Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބްރެޒިލް ޤައުމީ ޓީމު

ޑިނިޒް ބޭނުންވަނީ ޓީޓޭގެ ލެގަސީ ބިނާކުރަން

ފީފާ ވޯލްޑް ކަޕް ކާމިޔާބު ނުކުރެވުނު ނަމަވެސް، ޓީޓޭ ކުރި މަސައްކަތަށް ތައުރީފު ހައްގު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 9 ސެޕްޓެމްބަރު 2023 | ހޮނިހިރު 01:26
ބްރެޒިލްގެ ވަގުތީ ކޯޗު ފެނާންޑޯ ޑިނިޒް

ބްރެޒިލްގެ ވަގުތީ ކޯޗު ފެނާންޑޯ ޑިނިޒް

އަމާޒަކީ ބްރެޒިލްގެ ކުރީގެ ކޯޗު ޓީޓޭގެ ލެގަސީ ބިނާކުރަން ކަމަށް ބްރެޒިލްގެ ވަގުތީ ކޯޗު ފެނާންޑޯ ޑިނިޒް ބުނެފި އެވެ.

އޭނާ މިހެން ބުނީ، ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ބޮލީވިއާއާ ދެކޮޅަށް ނިކުންނަ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުންނެވެ. ޑިނިޒް ބުނީ އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ، އެކަކު އަނެކަކު ރަނގަޅަށް ދެނެގަތުން ކަމަށާއި، އެއަށްފަހު ޓީމެއްގެ ގޮތުގައި އަހުލުވެރިވުން ކަމަށެވެ. އޭނާ ބުނީ ބްރެޒިލްގެ ކުޅުންތެރިން ކުރީގެ ކޯޗު ޓީޓޭ އާއެކު ހަ އަހަރު ދުވަސް ހޭދަކުރި ކަމަށާއި، އެއީ ވަރަށް ރަނގަޅު ދުވަސްތަކެއް ކަމަށެވެ. އެ މުއްދަތުގައި ފީފާ ވޯލްޑް ކަޕް ކާމިޔާބު ނުކުރެވުނު ނަމަވެސް، ޓީޓޭ ކުރި މަސައްކަތަށް ތައުރީފު ހައްގު ކަމަށް ޑިނިޒް ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އޭނާ ބުނީ، ބްރެޒިލް ކުޅުންތެރިންގެ ކިބައިގައި ހުރި އެންމެހައި ރަނގަޅު ކަންތައްތަކުގެ ބޭނުން އޭނާ ހިފާނެ ކަމަށެވެ. އޭނާ ދެކޭ ގޮތުގައި އެކަންކަން ބޭނުންކޮށްގެން ބްރެޒިލްގެ ކުޅުންތެރިންނަށް، އޭނާ ބޭނުންވާ ކަންކަން ހާސިލްކުރެވޭނެ އެވެ. އެހެންކަމުން މިހާރު ކުޅުމުގެ ވައްޓަފާޅި އާއި އެހެނިހެން ކަންކަމަށް މަޑު މަޑުން ބަދަލު ގެނައި ނަމަވެސް، ކުރިއަށް ދާނީ ކުރީގެ ބްރެޒިލް ޓީމުގެ ގޮތުގައި ކަމަަށް އޭނާ ވަނީ ބުނެފަ އެވެ. އޭނާ ބުނީ ޓީމުގެ ފަރިތަކުރުންތަކުގައި ކުޅުންތެރިންގެ ފަރާތުން އެކަންކަން ފެންނަމުން ދަނީ އެންމެ ފުރިހަމަ އަށް ކަމަށާއި، ދެން އޮތް ކަމަކީ މެޗުތަކުގައި އެކަންކަން ބޭނުން ކުރުން ކަމަށެވެ.

ހަ އަހަރު ދުވަހަށް ފަހު ބްރެޒިލްގެ ކޯޗުކަން ޓީޓޭ ދޫކޮށްލީ މިދިޔަ އަހަރު އެވެ. މިދިޔަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕްގެ ކުރިން ވެސް ޓީޓޭ ވަނީ، އެ މުބާރާތަށްފަހު ޓީމު ދޫކޮށްލާނެކަން އިއުލާން ކޮށްފަ އެވެ. އެ މުބާރާތުން ބްރެޒިލް ކެޓީ ކުއާޓާ ފައިނަލްގައި ކްރޮއޭޝިއާ އަތުން ބަލިވެގެންނެވެ. ބްރެޒިލްގެ ފުޓުބޯޅަ ފެޑެރޭޝަނުން އަންނަނީ އެ ޤައުމުގެ ދާއިމީ ކޯޗަކަށް އިޓަލީގެ ކާލޯ އަންޗެލޯޓީ ގެނައުމުގެ މަސައްކަތް ކުރަމުންނެވެ.

އިތުރަށް ކިޔާލަން

31 މެއި 2017

އިބްރާހިމޮވިޗް ބޭނުންވަނީ ޕްރިމިއާ ލީގުގައި ކުޅެން: އެޖެންޓް

31 މެއި 2017
އިބްރާހިމޮވިޗް ބޭނުންވަނީ ޕްރިމިއާ ލީގުގައި ކުޅެން: އެޖެންޓް
31 މެއި 2017

ޓްރާންސްފާ ބާޒާރުގައި ބާސާ އިން ހޯދަން ބޭނުންވަނީ ޔުނައިޓެޑްގެ ހެރޭރާ

31 މެއި 2017
ޓްރާންސްފާ ބާޒާރުގައި ބާސާ އިން ހޯދަން ބޭނުންވަނީ ޔުނައިޓެޑްގެ ހެރޭރާ
27 މެއި 2017

އަހަރެން ބޭނުންވަނީ ޗެލްސީގައި މަޑުކުރަން: ވިލިއަން

27 މެއި 2017
އަހަރެން ބޭނުންވަނީ ޗެލްސީގައި މަޑުކުރަން: ވިލިއަން
13 މެއި 2017

ޗެމްޕިއަންކަން ހޯދަން ބޭނުންވަނީ ސައްތައިން ސައްތަ ރެކޯޑަކާއެކު: ފޮޓޯ

13 މެއި 2017
ޗެމްޕިއަންކަން ހޯދަން ބޭނުންވަނީ ސައްތައިން ސައްތަ ރެކޯޑަކާއެކު: ފޮޓޯ
11 މެއި 2017

މާޒީގެ ވާހަކަ ދައްކަން ބޭނުމެއް ނެތް، ޓީސީއަތުން ބޭނުންވަނީ މޮޅެއް: ސެކުލޮސްކީ

11 މެއި 2017
މާޒީގެ ވާހަކަ ދައްކަން ބޭނުމެއް ނެތް، ޓީސީއަތުން ބޭނުންވަނީ މޮޅެއް: ސެކުލޮސްކީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު