Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަހްލޫފްގެ ޓުވީޓް

އިލެކްޝަނުން ކުރި އިއުލާނާ ގުޅިގެން ސުޕްރީމް ކޯޓުން ފިޔަވަޅު އަޅަންޖެހޭ : މަހްލޫފް

ޤާނޫނު އަސާސީ ގެ 74 ވަނަ މާއްދާ އާއި ޚިލާފަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނު ކުރީ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 19 ޖުލައި 2017 | ބުދަ 11:32
މަހްލޫފް ރާއްޖެޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަނީ

މަހްލޫފް ރާއްޖެޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަނީ

އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނާ ގުޅިގެން ސުޕްރީމް ކޯޓުން ފިޔަވަޅު އަޅަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މަހްލޫފް މިހެން ވިދާޅުވީ ބުދަ ދުވަހު ކުރެއްވި ޓުވީޓެއްގައެވެ.

މަހްލޫފް ވިދާޅުވީ ޤާނޫނު އަސާސީ ގެ 74 ވަނަ މާއްދާ އާއި ޚިލާފަށް އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނާ ގުޅިގެން، ސުޕްރީމް ކޯޓުން ފިޔަވަޅު އަޅަންޖެހޭކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެންބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި، ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިހެން ނިންމައި ނެރުނު ބަޔާނުގައި ބުނެފައިވަނީ، ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމްއާއި، ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިންއާއި، ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދުގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތްގެ ގޮނޑި ގެއްލިފައިވާ ކަމަށެވެ.

ހަތަރު ބޭފުޅުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅާފައި މިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް 45 މެންބަރުންގެ ސޮޔާއެކު ހުށަހަޅާފައިވާ ގަރާރުގައި، އެ ހަތަރު ބޭފުޅުން ކުރައްވާފައިވާ ސޮއި ނެންގުވުމަށް ޕީޕީއެމް އިން އަންގައި، އެ ބޭފުޅުން އެންގެމަށް އަމަލުނުކުރެއްވުމުން، އެ ހަތަރު ބޭފުޅުން އެ ޕާޓީން ވަކިކޮށްފައިވާކަން އަންގާރަ ދުވަހުގެ ރޭ ރައީސް އަބްދުﷲ ޔާމީން އިއުލާނު ކުރައްވާފައިވަނިކޮށެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު