Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޔާސީ އިންތިޚާބަށް ތައްޔާރުވުން

ކުލައަށް ނުބަލައި އަނިޔާވެރިކަމާއި ދެކޮޅަށް ވޯޓު ދޭންޖެހޭ: ރޮޒެއިނާ

ރައްޔިތުން ވިސްނުން އިސްކުރަންޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 11 ސެޕްޓެމްބަރު 2023 | ހޯމަ 02:56
ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވާހަކަފުޅު ދައްކަވަނީ

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވާހަކަފުޅު ދައްކަވަނީ

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ކުލައަށް ނުބަލާ އަނިޔާވެރިކަމާއި ދެކޮޅަށް ވޯޓު ދިނުމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ގޮވާލައިފިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް ވޯޓު ދިން މީހުންނަށް ޝުކުރުއަދާކުރައްވާ، ރޮޒެއިނާ ވިދާޅުވީ އިންތިޚާބު ދެވަނަ ބުރަކަށް ދިއުމަށް ރައްޔިތުން ނިންމި ނިންމުމަކީ ގައުމު އިސްކޮށް ނިންމި ނިންމުމެއް ކަމަށެވެ. އަދި ދެވަނަ ބުރުގައި އުންމީދުކުރަނީ ކުލައަށް ބެލުމެއް ނެތި ވޯޓުދޭނެ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

ރޮޒެއިނާ ވިދާޅުވީ ރައްޔިތުން ވިސްނުން އިސްކުރަންޖެހޭ ކަމަށާއި އަނިޔާވެރިކަމާއި ހަމަނުޖެހުމާއި ދެކޮޅަށް ވޯޓު ދޭން ޖެހޭ ކަމަށެވެ.

ސެޕްޓެންބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ދެވަނަ ބުރަކަށް ގޮސްފައިވާއިރު، އިންތިޚާބުގެ ނަތީޖާއިން ޕީއެންސީގެ ކެންޑިޑޭޓު ޑރ.މުހައްމަދު މުއިއްޒު ވަނީ ކުރި ހޯއްދަވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހަށް ލިބިވަޑައިގެންނެވީ ދެވަނައެވެ.

އެކަމާއި ގުޅިގެން އެމްޑީޕީން ބުނީ ހެދިފައިވާ ގޯސްތައް މިހާރު ދެނެގަނެވިފައިވާ ކަމަށާއި، އެކަންކަން ދިރާސާ ކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އަދި ސެޕްޓެންބަރު މަހުގެ 30 ވަނަ ދުވަހު ބާއްވާ އިންތިޚާބުގެ ދެވަނަ ބުރަށް ތައްޔާރުވުމުގެ މަސައްކަތްތައް ފަށާފައިވާކަމަށް ވެސް އެމްޑީޕީން ބުނެއެވެ. އެމްޑީޕީން ބުނީ ކޯލިޝަން ހެދުމަށް މަޝްވަރާތައް ކުރަމުންދާ ކަމަށާއި، ކެންޕޭނަށް ގެންނަންޖެހޭ ބަދަލުތަކާއެކު ވަރަށް އަވަހަށް ކެންޕޭން ވެސް ފަށާނެ ކަމަށެވެ. އަދި ސަޕޯޓަރުން މާޔޫސްނުވުމަށާއި، މަސައްކަތް ކުރުމުން މިއީ ފަސޭހައިން ކާމިޔާބު ކުރެވޭނެ އިންތިޚާބެއް ކަމަށް އެމްޑީޕީން ބުނެއެވެ.

ރިޔާސީ އިންތިޚާބު 2023ރޮޒައިނާ އާދަމްއެމްޑީޕީ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
09 ޑިސެމްބަރު 2025

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް
09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
09 ޑިސެމްބަރު 2025

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު
09 ޑިސެމްބަރު 2025

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ
08 ޑިސެމްބަރު 2025

އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި

08 ޑިސެމްބަރު 2025
އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި
08 ޑިސެމްބަރު 2025

އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު

08 ޑިސެމްބަރު 2025
އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު
08 ޑިސެމްބަރު 2025

އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަނަކަށް މެންބަރު ޣަފޫރު

08 ޑިސެމްބަރު 2025
އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަނަކަށް މެންބަރު ޣަފޫރު
26 ނޮވެމްބަރު 2025

އެމްޑީޕީ ސަރުކާރުން ފުވައްމުލަކު ހޮސްޕިޓަލަށް ދިން އެމްބިއުލާންސް އާއި ކަނޑު އުޅަންދު ވެރިކަން ބަދަލު ވުމާއެކު ވީނުވީއެއް ނޭންގި ވަނީ ގެއްލިފަ: ޟިރާރު

26 ނޮވެމްބަރު 2025
އެމްޑީޕީ ސަރުކާރުން ފުވައްމުލަކު ހޮސްޕިޓަލަށް ދިން އެމްބިއުލާންސް އާއި ކަނޑު އުޅަންދު ވެރިކަން ބަދަލު ވުމާއެކު ވީނުވީއެއް ނޭންގި ވަނީ ގެއްލިފަ: ޟިރާރު
26 ނޮވެމްބަރު 2025

ފުވައްމުލަކު ގައި ހިނގަމުން އަންނަ މަޝްރޫޢުތަކުގެ ދުވެލި އަވަސްކޮށް، ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފެށުމަށް ސަރުކާރަށް އިލްތިމާސްކުރަން: ފައިސަލް ނަސީމް

26 ނޮވެމްބަރު 2025
ފުވައްމުލަކު ގައި ހިނގަމުން އަންނަ މަޝްރޫޢުތަކުގެ ދުވެލި އަވަސްކޮށް، ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފެށުމަށް ސަރުކާރަށް އިލްތިމާސްކުރަން: ފައިސަލް ނަސީމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު