Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ ކޮލިފައިން

އަޔަލެންޑް ބަލިކޮށް ނެދަލެންޑްސް ގްރޫޕްގެ ދެ ވަނައިގައި

އަޔަލެންޑާ ދެކޮޅަށް ކުޅުނު މެޗު ނެދަލެންޑްސް އިން ކާމިޔާބު ކުރީ 2-1 އިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 ސެޕްޓެމްބަރު 2023 | ހޯމަ 03:03
އަޔަލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި ލަނޑު ޖެހުމަށްފަހު ނެދަލެންޑްސްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

އަޔަލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި ލަނޑު ޖެހުމަށްފަހު ނެދަލެންޑްސްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

ޔޫރޯ ކޮލިފިކޭޝަންގެ ގްރޫޕް ސްޓޭޖުގައި އަޔަލެންޑާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ނެދަލެންޑްސް ގްރޫޕް ބީގެ ދެ ވަނައިގައި ހިފަހައްޓައިފި އެވެ.

އަޔަލެންޑާ ދެކޮޅަށް ކުޅުނު މެޗު ނެދަލެންޑްސް އިން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ އަޔަލެންޑް އިންނެވެ. މެޗުގެ ހަތަރު ވަނަ މިނެޓުގައި އެ ޓީމުން ލީޑު ނެގީ، ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށްގެންނެވެ. އަޔަލެންޑުގެ ޕެނަލްޓީ ކާމިޔާބު ކޮށްދިނީ އާދަމް އިދާހް އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ނެދަލެންޑްސް އިން ވެސް ނަތީޖާ ހަމަހަމަ ކުރީ ޕެނަލްޓީ އަކުންނެވެ. ފުރަތަމަ ހާފުގެ 19 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ކޯޑީ ގަކްޕޯ އެވެ. ދެ ވަނަ ހާފު ފަށައިގެން 11 ވަނަ މިނެޓުގައި ނެދަލެންޑްސް އަށް ލީޑު ނަގައިދިނީ ވޭހޯސްޓް އެވެ. އޭނާ އެ ލަނޑު ޖެހީ ޑަމްފްރީސް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

މި ގްރޫޕްގައި ގްރީސް އިން ވަނީ ގިބްރޯލްޓާއާ ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު ކާމިޔާބު ކޮށްފަ އެވެ. އެހެންކަމުން މި ގްރޫޕްގެ ވާދަވެރިކަން މިހާރު ވަނީ ބޮޑުވެފަ އެވެ. މި ގްރޫޕްގެ އެއް ވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓު ހޯދައިގެން ފްރާންސް އެވެ. ދެ ވަނައިގައި ނެދަލެންޑްސް އޮތީ ހަތަރު މެޗުން ނުވަ ޕޮއިންޓު ހޯދައިގެންނެވެ. ނެދަލެންޑްސް އަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން ތިން ވަނައިގައި އޮތް ގްރީސް އަށް ވެސް ލިބެނީ ނުވަ ޕޮއިންޓެވެ. އެހެންކަމުން، މެޗުގެ ގޮތުން ހަމަ ކޮށްގެން ކުރި ހޯދުމުގެ ފުރުސަތު ނެދަލެންޑްސް އަށް އޮންނާނެ އެވެ.

ޔޫރޯ ކޮލިފައިންގނެދަލެންޑްސްގެ ގައުމީ ޓީމު

އިތުރަށް ކިޔާލަން

13 އޮކްޓޯބަރު 2025

ފިންލޭންޑް އަތުން ނެދަލެންޑްސް މޮޅުވެއްޖެ

13 އޮކްޓޯބަރު 2025
ފިންލޭންޑް އަތުން ނެދަލެންޑްސް މޮޅުވެއްޖެ
20 ނޮވެމްބަރު 2024

ބޮސްނިއާ އިން ނެދަލެންޑްސްއާ އެއްވަރު ކޮށްފި

20 ނޮވެމްބަރު 2024
ބޮސްނިއާ އިން ނެދަލެންޑްސްއާ އެއްވަރު ކޮށްފި
13 އޮކްޓޯބަރު 2024

ވެން ޑައިކަށް ދެއްކި ފުރަތަމަ ރީނދޫ ކާޑާ އެކު، ކޫމަން ހައިރާންވެފައި

13 އޮކްޓޯބަރު 2024
ވެން ޑައިކަށް ދެއްކި ފުރަތަމަ ރީނދޫ ކާޑާ އެކު، ކޫމަން ހައިރާންވެފައި
12 އޮކްޓޯބަރު 2024

ނެދަލެންޑްސް ސަލާމަތްކޮށްދިނީ ޑަމްފްރީސް

12 އޮކްޓޯބަރު 2024
ނެދަލެންޑްސް ސަލާމަތްކޮށްދިނީ ޑަމްފްރީސް
08 ޖުލައި 2024

އެތައް ކަމެއް ތަހަންމަލު ކުރަން ޖެހުނު، މިއީ ކުޅުންތެރިންގެ ހިތްވަރު: ކޫމަން

08 ޖުލައި 2024
އެތައް ކަމެއް ތަހަންމަލު ކުރަން ޖެހުނު، މިއީ ކުޅުންތެރިންގެ ހިތްވަރު: ކޫމަން
07 ޖުލައި 2024

ފަހަތުން އަރައި ތުރުކީ ބަލިކޮށް، ނެދަލެންޑްސް ސެމީ ފައިނަލަށް

07 ޖުލައި 2024
ފަހަތުން އަރައި ތުރުކީ ބަލިކޮށް، ނެދަލެންޑްސް ސެމީ ފައިނަލަށް
04 ޖުލައި 2024

ތަފާތަކަށްވީ ފެށުނީއެއްސުރެ ދައްކަމުން އައި ކުޅުން: ކޫމަން

04 ޖުލައި 2024
ތަފާތަކަށްވީ ފެށުނީއެއްސުރެ ދައްކަމުން އައި ކުޅުން: ކޫމަން
03 ޖުލައި 2024

ރޮމޭނިއާ ބަލިކޮށް، ނެދަލެންޑްސް ކުއާޓާ ފައިނަލަށް

03 ޖުލައި 2024
ރޮމޭނިއާ ބަލިކޮށް، ނެދަލެންޑްސް ކުއާޓާ ފައިނަލަށް
23 ޖޫން 2024

ނަތީޖާއާ މެދު ކޫމަން ހިތްހަމައެއް ނުޖެހޭ

23 ޖޫން 2024
ނަތީޖާއާ މެދު ކޫމަން ހިތްހަމައެއް ނުޖެހޭ
22 ނޮވެމްބަރު 2023

ކްރޮއޭޝިޔާ ޔޫރޯއަށް ކޮލިފައިވެއްޖެ

22 ނޮވެމްބަރު 2023
ކްރޮއޭޝިޔާ ޔޫރޯއަށް ކޮލިފައިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު