Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޖަރުމަނުގެ ޤައުމީ ޓީމު

ޖަރުމަނުގެ ކޯޗުކަމާ ރަންގްނިކް ހަވާލެއް ނުވާނެ

ރަންގްނިކް ބުނީ، މިވަގުތު އޭނާގެ ސަމާލުކަން އެ ނޫން އެހެން އެއްވެސް ކަމަކަށް، އަދި ވާހަކަ އަކަށް ވެސް ނޯންނާނެ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 12 ސެޕްޓެމްބަރު 2023 | އަންގާރަ 02:56
ޖަރުމަނަށް ނިސްބަތްވާ ރަލްފް ރަންގްނިކް

ޖަރުމަނަށް ނިސްބަތްވާ ރަލްފް ރަންގްނިކް

ހުސްވެފައިވާ ޖަރުމަނު ޤައުމީ ޓީމުގެ ކޯޗުކަމާ ރަލްފް ރަންގްނިކް ހަވާލުވާން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް އޭނާ ދޮގުކޮށްފި އެވެ.

ޖަރުމަނުގެ ކޯޗުގެ މަގާމު ހުސްވީ ދާދި ފަހުން އެ މަގާމުގައި ހުރި ހަންސީ ފްލިކް މަގާމުން ވަކި ކުރުމުންނެވެ. އޭނާ މަގާމުން ވަކިކޮށްފައި ވަނީ ޖަރުމަނަށް ލިބެމުން އަންނަ ދަށް ނަތީޖާގެ ސަބަބުންނެެވެ. ދާދި ފަހުން ޖަޕާނާ ދެކޮޅަށް ކުޅުނު ބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގެ މެޗުން ވެސް ޖަރުމަނު ވަނީ ލަދުވެތި ގޮތަކަށް ބެލިވެފަ އެވެ. އެއާއެކު އެ ޤައުމުގެ ފުޓުބޯޅަ ފެޑެރޭޝަނުން ވަނީ ފްލިކް މަގާމުން ވަކިކޮށްފަ އެވެ.

ޖަރުމަނަށް ނިސްބަތްވާ އުމުރުން 65 އަހަރުގެ ރަންގްނިކް އެ ޤައުމުގެ ޤައުމީ ޓީމާ ހަވާލުވާން އުޅޭ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. ނަމަވެސް ރަންގްނިކް ވަނީ އެ ވާހަކަތައް ދޮގު ކޮށްފަ އެވެ. މިހާރު ވެސް އޮސްޓްރިއާގެ ޤައުމީ ޓީމަށް އިރުޝާދު ދެމުން އަންނަ ރަންގްނިކް ބުނީ، މީގެ 14 މަސް ދުވަސް ކުރިން އޭނާ ނިންމާފައި އޮންނާނީ އޮސްޓްރިއާގެ ކޯޗުކަމުގައި ހުރެ ކުރިއަށް ދާން ކަމަށާއި، އެހެންކަމުން ޖަރުމަނާ އޭނާ ހަވާލުވާނެ އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށެވެ. އޭނާ ބުނީ މިހާރު އެންމެ ބޮޑު އަމާޒަކަށް ވެފައި އޮތީ އަންނަ އަހަރު އޮންނަ ޔޫރޯ ފުޓުބޯޅަ މުބާރަތަށް އޮސްޓްރިއާ ކޮލިފައިކުރުން ކަމަށާއި، އެއަށްފަހު އެ މުބާރަތަށް ރަނގަޅު ޓީމެއް އެކުލަވާލައި، ކާމިޔާބު މަސައްކަތެއް ކުރުން ކަމަަށެވެ. އިތުރަށް ރަންގްނިކް ބުނީ، މިވަގުތު އޭނާގެ ސަމާލުކަން އެ ނޫން އެހެން އެއްވެސް ކަމަކަށް، އަދި ވާހަކަ އަކަށް ވެސް ނޯންނާނެ ކަމަށެވެ.

އޮސްޓްރިއާގެ ކޯޗުކަމާ ރަންގްނިކް ހަވާލުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގަ އެވެ. އޭގެ ކުރިން އޭނާ ވަނީ އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓަރ ޔުނައިޓެޑަށް ވެސް އިރުޝާދު ދީފަ އެވެ. ރަންގްނިކްގެ އިރުޝާދުގެ ދަށުން އޮސްޓްރިއާ އިން ވަނީ މިހާތަނަށް 13 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން އެ ޓީމު ވަނީ ހަ މެޗުން މޮޅުވެ، ހަތަރު މެޗުން ބަލިވެފަ އެވެ. ތިން މެޗެއް ނިމުނީ އެއްވަރުވެގެންނެވެ.

އަންނަ އަހަރު އަމިއްލަ ޤައުމުގައި އޮންނަ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ކުރިން ކޯޗު ވަކިކުރުމަކީ ޖަރުމަނަށް އުނދަގޫ ނިންމުމަކަށްވި އެވެ. ނަމަވެސް މަގާމުން ފްލިކް ވަކިކުރީ، އޭނާ އާއެކު ޔޫރޯ މުބާރާތުގައި ޖަރުމަނަށް އެދެވޭ ނަތީޖާތަކެއް ލިބޭނެ ކަމަށް ޤަބޫލު ނުކުރާތީ އެވެ. ޖަރުމަނުން މިހާރު އަންނަނީ އައު ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ޖަރުމަނުރަލްފް ރަންގްނިކް

ކޮމެންޓް

އިތުރަށް ކިޔާލަން

ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
މަސައްކަތް ލުއި ކުރަން ގިނަ އަދަދެއްގެ ބަލިމީހުން މެރި ނަރުހަކު އުމުރަށް ޖަލަށް ލާން ހުކުމް ކޮށްފި

މަސައްކަތް ލުއި ކުރަން ގިނަ އަދަދެއްގެ ބަލިމީހުން މެރި ނަރުހަކު އުމުރަށް ޖަލަށް ލާން ހުކުމް ކޮށްފި

06 ނޮވެމްބަރު 2025
ޓްރަމްޕްގެ ޕްލޭން އަކީ ޣައްޒާ އަށް ލިބިގެން ދާނެ ތާރީޚީ ފުރުސަތެއް: ވަޑެފުލް

ޓްރަމްޕްގެ ޕްލޭން އަކީ ޣައްޒާ އަށް ލިބިގެން ދާނެ ތާރީޚީ ފުރުސަތެއް: ވަޑެފުލް

06 އޮކްޓޯބަރު 2025
ފަލަސްޠީނަށް ތާއީދުކޮށް ބާލިންގައި ކުރި މުޒާހަރާގައި 12،000 އަށް ވުރެ ގިނަ މީހުން

ފަލަސްޠީނަށް ތާއީދުކޮށް ބާލިންގައި ކުރި މުޒާހަރާގައި 12،000 އަށް ވުރެ ގިނަ މީހުން

14 ސެޕްޓެމްބަރު 2025
ޣައްޒާ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަ ކުރުމަށް އެތައް ހާސް ޖަރުމަނު މީހުން މަގު މައްޗަށް

ޣައްޒާ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަ ކުރުމަށް އެތައް ހާސް ޖަރުމަނު މީހުން މަގު މައްޗަށް

14 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

29 އެޕްރީލު
ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
20242 އަހަރު ކުރިން
މީހުން

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް
20233 އަހަރު ކުރިން
ކުޅިވަރު

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް
20224 އަހަރު ކުރިން
ދުނިޔެ

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟
20215 އަހަރު ކުރިން
ރިޕޯޓު

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ
20197 އަހަރު ކުރިން
ދުނިޔެ

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!
20188 އަހަރު ކުރިން
ރިޕޯޓު

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު