލަތުން ވަނީ މި މައްސަލައިގައި އޭނާއާއެކު ވެފައިވާ އިއުތިރާފު އެއްބަސްވުމެއް ކޯޓަށް ހުށައަޅާފައެވެ. އެގޮތުން އިއުތިރާފު އެއްބަސްވުން ބަލައިގަންނަ ޙާލަތުގައި އޭނާގެ މައްޗަށް އަންނާނީ 12 އަހަރާއި 6 މަސް ދުވަހުގެ ޖަލު ޙުކުމެއްކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.  

ބުދަ ދުވަހުގެ އަޑުއެހުމުގައި ދިފާއުން ވަނީ ދައުލަތާއިއެކު ވެފައިވާ އިއުތިރާފު އެއްބަސްވުމާއެކު ކުރިއަށްދާން ބޭނުންވާކަމަށް ބުނެފައެވެ.

ޙުކުމް ކުރައްވަމުން އެކޯޓުގެ އިސްގާޒީ އާދަމް މުޙައްމަދު ވިދާޅުވީ، އޭނާގެ އިއުތިރާފަކީ ފުރިހަމަ އަދި ސައްޙަ އިއުތިރާފެއްކަމަށް ޝަރީއަތަށް ޤަބޫލު ކުރެވޭ ކަމަށެވެ.

އިސްގާޒީ ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ އެނގިހުރި މީހަކު މެރުމުގެ ކުށުގެ ދައުވާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާކަމަށް ނިންމަވައި، ދައުލަތާއެކު ދިފާއުން ވެފައިވާ އިއުތިރާފު އެއްބަސްވުން ބަލައިގަތުމަށް ނިންމަވާފައެވެ.

ވުމާއެކު، އެ އެއްބަސްވުމުގައިވާ ގޮތުގެ މަތިން 12 އަހަރާއި 6 މަސް ދުވަހުގެ ޖަލު ޙުކުމެއް އިސްގާޒީ އާދަމް ވަނީ އޭނާގެ މައްޗަށް އިއްވަވާފައެވެ. އޭނާ ބަންދުގައި ހުރި މުއްދަތު (74 ދުވަސް) ޙުކުމުން އުނިކުރުމުން ދެން އަންނަ އަދަބަކީ 12 އަހަރާއި 3 މަހާއި 16 ދުވަހުގެ ޖަލު ޙުކުމެކެވެ.

އަދި ކައްފާރާ އަދާކުރުމުގެ ގޮތުން ޖެހިޖެހިގެން 60 ދުވަހު ރޯދަ ހިދުމަށްވެސް ގާޒީ ވަނީ އަމުރުކުރައްވާފައެވެ.

ކްރިމިނަލް ކޯޓް

އިތުރަށް ކިޔާލަން

16 ޑިސެމްބަރު 2025

ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

16 ޑިސެމްބަރު 2025
ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ
16 ޑިސެމްބަރު 2025

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި
13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު