Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސީޕީ ކަމުން ޝުޖާއު އިސްތިއުފާ ދިނުން

އަބަދު ވެސް އިސްކަން ދޭން ޖެހޭނީ ރައްޔިތުންގެ ހެވާއި ލާބަޔަށް: ރައީސް ނަޝީދު

ނަޝީދު ވިދާޅުވީ، ކަންކަމާ ޒިންމާ ނެގުން ނުވަތަ، އިތުރަށް މައްސަލަ ހޫނުވިޔަ ނުދިނުމަށް އިސްތިއުފާ ދިނުމަކީ އެންމެ ރިވެތި ޑިމޮކްރަޓިކް އުސޫލު ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 27 އެޕްރީލު 2025 | އާދީއްތަ 10:53
އެމްޑީޕީގެ ކޮންގްރެސްގައި ބައިވެރިވެ ރައީސް ނަޝީދު ވާހަކަ ދައްކަވަނީ

އެމްޑީޕީގެ ކޮންގްރެސްގައި ބައިވެރިވެ ރައީސް ނަޝީދު ވާހަކަ ދައްކަވަނީ

އަބަދު ވެސް އިސްކަން ދޭން ޖެހޭނީ ރާއްޖޭގެ ރައްޔިތުންގެ ހެވާއި ލާބަޔަަށް ކަމަށް ވިދާޅުވެ، ޕޮލިސް ކޮމިޝަނަރު ކަމުން އިސްތިއުފާ ދެއްވި އަލީ ޝުޖާއު އަށް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ތައުރީފު ކުރައްވައިފި އެވެ.

ސީޕީ ކަމުން ޝުޖާއު އިސްތިއުފާ ދެއްވާފައި ވަނީ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. ޝުޖާއުގެ އިސްތިއުފާ ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު އަށް ހުށަހެޅުއްވުމުން، އެމަނިކުފާނު ވަނީ އެކަން ޤަބޫލުފުޅު ކުރައްވައިފަ އެވެ.

Advertisement - newsAdvertisement

އެކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކުރީގެ ރައީސް ނަޝީދު ވިދާޅުވީ، ކަންކަމާ ޒިންމާ ނެގުން ނުވަތަ، އިތުރަށް މައްސަލަ ހޫނުވިޔަ ނުދިނުމަށް އިސްތިއުފާ ދިނުމަކީ އެންމެ ރިވެތި ޑިމޮކްރަޓިކް އުސޫލު ކަމަށެވެ.

އަދި މަގާމުން އިސްތިއުފާ ދެއްވުމުން ޝުޖާއު އަށް މަރުޙަބާ ވިދާޅުވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ސީޕީގެ މަގާމުން ޝުޖާއު އިސްތިއުފާ ދެއްވިއިރު، މާލޭގައި ގެއެއްްގެ ފުރާޅު މައްޗަށް ޒުވާން އަންހެން ކުއްޖަކު ވެއްޓުނު މައްސަލައިގައި ފުލުހުން އަދި ޝުޖާއު އަށް ވެސް ވަނީ ފާޑު ކިޔުން އަމާޒުވެފަ އެވެ.

އަދި އެކަމާ ދެކޮޅަށް މިހާރު މާލޭގައި ކުރަމުން އަންނަ ސިލްސިލާ މުޒާހަރާތަކުގައި ވެސް ވަނީ ޝުޖާއުގެ އިސްތިއުފާ އަށް ގޮވައިފަ އެވެ.

މުޒާހަރާގެ ބައިވެރިންގެ ފަރާތުން ކުރަމުން އައި ޑިމާންޑުތަކުގެ ތެރޭގައި ވެސް ޝުޖާއު އިސްތިއުފާ ދިނުމަށް ވަނީ އެދިފަ އެވެ. މީގެ އިތުރުން ހޯމް މިނިސްޓަރު އަލީ އިޙުސާން އަދި ޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު އަމީން ވެސް އިސްތިފާ ދެއްވުމަށް ޑިމާންޑު ކޮށްފައިވެ އެވެ.

އެ މައްސަލައިގައި ފުލުހުންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝުޖާއު ދެއްކެވި ވާަހަކަ ތަކަަށް ވެސް އާންމުން ވަނީ ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު