Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހުކުރު ޚުތުބާ

ހުކުރު ދުވަހު ދުއާ އިޖާބަކުރައްވާ ޚާއްސަ ވަގުތެއްވޭ، މަސައްކަތުން ދުރުވެ ނަމާދަށް އަވަސްވެގަންނަ މީހަކީ ނަސީބުވެރިއެއް: ޚުތުބާ

ހުކުރު ދުވަހު ކުރެވޭ އެންމެ މާތް އަޅުކަމަކީ ހުކުރު ނަމާދު

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 8 ސެޕްޓެމްބަރު 2023 | ހުކުރު 08:03
ހުކުރު ނަމާދު ކުރުމަށް ޖަމާއަތް ހަދައިގެން

ހުކުރު ނަމާދު ކުރުމަށް ޖަމާއަތް ހަދައިގެން

ހުކުރު ދުވަހަކީ އެދުވަހެއްގައި ދުއާ އިޖާބަކުރައްވާ ޚާއްސަ ވަގުތެއްވާ ދުވަހެއް ކަމަށާއި، ދުންޔަވީ މަސައްކަތުން ދުރުވެ ހުކުރު ނަމާދަށް އަވަސްވެގަންނަ މީހަކީ ބޮޑުވެގެންވާ ނަސީބުވެރިއެއް ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

''ހުކުރުގެ ދަރުމައާއި ސަވާބު ހެޔޮގޮތުގައި ލިބިގަންނާށެވެ'' މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ މިއަދަކީ ބަރަކާތުން ފުރިގެންވާ ހުކުރު ދުވަސް ކަމަށާއި، ހުކުރު ދުވަހަކީ އެދުވަހެއްގައި އިންސާނީ ނަސްލުގެ ފެށުންކަމުގައިވާ މުޅި އިންސާނިއްޔަތުގެ ބައްޕަ އާދަމްގެފާނު ހަލްގު ކުރެއްވި ތާރީހީ ދުވަސް ކަމަށެވެ. އަދި އެކަލޭގެފާނު ސުވަރުގެ ވެއްދެވުނު ދުވަސް ކަމަށެވެ.

Advertisement - newsAdvertisement

ހުކުރު ދުވަހަކީ އެދުވަހެއްގައި ދުއާ އިޖާބަ ކުރައްވާ ޚާއްސަ ވަގުތެއްވާ ދުވަސްކަން ފާހަގަކޮށް ޚުތުބާގައި ބުނީ އެވަގުތަކީ ހުކުރު ދުވަހުގެ އަސުރު ނަމާދަށްފަހު އިރު އޮއްސުމާ ދެމެދު ވަގުތުގެ ތެރޭގައި ހިމެނޭ ވަގުތުކޮޅެއް ކަމުގައި އައިސްފައިވާ ކަމަށެވެ. ނުވަތަ އެއީ އިމާމު މީހާ މިންބަރަށް އެރީއްސުރެ ހުކުރު ނަމާދުކޮށް އަވަދިވެއްޖެއުމާ ދެމެދުގައިއެވާ ވަގުތުގެ ތެރޭގައި ހިމެނޭ ހިނދުކޮޅެއްކަމުގައި ވެސް ރިވާވެގެންވާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ ހެޔޮކަމުގެ މޫސުންތައް ކެނޑިނޭޅި ތަކުރާރުކޮށް އިންސާނުންނަށް މާތްﷲ ދެއްވަނީ ހެޔޮ ގޮތުގައި އެފުރުސަތަކުގެ ބޭނުން ހިފައި އެކަމުގެ ސަބަބުން ފާފަތައް ފުހެވި ތިމާގެ ހެޔޮ އަމަލުތަކުގެ ފަތް ބަރުވެ ދެދުނިޔޭގެ ކާމިޔާބު ހޯދުމަށް މަސައްކަތް ކުރުމަށް ކަމަށެވެ. އެއީ އިންސާނާއަކީ އަބަދާއިއަބަދު ފާފައަށް ހުށަހެޅިފައިވާ ނިކަމެތި މީހަކަށް ވީހިނދު އެބައިމީހުންގެ ވެރިރަސްކާލާނގެ ހަސްރަތުން މިފަދަ ދީލަތި ފުރުސަތުތަކެއް ނުލިބޭނަމަ އިންސާނާ ވާނީ ބޮޑުވެގެންވާ ހަލާކެއްގެ ތެރޭގައި ކަމަށް ޚިތުބާގައި ބުނެފައިވެއެވެ. އަދި ހުކުރު ދުވަހު ކުރެވޭ އެންމެ މާތް އަޅުކަމަކީ ހުކުރު ނަމާދު ކަމަށް ބުނެފައިވެއެވެ.

ދުންޔަވީ މަސައްކަތުން ދުރުވެ ހުކުރު ނަމާދަށް އަވަސްގަންނަ މީހަކީ ބޮޑުވެގެންވާ ނަސީބުވެރިއެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ ހުކުރު ދުވަހުގެ ޚުތުބާ ފެށުމަށްފަހު ހުކުރަށް އަންނަ މީހުންނަކީ ހުކުރަށް ހާޒިރުވި މީހުން ލިޔުއްވުމަށް މާތްﷲ ޚާއްސަ ކުރައްވާފައިވާ މަލާއިކަތުންގެ ފަތްފުށްތަކުގައި ލިޔެވޭނެ ބައެއް ނޫން ކަމަށެވެ. އެފަދަ މީހުންގެ ހުކުރު ނަމާދު ސައްހަވާނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. ނަމަވެސް ހުކުރު ނަމާދަށް މާތް ﷲ ޚާއްސަ ކުރައްވާފައިވާ ދަރުމައާއި ސަވާބު ވަރަށް ބޮޑު ބައެއް އެފަދަ މީހުންނަށް އުނިވާނެ ކަމަށާއި، މިއަދު އަހަރެމެންގެ މުޖުތަމައުގެ ބައެއް ފަރުދުން މިފަދަ ކަންކަމަށް އެއްވެސް ސަމާލުކަމެއް ނުބަހައްޓާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އެގޮތުން ޝަރުއީ އެއްވެސް އުޒުރަކާ ނުލައި ހުކުރު ނަމާދަށް އައުމުގައި ފަރުވާ ކުޑަ ކުރުމާއި، ހުކުރު ނަމާދު އަޅާފައި ޕިކުނިކު ދިއުމާއި، އަދި މިނޫން ވެސް ތަފާތު ކަންކަމުގައި މަޝްއޫލުވެ ތިބޭކަމީ ހިތާމަ ހުރި ކަމެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި ޚުތުބާގައި ބުނީ މަގުބޫލު އުޒުރަކާ ނުލައި ހުކުރު ނަމާދަށް ނައިސް ތިބުމަކީ އެބައިމީހުންގެ ހިތުގައި ސިއްކަޖެހި ބަންދުވާނެ ކަމަށެވެ.

މީގެ އިތުރުން ހުކުރު ދުވަހު ދެވޭ ހުކުރު ޚުތުބާއަކީ އިންސާނާގެ ދެދުނިޔޭގައި ބާއްޖަވެރިކަމަށްޓަކައި ދެވޭ ވަރަށް މުހިންމު އިރުޝާދުތަކެއް ކަމަށާއި، ޚުތުބާއާއި ނުލައި ހުކުރު ނަމާދު ފުރިހަމައެއް ނުވާނެ ކަމަށް ބުނެފައިވެއެވެ. ޚުތުބާ އަޑުއެއްސެވުމަށް މަލާއިކަތުން ހަމަހިމޭނުން ތިއްބަވާއިރު އަހަރެމެން އިންސާނުން އެ ޚުތުބާއަށް ކަނުލައި އެހުން މާ އައުލާކަން ބޮޑުކަން ފާހަގަކޮށް ޚުތުބާގައި ބުނީ ކަން މިހެން ހުރި ނަމަވެސް ޚުތުބާ ކިޔަމުންދާއިރު، މިސްކިތުގެ ފެންޑާގައްޔާއި މިސްކިތުގެ ގޯތިތެރޭގައްޔާއި މިސްކިތުން ބޭރުގައިވެސް ވާހަކަ ދައްކަން ތިބުމަކީ ބައެއް މީހުންގެ ފަރާތުން ފެންނަމުންދާ ވަރަށް ހިތާމަވެރި މަންޒަރުތަކެއް ކަމަށެވެ.

ހުކުރު ދުވަހުގައި ސަމާލުވާންޖެހޭ ކަންކަމަށް އިޝާރާތްކޮށް ޚުތުބާގައި ބުނީ ހުކުރު ނަމާދަށް ދިއުމަށް ހިނައިގަތުމާއި، ހުވަނދުލުމާއި، އަވަހަށް މިސްކިތަށް އައުމާއި، ކުރިން އަންނަ މީހުން މިސްކިތުގެ ކުރީ ސަފުތައް ފުރަމުން ގެންދިއުމާއި، މިސްކިތަށް ވަދެ މިސްކިތުގައި އިށީނުމުގެ ކުރިން މަސްޖިދު ސުންނަތުގެ ދެ ރަކުއަތް ކުރުމާއި، ސަފުތައް ސީދާކުރުމާއި، މީހުންގެ ކޮނޑުމަތިން ހުރަސް ނުކުރުމަކީ ސަމާލުވާންޖެހޭނެ ކަންތައްތައް ކަމަށެވެ. އަދި މިއިން ކޮންމެ ކަމަކީ އެކަންކަމާބެހޭ ގޮތުން ރަސޫލާمُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ އިރުޝާދު ދެއްވާފައި ހުރި ކަންކަން ކަމުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!

ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!

31 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު