Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރިޔާސީ އިންތިޚާބު 2023

ދެ ޕާޓީއާ ވެސް މަޝްވަރާކުރަމުން މިދަނީ، ނިންމާނީ ރަނގަޅަށް: ނަޝީދު

ހިތްހަމަޖެހޭ ގޮތަށް ކަންތައްތައް ނިމިގެންދާނެކަމަށް ނަޝީދު ވިދާޅުވި

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 12 ސެޕްޓެމްބަރު 2023 | އަންގާރަ 05:17
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކޯލިޝަން ހެދުމާ ގުޅޭގޮތުން ދަ ޑިމޮކްރެޓްސް އިން އެމްޑީޕީ އަދި ޕީޕީއެމްއާއެކު ވެސް މަޝްވަރާ ކުރަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެ ރޭ އިންޑިއާ ސަފީރާ ބައްދަލުކުރެއްވުމަށްފަހު ނުކުމެވަޑައިގެން، ނޫސްވެރިން ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ ރާއްޖޭގެ ސިޔާސީ އެއްވެސް ކަމަކާ ގުޅޭގޮތުން ސަފީރާ ވާހަކަފުޅު ނުދައްކަވާ ކަމަށެވެ.

Advertisement - newsAdvertisement

ކޯލިޝަން ހެދުމާއި ގުޅޭގޮތުން ނޫސްވެރިޔަކު ދެންނެވި ސުވާލަށް ޖަވާބުދެއްވަމުން ނަޝީދު ވިދާޅުވީ ދެ ޕާޓީއާ ވެސް ވާހަކަ ދައްކަވަމުން ގެންދަވާކަމަށް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އަދި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވާ ކަމަށެވެ. އަދި މަޝްވަރާތައް ކުރިއަށްދާ ކަމަށާއި ހިތްހަމަޖެހޭ ގޮތަށް ކަންތައްތައް ނިމިގެންދާނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ. އަދި ކަންބޮޑުނުވުމަށް ވެސް އެދިވަޑައިގަތެވެ.

ނަޝީދު މިފަދައިން ވިދާޅުވެފައިވާއިރު ބަޔަކާއި ވާހަކަ ދައްކަވާއިރު އިސްކަންދޭނީ ރާއްޖެއަށް އެންމެ ރަނގަޅު ގޮތް ހޯދުމަށާއި ކުރިއަށްގެންދަވާނީ ޕާޓީގެ އުސޫލާ އެކުވެވޭ ބަޔަކާއެކު ކަމަށް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ވަނީ ވިދާޅުވެފައެވެ.

އިލްޔާސް ވިދާޅުވީ މިއަދު ފެނިފައި އޮތީ ކުރިން ވެސް އަންދާޒާ ކުރި މަންޒަރު ކަމަށެވެ. އަދި ދެން ކުރިއަށްދާނެ ގޮތަކާމެދު ކައުންސިލާއި މެންބަރުންނާއި ސަޕޯޓަރުންނާއެކު މަޝްވަރާކުރައްވަމުން ގެންދަވާ ކަމަށެވެ.

އިލްޔާސް އިތުރަށް ވިދާޅުވީ 2018 ވަނަ އަހަރު ވަރަށް ބޮޑު އިތުބާރަކާއެކު އެމްޑީޕީއަށް ރައްޔިތުން ވޯޓް ދިން ކަމަށާއި ރައްޔިތުންގެ ވޯޓް މިހާވަރަށް މަދުވި ސަބަބާމެދު ހުރިހާ އެންމެން ވެސް ވިސްނަން ޖެހޭ ކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ދަ ޑިމޮކްރެޓްސްއަށް ލިބުނު ވޯޓްތަކާއި ގުޅޭގޮތުން އިލްޔާސް ވިދާޅުވީ މިއީ އެ ޕާޓީގެ ފެށުން ކަމަށާއި އަލަށް ޕާޓީއެއް އުފައްދައިގެން ލިބޭ ވޯޓުގެ އަދަދުން މޮޅުވީތޯ ނުވަތަ ބަލިވީތޯ ނުނިންމޭނެ ކަމަށެވެ. މީގެއިތުރުން ވަރަށް ބައިވަރު މަސައްކަތްތައް ކުރިއަށް އެބަހުރި ކަމަށާއި މި އިންތިޚާބުގެ ނަތީޖާއަކީ ހޯދަން އުޅުނު ނަތީޖާ ނޫން ކަމަށް ވެސް އިލްޔާސް ވިދާޅުވިއެވެ.

ރައީސް މުހައްމަދު ނަޝީދު ދަ ޑިމޮކްރެޓްސް ޕާޓީ ރިޔާސީ އިންތިޚާބު 2023

ކޮމެންޓް

އިތުރަށް ކިޔާލަން

ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ރައީސް ނަޝީދު ޚިޔާލު ހޯއްދަވަނީ

ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ރައީސް ނަޝީދު ޚިޔާލު ހޯއްދަވަނީ

04 ޖޫން 2025
ޑިމޮކްރެޓްސް އުފެއްދުމަށް ކުރީގެ ރައީސް ނަޝީދު ވަރަށް ބޮޑަށް ދެކޮޅު ހެއްދެވި: މެންބަރު އާޒިމް

ޑިމޮކްރެޓްސް އުފެއްދުމަށް ކުރީގެ ރައީސް ނަޝީދު ވަރަށް ބޮޑަށް ދެކޮޅު ހެއްދެވި: މެންބަރު އާޒިމް

30 އެޕްރީލު 2024
ފެއިލްވި ބަޔަކު ވަރުގަދަކޮށް ނޯންނާނެ، އެމްޑީޕީއަކީ އެންމެ ވަރުގަދަ ޕާޓީ: ސަލީމް

ފެއިލްވި ބަޔަކު ވަރުގަދަކޮށް ނޯންނާނެ، އެމްޑީޕީއަކީ އެންމެ ވަރުގަދަ ޕާޓީ: ސަލީމް

30 ޑިސެމްބަރު 2023
ނަޝީދު ސީވީއެފްގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމަށް

ނަޝީދު ސީވީއެފްގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމަށް

02 ޑިސެމްބަރު 2023
ދަ ޑިމޮކްރެޓްސްއިން އުޅުނީ ގާނޫނީ ބޮޑު ބަޣާވާތެއް ހިންގަން: ނިހާދު

ދަ ޑިމޮކްރެޓްސްއިން އުޅުނީ ގާނޫނީ ބޮޑު ބަޣާވާތެއް ހިންގަން: ނިހާދު

29 އޮކްޓޯބަރު 2023

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު