Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިސްލާމް ދީން ކުރިއެރުވުން

މިދިޔަ 5 އަހަރުތެރޭގައި އިސްލާމްދީނުގެ ކަންކަން ބުނެދީ އާންމުން ހޭލުންތެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވޭ: އިސްލާމިކް މިނިސްޓަރު

8 ސެޕްޓެމްބަރު 2023 | ހުކުރު 08:25

އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ އިސްލާމްދީނުގެ ސައްހަ އަގީދާ ރައްޔިތުންނަށް ބުނެދިނުމަށް

އަމްނާ އިމާދު
އަމްނާ އިމާދު | 8 ސެޕްޓެމްބަރު 2023 | ހުކުރު 08:25
އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ

މިފާއިތުވި ފަސް އަހަރުގެ ތެރޭގައި އިސްލާމްދީނުގެ ކަންކަން ބުނެދީ އާންމުން ހޭލުންތެރިކުރުވުމަށް އެކި ދާއިރާތަކުން ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

2018-2023ށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ނަޒަރެއް އެ ފޮތަށް ދެއްވާފައިވާ ބަސްތީގަތުމެއްގައި މިނިސްޓަރު ވިދާޅުވީ މިނިސްޓްރީއަކީ އިސްލާމްދީނުގެ ޝިއާރުފާޅުކުރުމާއި ދީނީ މައުލޫމާތު ފެތުރުމުގައި ފަސޭހަ ގޮތްތަކެއް ގާއިމްކޮށް، ދިވެހިންގެ މެދުގައި ދީނީ އެއްބައިވަންތަކަން ދަމަހައްޓައ،ި ދީނީ ގޮތުން ހޭލުންތެރި މުޖުތަމައެއް ބިނާކުރުމުގެ އަމާޒު ހާސިލްކުރުމަށް މަސައްކަތްކުރަމުންދާ މުއައްސަސާއެއް ކަމަށެވެ.

މި މުއައްސަސާގެ ދަށުން މަސައްކަތްކުރާ އެންމެހާ މުވައްޒަފުން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ އިސްލާމްދީނުގެ ސައްހަ އަގީދާ ރައްޔިތުންނަށް ބުނެދީ ރައްޔިތުންނަކީ އިސްލާމްދީނަށް ހޭލުންތެރި ބަޔަކަށް ހެދުމަށް ކަމަށެވެ.

އެގޮތުން ތަފާތު މަސައްކަތްތައް މި މިނިސްޓްރީން ކުރިއަށް ގެންގޮސް 2018 އިން ފެށިގެން 2023ގެ ނިޔަލަށް މިވީ 5 އަހަރުދުވަހުގެ ތެރޭގައި ތަފާތު ގިނަ މަސައްކަތްތަކެއް ކުރެވި، އާއްމުންނާ ހަމައަށް ގެނެސްދެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އިސްލާމްދީނުގެ ކަންކަން ބުނެދީ އާންމުން ހޭލުންތެރިކުރުވުމުން ފެށިގެން އެކި އުމުރުފުރާތަކަށާއި އެކި ދާއިރާތަކުން ގިނަ ޕްރޮގްރާމްތަކެއް ހިންގިފައިވާކަމަށެވެ. އަދި ވިދާޅުވީ މިއީ ކާމިޔާބުކަމާއެކު ފާހަގަކޮށްލެވޭނެ 5 އަހަރު ކަމަށާއި، މި 5 އަހަރުގެތެރޭގައި މިހާތަނަށް މިނިސްޓްރީން ކުރިއަށް ނުގެންދާހާ ގިނަ ޕްރޮގްރާމްތައް ކުރިއަށްގެންދެވިފައިވާ ކަމަށެވެ.

މިއީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ދިނީ ކަންތައްތަކަށް ދެއްވާ އަހައްމިއްޔަތުކަން ހާމަވެގެންދާކަމެއް ކަމަށް ވެސް އިސްލާމިކް މިނިސްޓަރު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް

20 ފެބުރުއަރީ 2017
ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް
14 ފެބުރުއަރީ 2017

މިދިޔަ އަހަރު އެންމެގިނައިން ހުށަހެޅުނީ ޕްރޮކިއުމެންޓާ ގުޅޭ މައްސަލަ:އޭސީސީ

14 ފެބުރުއަރީ 2017
މިދިޔަ އަހަރު އެންމެގިނައިން ހުށަހެޅުނީ ޕްރޮކިއުމެންޓާ ގުޅޭ މައްސަލަ:އޭސީސީ
10 ފެބުރުއަރީ 2017

މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު

10 ފެބުރުއަރީ 2017
މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް