Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބޭބެ މަރާލި މައްސަލަ

ބޭބެ މަރާލި ގޮތް ކޮއްކޮގެ ދުލުން: "ޙަަމަލާދިނީ 3 އިންޗި ބައިގެ ތިލައެއް ހުރި ކަތުރަކުން"

ގާޒީ ވަނީ އޭނާ ވެފައިވާ އިއުތިރާފަކީ ސައްޙަ އިއުތިރާފެއްކަމަށް ކަނޑައަޅުއްވާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 31 އޯގަސްޓު 2023 | ބުރާސްފަތި 05:12
ކްރިމިނަލް ކޯޓް

ކްރިމިނަލް ކޯޓް

އައްޑޫ ސިޓީ މަރަދޫފޭދޫގައި ހިންގި މާރާމާރީގައި އަމިއްލަ ބޭބެ މަރާލި މައްސަލައިގައި ސ މަރަދޫފޭދޫ ބްލޫސްޓަރ ހުސައިން މަވާޒުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި ދައުލަތުން ވަނީ ދައުވާ އިއްވައި ދައުވާ ސާފު ކޮށްދީފައެވެ. ބުރާސްފަތި ދުވަހު ކުރިއަށް ގެންގޮސްފައިވަނީ ދައުވާއަށް ޖަވާބުދާރީވުމެވެ.

Advertisement - newsAdvertisement

މި އަޑުއެހުމުގައި ވާހަަކަ ދައްކަމުން އޭނާ ބުނީ، އޭނާ ދައުވާއަށް އިއުތިރާފުވާ ކަމަށާއި، އެދެނީ ވީހާވެސް ލުއި އަދަބެއް ދިނުމަށް ކަމަށެވެ.

އޭނާ ކުރިއަށްދާން ބޭނުންވަނީ ތަހުގީގުގައި ދީފައިވާ އިއުތިރާފު ބަޔާނާ އެއްގޮތަށް ކަމަށާއި، އެ ވާހަކަތައް މިހާރު ދައްކަން އުނދަގޫކަމަށްވެސް އޭނާ ބުންޏެވެ.

އޭނާގެ މައްޗަށް ކޮށްފައިވަނީ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

ގާޒީ ވަނީ އޭނާގެ އިއުތިރާފަކީ ސައްޚަ އިއުތިރާފެއްތޯ ކަށަވަރު ކުރުމަށް ކުރައްވަންޖެހޭ ސުވާލުތައް ކުރައްވާފައެވެ.

 އެ ސުވާލުތަކުގެ ޖަވާބުގައި އޭނާ ވަނީ ކަން ހިނގާދިޔަ ގޮތް ރޮމުން ޝަރީއަތުގައި ކިޔާދީފައެވެ.

އޭނާ ބުނީ، މި ޙާދިސާއަކީ 31 މެއި 2023 ވަނަ ދުވަހުގެރޭ ހިނގާ ދިޔަ ޙާދިސާއެއް ކަމަށެވެ. އެރޭ ބޭބެއާ ރެސްޓޯރަންޓަކުން ދިމާވި ކަމަށާއި، އެތަނުން ބޭބެގެ ފޯނު ނަގައިގެން އޭނާ ދިޔައީކަމަށް ބުންޏެވެ.

އޭނާ ބުނީ، ގެއަށް ދިޔައީ މަސްތުވާއެއްޗެއް (ބޮގަރު) ބަލައި ކަމަށާއި، ގެއަށް އައުމުން ބޭބެ ސުވާލު ކުރި ކަމަށެވެ. ސުވާލު ކުރުމުން، ސިމާއެކު ބޭބެގެ ފޯނު ވިއްކާލިކަމަށް ބުނި ކަމަށާއި، އެހިސާބުން ހަމަނުޖެހުން އުފެދި މާރާމާރީ ހިނގަން މެދުވެރިވީކަމަށް އޭނާ ބުންޏެވެ.

އޭރު އޭނާ ހުރީ ރާބޮއިގެންކަމަށް އޭނާ ޝަރީއަތުގައި ބުންޏެވެ.

އޭނާ ބޭބެއަށް ޙަަމަލާދިނީ 3 އިންޗި ބައިގެ ތިލައެއް ހުރި ކަތުރަކުންކަމަށާއި، ޙަމަލާ އަމާޒުވީ ބޭބެގެ ވާއަތު ކަރާއި ދިމާލުން ތިރިއަށް މެއަށްކަމަށް އޭނާ ބުންޏެވެ.

އެކަންކަން އޭނާގެ ހަނދާނުގައި އެބަހުރިކަމަށް އޭނާ ޝަރީއަތުގައި ބުންޏެވެ.

ބޭބެ މަރުވިކަން އެނގުނީ ޖެހިގެން އައި ދުވަހު ހޮސްޕިޓަލަށް އޭނާގެ ދެބެންގެ ދެދަރި ކޮށްކޮއަކު ފޮނުވައިގެން ޚަބަރު ބެލުމުން ކަމަށާއި، ބޭބެއަށް ބޭނުންވާ ލޭ ހޯދުމަށްވެސް އޭނާ މަސައްކަތް ކުރިކަމަށް އޭނާ ބުންޏެވެ.

ދައުލަތުން ވަނީ މި މައްސަލައިގައި އޭނާއާއެކު ވެފައިވާ އިއުތިރާފު އެއްބަސްވުމެއް ކޯޓަށް ހުށައަޅާފައެވެ.

އޭނާގެ މައްޗަށް 2019 ވަނަ އަހަރު ކުރި ރޭޕްކުރުމުގެ ކުށުގެ ދައުވާއެއް ސާބިތުވާކަމަށް 13 އޯގަސްޓު 2023ގައިވެސް ވަނީ ކްރިމިނަލް ކޯޓުން ޙުކުމެއް އައިސްފައެވެ. އެކަމާ ގުޅިގެން އޭނާގެ އަދަބުގެ ދަރަޖަ މަތިކޮށްފައިވާއިރު، ދައުލަތުން ވަނީ އިއުތިރާފާއި، ކުށް ހިނގާދިޔަ ގޮތަށް ބަލާއިރު، އޭނާގެ މައްޗަށް ކަނޑައަޅަން ދައުލަތުން އެދޭ އަދަބާ ގުޅޭ ތަފްސީލުތައް ހިއްސާ ކުރައްވާފައެވެ.

އެގޮތުން ބަލާއިރު، އިއުތިރާފު އެއްބަސްވުން ބަލައިގަންނަ ޙާލަތުގައި އޭނާގެ މައްޗަށް އަންނާނީ 12 އަހަރާއި 6 މަސް ދުވަހުގެ ޖަލު ޙުކުމެއްކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.  

ދިފާއީ ވަކީލު ވިދާޅުވީ، އޭނާ އަމިއްލައަށް ފުލުހަށް ހާޒިރުވުމާއި، ތަހުގީގަށް އެއްބާރުލުން ދީފައިވުމާއި، އެކަންކަމަށް ބަލާއިރު، އޭނާއަށް ލުއި އަދަބެއް ދޭން ދިފާއުން އެދޭ ކަމަށެވެ.

 ހެކި ހޯދުމަށްވެސް ފުލުހުންނަށް ފަސޭހަވެގެން ދިޔައީ އޭނާ ދިން އެއްބާރުލުމާއި އެކުގައިކަމަށާއި، ކަތުރު އޮތްތަންވެސް ދެއްކީ އޭނާކަމަށް ދިފާއީ ވަކީލު ވިދާޅުވިއެވެ.

ގާޒީ ވަނީ އިއުތިރާފު އެއްބަސްވުން ދަމަހައްޓަން ބޭނުންވޭތޯ މަވާޒު ގާތުގައި ސުވާލު ކުރައްވާފައެވެ. އެގޮތުން ގާޒީ ވިދާޅުވީ، އިއުތިރާފު އެއްބަސްވުމާއެކު ކުރިއަށްދާން ބޭނުންވާނަމަ، ކަނޑައެޅޭނީ އެ އެއްބަސްވުމުގައި އޮތް އަދަބެއް ކަމަށެވެ.

އެއަށްފަހު އަވަސްނިޔާގެ އަޑުއެހުމެއް ކުރިއަށް ގެންދަވައި ގާޒީ ވަނީ އޭނާ ވެފައިވާ އިއުތިރާފަކީ ސައްޙަ އިއުތިރާފެއްކަމަށް ކަނޑައަޅުއްވާފައެވެ. އަދި އޭނާގެ މައްޗަށް ކޮށްފައިވާ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ ސާބިތުވާކަމަށް ގާޒީ ވަނީ ނިންމަވާފައެވެ.

ގާޒީ ވިދާޅުވީ، އަދަބު ކަނޑައެޅުމަށްޓަކައި އިއުތިރާފު އެއްބަސްވުން ދަމަހައްޓަން ބޭނުންވާކަން ނުވަތަ ނޫންކަން ދެން އޮންނަ އަޑުއެހުމެއްގައި އަންގަންވާނެ ކަމަށާއި، އެއަށްފަހު އަދަބާ ގުޅޭގޮތުން ދައްކަން ހުރި ވާހަކައެއް ދެއްކެވުމަށް ފުރުސަތު ދެއްވުމަށްފަހު ޙުކުމް ކުރައްވާނެ ކަމަށެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ އެކޯޓުގެ އިސްގާޒީ އާދަމް މުޙައްމަދެވެ.

ކްރިމިނަލް ކޯޓްމަރު

ކޮމެންޓް

އިތުރަށް ކިޔާލަން

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

23 ޖެނުއަރީ
ބޮލުން އިސްތަށި ފައިބާތީ އޮންލައިކޮށް ގަތް ބޭސް ބޭނުންކުރި މީހެއްގެ ވާހަކަ
20251 އަހަރު ކުރިން
ސިއްހަތު

ބޮލުން އިސްތަށި ފައިބާތީ އޮންލައިކޮށް ގަތް ބޭސް ބޭނުންކުރި މީހެއްގެ ވާހަކަ

އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއަރސްގެ، "ފަރީ" ގްރޫޕާއި އެކު އުމްރާ އަށް ދާން ރަނުގެ ފުރުސަތެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއަރސްގެ، "ފަރީ" ގްރޫޕާއި އެކު އުމްރާ އަށް ދާން ރަނުގެ ފުރުސަތެއް

2 އަހަރުގެ ދަރިފުޅު އަމިއްލައަށް އުނގެނެމުން ދިޔައީ ޓެބްލެޓާއި ޓީވީގެ އެހީގަ: މިއަދު އެއީ އިނގިރޭސިވިލާތަށް ރެކޯޑެއް!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

2 އަހަރުގެ ދަރިފުޅު އަމިއްލައަށް އުނގެނެމުން ދިޔައީ ޓެބްލެޓާއި ޓީވީގެ އެހީގަ: މިއަދު އެއީ އިނގިރޭސިވިލާތަށް ރެކޯޑެއް!

ސީރިއާ ބޯޑަރު ކައިރިން ހައްޔަރުކުރި ފައިޒަންއަށް އުފުލާފައިވާ ދައުވާ: އިންޓެލް ރިޕޯޓަކީ ރަސްމީ ލިއުމެއްކަމާމެދު ބަހުސެއް
20224 އަހަރު ކުރިން
ރާއްޖެ

ސީރިއާ ބޯޑަރު ކައިރިން ހައްޔަރުކުރި ފައިޒަންއަށް އުފުލާފައިވާ ދައުވާ: އިންޓެލް ރިޕޯޓަކީ ރަސްމީ ލިއުމެއްކަމާމެދު ބަހުސެއް

ރިސޯޓް މުވައްޒަފުންނަށް ކަރަންޓީންނުވެ ދެން ދަތުރެއް ނުކުރެވޭނެ
20215 އަހަރު ކުރިން
ރާއްޖެ

ރިސޯޓް މުވައްޒަފުންނަށް ކަރަންޓީންނުވެ ދެން ދަތުރެއް ނުކުރެވޭނެ

24 ގަޑިއިރު މަޖިލިސް ހުޅުވައިގެން ވިޔަސް ޕީއެންސީ ރަޖީސްޓްރީ ކުރާނަން: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

24 ގަޑިއިރު މަޖިލިސް ހުޅުވައިގެން ވިޔަސް ޕީއެންސީ ރަޖީސްޓްރީ ކުރާނަން: ގާސިމް

ކުއްލި ގޮތަކަށް ބޭއްވި ކޮމެޓީގައި މެމްބަރު އާމިރުގެ ބަހުގެ ހަމަލާ، ސަރުކާރު މެމްބަރުންނަށް
20188 އަހަރު ކުރިން
ރާއްޖެ

ކުއްލި ގޮތަކަށް ބޭއްވި ކޮމެޓީގައި މެމްބަރު އާމިރުގެ ބަހުގެ ހަމަލާ، ސަރުކާރު މެމްބަރުންނަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު