Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުސުޕްރީމް ކޯޓު

ސުޕްރީމް ކޯޓުން ވަގަށް އަނބު ބިނދެފައި ބުނީ، އެކަން ކުރީ ވޯޓުލުން ކުރިއަށްދާތީ ރައްޓެހިންނަށް އަނބުކޮޅެއް ބަހަންކަމަށް

އޭނާ 15 ދުވަހަށް ބަންދު ކުރުމަށް ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 10 ސެޕްޓެމްބަރު 2023 | އާދީއްތަ 10:12
ސުޕްރީމް ކޯޓް

ސުޕްރީމް ކޯޓް

އިންތިޚާބުތަކާއި ދިމާކޮށް އެކި ޒާތުގެ އެކި އެއްޗެހި "ބެހުމަކީ" މިއީ ކޮންމެ އިންތިޚާބަކާއި ގުޅިގެންވެސް ހިނގާ ކަމެކެވެ. ރާއްޖޭގައި އޮންނަ ސަޤާފަތެކެވެ. ކޮރަޕްޝަންގެ ކުށެކެވެ.

ހަގީގަތުގައި ވޯޓާ ދިމާކޮށް އެއްޗެހި ނުބަހަންވީއެވެ. ތިމާގެ މީހުންނާއި ރައްޓެހިންނަށް އަނބާއި، ފޭރާއި، ކަރަލާއި، ފަޅޯ ބަހަންވެސް އިންތިޚާބު ނޫން ދުވަހެއް ބަލަންވީއެވެ. ހައްތާވެސް ކޮރަޕްޝަންގެ ހިރާސް ކުޑަވާނެ ގޮތަކަށެވެ.

އަދި އެގޮތަށް ބަހާ އެއްޗަކީވެސް ތިމާ ހަލާލު ގޮތުގައި ހޯދާފައިވާ އެއްޗަކަށްވާން ޖެހެއެވެ.

މިސާލަކަށް ރައްޓެހިންނަށް އަނބު ބެހުމަށްވެސް ސުޕްރީމް ކޯޓުގައި ނުވަތަ އެހެންވެސް ތަނެއްގައި ހުރި ގަހަކުން ވައްކަން ކޮށްގެން ނުވާނެއެވެ. އެއީ ގޯހެކެވެ.

މާލޭގައިވެސް އެފަދަ ކަމެއް މިވަނީ ހިނގާފައެވެ.

ސުޕްރީމް ކޯޓުގެ އަނބުގަހުން އަނބު ބިންނަން ހުއްޓައި ހައްޔަރުކުރި މީހާ ބުނާ ގޮތުގައި އޭނާ އަނބު ބިނީ ވޯޓުލުން ކުރިއަށްދާތީ ރަޙުމަތްތެރިންނަށް އަނބު ބެހުމަށެވެ.

އެ ގަހުން އަނބު ބިނުމަކީ މަނާކަމެއްކަމަށް އޭނާއަށް ނޭނގޭކަމަށްވެސް 39 އަހަރުގެ މި މީހާ ބުންޏެވެ.

ވައްކަމާއި މަސްތުވާތަކެތީގެ ރެކޯޑު އޮންނަ މި މީހާ 15 ދުވަހަށް ބަންދު ކުރުމަށް ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އޭނާ ބުނާ ގޮތުގައި އަނބު ބިންނަން އެރީ ވޯޓާ ދިމާކޮށް ރަޙުމަތްތެރިންނަށް އަނބުކޮޅެއް ބަހާލުމުގެ ނިޔަތުގައެވެ.

އުފެދޭ ސުވާލަކީ ވޯޓާ ދިމާކޮށް އެއްޗެއް ބަހަން ކޮންމެހެންވެސް މި ޖެހެނީ ކީއްވެތޯއެވެ؟ އެ ސަޤާފަތް ޤައުމުގައި އަށަގެންފައި އޮތް މިންވަރުން، ކޮންމެހެންވެސް އެއްޗެއް ބަހާނުލައި ނުވަނީބާއެވެ؟

އަބަދުވެސް މި އިވެނީ ވޯޓާ ދިމާކޮށް އެއްޗެހި ބަހާ ވާހަކައެވެ. އެއް ސިޔާސީ ޕާޓީން އަނެއް ސިޔާސީ ޕާޓީގެ ބޮލުގައި އެކަން އަޅުވަމުންދާއިރު، މިފަދަ އަޑެއް ނާރާ އިންތިޚާބެއް މި ޤައުމުގައިވެސް މަދެވެ.

ފައިސާ ބަހާ ވާހަކައާއި، އެހީތައް ބަހާ ވާހަކައާއި، ހަރުމުދާ ބަހާ ވާހަކައާއި، ވަޒީފާ ބަހާ ވާހަކައާއި، އެހެންގޮސް ކިޔާނެ ކަމެއް ނެތެވެ. އިންތިޚާބާ ދިމާކޮށް ނުބަހަންވީއެވެ. އެއްވެސް ބަޔަކު، އެއްވެސް އެއްޗެއް، ހެޔޮ ނިޔަތުގައިވެސް އެ ދުވަހު ނުބަހަންވީއެވެ.

ސުޕްރީމް ކޯޓުން ވައްކަން ކުރި މީހާވެސް އެންމެ ފަހުން މި ބުނީ އެއީ ވޯޓާ ދިމާކޮށް ރައްޓެހިންނަށް އަނބުކޮޅެއް ބަހާލަން ކުރިކަމެއްކަމަށްވިއްޔާއެވެ.

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2018

އިންޑިޔާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ކިބައިން ހިތްވަރު ލިބިގަތުން

13 ޖެނުއަރީ 2018
އިންޑިޔާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ކިބައިން ހިތްވަރު ލިބިގަތުން
07 ޖެނުއަރީ 2018

އިންސާފު ޤާއިމްކުރުމުގައި ސުޕްރީމް ކޯޓު ވަނީ ފެއިލްވެފައި!؟

07 ޖެނުއަރީ 2018
އިންސާފު ޤާއިމްކުރުމުގައި ސުޕްރީމް ކޯޓު ވަނީ ފެއިލްވެފައި!؟
02 ޖެނުއަރީ 2018

ސިވިލް ކޯޓުން އަނެއްކާ ވެސް ރެކޯޑަކާ ދިމާލަށް: ހުށަހެޅި އަދަދަށް ވުރެ ގިނަ އިން ނިންމާނަން!

02 ޖެނުއަރީ 2018
ސިވިލް ކޯޓުން އަނެއްކާ ވެސް ރެކޯޑަކާ ދިމާލަށް: ހުށަހެޅި އަދަދަށް ވުރެ ގިނަ އިން ނިންމާނަން!
10 އޮކްޓޯބަރު 2017

އެމްޑަބްލިއުއެސްސީގައި އޮންނަ ހިޓާޗީގެ ހިއްސާ އަނބުރާ ހޯދަނީ 'ކެވޭ'ވަރު މަދުވީމަތޯ؟

10 އޮކްޓޯބަރު 2017
އެމްޑަބްލިއުއެސްސީގައި އޮންނަ ހިޓާޗީގެ ހިއްސާ އަނބުރާ ހޯދަނީ 'ކެވޭ'ވަރު މަދުވީމަތޯ؟
30 އޯގަސްޓު 2017

ސުޕްރީމް ކޯޓުން އަލިފާން ގަނޑަށް ޕެޓްރޯލް އަޅައި، ހުޅުގަނޑު ބޮޑުކޮށްލީތަ؟

30 އޯގަސްޓު 2017
ސުޕްރީމް ކޯޓުން އަލިފާން ގަނޑަށް ޕެޓްރޯލް އަޅައި، ހުޅުގަނޑު ބޮޑުކޮށްލީތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު