Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ ކޮލިފިކޭޝަން

ހަ ލަނޑުގެ މޮޅާއެކު ސްޕެއިން ދެ ވަނައިގައި ހަމަޖެހިލައިފި

ސްޕެއިން ދެ ވަނައިގައި އޮތީ ކުޅުނު ހަތަރު މެޗުން ނުވަ ޕޮއިންޓު ހޯދައިގެން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 ސެޕްޓެމްބަރު 2023 | ބުދަ 02:57
މެޗުގައި ލަނޑު ޖެހުމަށްފަހު ސްޕެއިންގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ސްޕެއިންގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ކޮލިފިކޭޝަންގައި ސައިޕްރަސްއާ ދެކޮޅަށް ކުޅުނު މެޗުން ސްޕެއިން ބޮޑު މޮޅެއް ހޯދައިފި އެވެ.

އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗު ސްޕެއިން އިން ކާމިޔާބު ކުރީ 6-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ސްޕެއިން އިން ވަނީ ދެ ލަނޑު ޖަހައިފަ އެވެ. އެ ޓީމުގެ އަނެއް ހަތަރު ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެވެ. މެޗުގެ 18 ވަނަ މިނެޓުގައި ސްޕެއިން އަށް ލީޑު ނަގައިދިނީ ޒުވާން ކުޅުންތެރިޔާ ގަވީ އެވެ. އޭނާ އެ ލަނޑު ޖެހީ ނިކޯ ވިލިއަމްސް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ސްޕެއިންގެ ދެ ވަނަ ލަނޑު މިކޭލް މެރިނޯ ވެސް ޖެހީ ވިލިއަމްސް ތަނަވަސްކޮށްދިން ފުރުސަތެއްގައި 33 ވަނަ މިނެޓުގަ އެވެ. އޭގެ ހަ މިނެޓު ފަހުން ސްޕެއިންގެ އަލްވާރޯ މޮރާޓާ ލަނޑެއް ޖެހި ނަމަވެސް، ވީއޭއާރު ބެލުމަށްފަހު ރެފްރީ ވަނީ އެ ލަނޑު ބަލައި ނުގަންނަން ނިންމައިފި އެވެ.

ދެ ވަނަ ހާފުގައި ސްޕެއިންގެ ތިން ވަނަ ލަނޑު ހޮސެލޫ ޖެހީ ޑެނީ ކަވަހާލް ތަނަވަސްކޮށްދިން ފުރުސަތެއްގައި 70 ވަނަ މިނެޓުގަ އެވެ. އޭގެ ތިން މިނެޓު ފަހުން ސްޕެއިންގެ ހަތަރު ވަނަ ލަނޑު ފެރާން ޓޮރޭސް ވެސް ޖެހީ ކަވަހާލް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ސްޕެއިންގެ ފަސް ވަނަ ލަނޑު އެލެކްސް ބައެނާ ޖެހީ މެޗުގެ 77 ވަނަ މިނެޓުގަ އެވެ. އޭނާ އެ ލަނޑު ޖެހީ ހޮސެލޫ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ސްޕެއިންގެ ފަހު ލަނޑު މެޗުގެ 83 ވަނަ މިނެޓުގައި ފެރާން ޓޮރޭސް ޖެހީ ރޮޑްރީ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

މޮޅާއެކު ސްޕެއިން ދެ ވަނައިގައި އޮތީ ކުޅުނު ހަތަރު މެޗުން ނުވަ ޕޮއިންޓު ހޯދައިގެންނެވެ. ސްޕެއިން އަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން ތިން ވަނައިގައި އޮތް ނޯވޭ އަށް ލިބެނޫ ހަތް ޕޮއިންޓެވެ. މި ގްރޫޕްގެ އެއް ވަނައިގައި ސްކޮޓްލެންޑް އޮތީ ކުޅުނު ފަސް މެޗުން ވެސް މޮޅުވެ، 15 ޕޮއިންޓު ހޯދައިގެންނެވެ.

ޔޫރޯ ކޮލިފައިންގސްޕެއިން ފުޓުބޯޅަ ޓީމު

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2025

ފީފާ ރޭންކިންގެ އެއް ވަނަ އަށް ސްޕެއިން ޖެހިލައިފި

19 އޮކްޓޯބަރު 2025
ފީފާ ރޭންކިންގެ އެއް ވަނަ އަށް ސްޕެއިން ޖެހިލައިފި
12 އޮކްޓޯބަރު 2025

ސްޕެއިން އިން ޖޯޖިއާގެ މައްޗަށް ވެސް ކުރި ހޯދައިފި

12 އޮކްޓޯބަރު 2025
ސްޕެއިން އިން ޖޯޖިއާގެ މައްޗަށް ވެސް ކުރި ހޯދައިފި
04 އޮކްޓޯބަރު 2025

ޔަމާލް އަށް އަނިޔާވެ ކުޅުމާ ދުރަށް

04 އޮކްޓޯބަރު 2025
ޔަމާލް އަށް އަނިޔާވެ ކުޅުމާ ދުރަށް
08 ސެޕްޓެމްބަރު 2025

ސްޕެއިން އިން ހަ ލަނޑުގެ މޮޅެއް ހޯދިއިރު، މެރީނޯ ހެޓްރިކް ހަދައިފި

08 ސެޕްޓެމްބަރު 2025
ސްޕެއިން އިން ހަ ލަނޑުގެ މޮޅެއް ހޯދިއިރު، މެރީނޯ ހެޓްރިކް ހަދައިފި
05 ޖޫން 2025

ފްރާންސް މެޗުގެ ކުރިން ފުއެންޓޭ ބުނީ ފޭވަރިޓުންނެއް ނެތް ކަމަށް

05 ޖޫން 2025
ފްރާންސް މެޗުގެ ކުރިން ފުއެންޓޭ ބުނީ ފޭވަރިޓުންނެއް ނެތް ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު