Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޔުމްނު ވެއްޓު ހާދިސާ

އަޑު އެހުމަކީ ޑިކްޓޭޓަރުންނަށް އުނދަގޫ ކަމަކަށް ވާނެ: އަމީން ފައިސަލް

26 އެޕްރީލު 2025 | ހޮނިހިރު 08:20

ރައްޔިތުން ކަންކަމުގައި ނިކުމެ އެ މީހުންގެ ޝުއޫރު ފާޅުކޮށް އަޑު އުފުލި ނަމަވެސް، އެ އަޑު އެހުމަކީ ޑިކްޓޭޓަރުންނަށް ވަރަށް އުނދަގޫ ވާނެ ކަމެއްގެ ގޮތުގައި އަމީން ވަނީ ސިފަ ކުރައްވާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 އެޕްރީލު 2025 | ހޮނިހިރު 08:20
ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލް

ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލް

ރައްޔިތުން ބޭނުންވާ ކަންކަމުގައި ނިކުމެ އަޑު އުފުލުމަކީ، ޑިކްޓޭޓަރުންނަށް އުނދަގޫ ވާނެ ކަމެއް ކަމަށް، ދަ ޑިމޮކްރެސްޓްސްގެ ނެޝަނަލް އެސެމްބްލީގެ މެމްބަރު އަމީން ފައިސަލް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ފުރަތަމަ ސަރުކާރުގެ ޑިފެންސް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ އަމީން މިހެން ވިދާޅުވީ، ޑިމޮކްރަޓްސްގެ ފަރާތުން ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

މާލޭގައި 21 އަހަރުގެ ޒުވާން އަންހެން ކުއްޖަކު ފުރާޅެއް މައްޗަށް ވެއްޓިގެން އުޅޭ މައްސަލަ އަށް އިޝާރާތް ކުރައްވައި، ދާދި ފަހުން ރައީސް މުޢިއްޒު ވިދާޅުވެފައި ވަނީ އެކަމުގެ އެންމެ ބޮޑު ޒިންމާ އެއް ނަގަން ޖެހޭނީ ބިރަކާ ނުލައި މަޖާ ކުރުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް ކަމަށް ޕްރޮމޯޓު ކުރި ފަރާތްތަކުން ކަމަށެވެ. ރައީސް މުޢިިއްޒު އިޝާރާތް ކޮށްފައި ވަނީ އިދިކޮޅު އެމްޑީޕީ އަށެވެ.

ޑިމޮކްރަޓްސްގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީން ވަނީ ރައީސް މުޢިއްޒުގެ އެ ވާހަކަފުޅުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

އެގޮތުން އަމީން ވިދާޅުވީ ބިރަކާ ނުލައި ޒުވާނުން ނިކުމެ އެމީހުން ޚިޔާލު އަދި ޝުއޫރު ފާޅު ކުރަން ޖެހޭ ކަމަށެވެ. އަމީން ވިދާޅުވީ "ބިރަކާ ނުލައި" އެ ލަފުޒަކީ ޑިކްޓޭޓަރުން ވަރަށް ބިރު ގަންނަ ލަފުޒެއް ކަމަށެވެ. އަދި އެކަން މާޒީގައި ވެސް ފެނިފައިވާ ކަމަށް އަމީން ވިދާޅުވި އެވެ.

ރައްޔިތުން ކަންކަމުގައި ނިކުމެ އެ މީހުންގެ ޝުއޫރު ފާޅުކޮށް އަޑު އުފުލި ނަމަވެސް، އެ އަޑު އެހުމަކީ ޑިކްޓޭޓަރުންނަށް ވަރަށް އުނދަގޫ ވާނެ ކަމެއްގެ ގޮތުގައި އަމީން ވަނީ ސިފަ ކުރައްވައިފަަ އެވެ. ރައީސް މުޢިއްޒު އަށް ވެސް މިހާރު ވެގެން އުޅޭ ގޮތަކީ އެއީ ކަމަށާއި، އެމަނިކުފާނަކީ ޑިކްޓޭޓަރެއް ކަމަށް ވެސް އަމީން ވަނީ ވިދާޅުވެފަ އެވެ.

ވެގެން އުޅޭ ގޮތަކީ އަސްލުގަ ބިރަކާ ނުލައި، މި ބަސް މިއީ ޑިކްޓޭޓަރުން ވަރަށް ބިރު ގަންނަ އެއްޗެއް. މިއީ އަަޅުގަނޑުމެންނަށް ކުރީގައި ވެސް ފެނިފައިވާ އެއްޗެއް. ވޮއިސް، އަޑު އެހުން ވަރަށް އުނދަގޫ ވާނެ ޑިކްޓޭޓަރުންނަށް. ރައީސް މުޢިއްޒު އަށް މިހާރު ވެގެން އުޅޭ ގޮތަކީ އެއީ. މުޢިއްޒު އަކީ ޑިކްޓޭޓަރެއް. އެހެންވީމާ މުޢިއްޒު ބިރު ގަނޭ އެބަ ޒުވާނުން އަޑު އުފުލާތީ.
އަމީން ފައިސަލްް / ކުރީގެ ޑިފެންސް މިނިސްޓަރު

މީގެ އިތުރުން އަމީން ވަނީ ޒުވާނުން ނިކުމެ އެމީހުންގެ އަޑު އުފުލުމަށް ވެސް ގޮވާލައްވައިފަ އެވެ. އަދި އަމީން ވިދާޅުވީ ޒުވާނުން ނިކުމެ އަޑު އުފުލަން ފެށުމުން، ރައީސް މުޢިއްޒު ނެންގެވީ އޭގެ ގޯސް މާނައެއް ކަމަށެވެ.

އަމީން ވިދާޅުވީ މީގެ ކުރިން އެމްޑީޕީން، ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިސްވެ ހުންނަވައި، ބިރަކާ ނުލައި، އެ ލަފުޒު ހިފައިގެން ނިކުންނެވީ ޒުވާނުންނަށް ކަންކަމުގައި ކެރިގެން ނިކުތުމަށް މަގު ފަހި ކުރުމަށް ކަމަށެވެ.

އެހެން ނަމަވެސް، މިހާރު ކަންތައްވާ ގޮތަކީ މީގެ 30 އަހަރު ކުރިން ވެސް ކަންތައްވީ ގޮތަށް، ރައީސް މުޢިއްޒު އަކީ ޑިކްޓޭޓަރަަކަށް ވާތީ، އެ އަޑު އިވެން ފެށީމަ އެކަން ހަޖަމު ނުވަނީ ކަމަށް އަމީން ވިދާޅުވި އެވެ. އަދި އެކަމާ ބިރުފުޅު ގަންނަ ކަމަށާއި، ޙައްގުތައް ހޯދުމަށް ރައްޔިތުން ނިކުތުމުން އެކަމާ ކަންބޮޑުވެ ވަޑައިގަންނަވަނީ ކަމަށެވެ.

ޒުވާން އަންހެން ކުއްޖަކު ވެއްޓުނު މައްސަލައިގައި ސަރުކާރުން ތަހުގީގަށް ނުފޫޒު ފޯރުވަމުން އަންނަ ކަމަށާއި، އެކަމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ގޯސްތަކެއް ހަދަމުންދާ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ އަޑު އުފުލަމުންނެވެ.

އެކަމާ ދެކޮޅަށް ޒުވާނުން އިސްނަގައިގެން ކުރިއަށް ގެންދާ މުޒާހަރާތަކުގައި މިހާތަނަށް ވަނީ ޖެހި ޖެހިގެން ތިން ރޭ މުޒާހަރާ ބާއްވައިފަ އެވެ. ނަމަވެސް އެކަމާ ދެކޮޅަށް ރައީސް މުޢިއްޒު އައްޔަން ކުރައްވާފައި ތިއްބެވި ސިޔާސީ ބޭފުޅުން ވެސް ގެންދަނީ ވާހަކަ ދައްކަމުންނެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން

16 ފެބުރުއަރީ 2017
މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން
15 ފެބުރުއަރީ 2017

ޕީޕީއެމް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކުރާ ކަމަށް އަޑުތައް ފެތުރިއްޖެ

15 ފެބުރުއަރީ 2017
ޕީޕީއެމް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކުރާ ކަމަށް އަޑުތައް ފެތުރިއްޖެ
05 ފެބުރުއަރީ 2017

ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ

05 ފެބުރުއަރީ 2017
ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ
04 ފެބުރުއަރީ 2017

އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު
02 ފެބުރުއަރީ 2017

ސީރިއާގައި "މަރުވެފައިވާ" ދިވެއްސެއްގެ ޝަރީއަތުގެ އަޑުއެހުމެއް!

02 ފެބުރުއަރީ 2017
ސީރިއާގައި "މަރުވެފައިވާ" ދިވެއްސެއްގެ ޝަރީއަތުގެ އަޑުއެހުމެއް!
30 ޖެނުއަރީ 2017

ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!

30 ޖެނުއަރީ 2017
ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!
23 ޖެނުއަރީ 2017

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

23 ޖެނުއަރީ 2017
އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް