Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައްޑޫގެ ތަރައްޤީ

އައްޑޫ އޮތްގޮތް ސާފު، އައްޑޫ އޮތްގޮތް ރައީސަށް ދެންނެވި މަރުޚަބާ އިން ދައްކައިދީފި - މަޚްލޫފް

މި ސަރުކާރަށް ވުރެ ބޮޑަށް އިސްލާމީ ވަހުދަތާއި އަމާންކަން ޤާއިމްކޮށްދިން ސަރުކާރެއް ދެކެވަޑައިގެންފައި ނުވާ ކަމަށް މަޚްލޫފް ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 8 ސެޕްޓެމްބަރު 2023 | ހުކުރު 03:04
އުފާވެރި އަމާން ރާއްޖެ - އުފާވެރި އައްޑޫ ކެމްޕެއިން ޖަލްސާގައި މަޚްލޫފު ވާހަކަފުޅު ދައްކަވަނީ

އުފާވެރި އަމާން ރާއްޖެ - އުފާވެރި އައްޑޫ ކެމްޕެއިން ޖަލްސާގައި މަޚްލޫފު ވާހަކަފުޅު ދައްކަވަނީ

އައްޑޫ އޮތްގޮތް ސާފުކަމަށާއި އައްޑޫ އޮތްގޮތް ރައީސް އިބްރާހީމް މުހައްމަދު ޞާލިހަށް ދެންނެވި މަރުޚަބާ އިން ދައްކައިދީފައިވާ ކަމަށް މި ސަރުކާރުގެ ޔޫތު މިނިސްޓަރު އަހުމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.

އުފާވެރި އަމާން ރާއްޖެ - އުފާވެރި އައްޑޫ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޚްލޫފް ވަނީ ރިޔާސީ އިންތިޚާބަށް ކެމްޕެއިން ކުރަމުންދާއިރު، އައްޑޫ އިން އިދިކޮޅު ފަރާތްތަަކަށް މެޖޯރިޓީ ލިބޭނެ ކަމަށް ބުނަމުންދާތީ އެކަމަށް ރައްދުދެއްވާފައެވެ.

Advertisement - newsAdvertisement

މަޚްލޫފް ވިދާޅުވީ އައްޑޫ އަށް ވަޑައިގެންނެވުމުން ފެނިވަޑައިގެންނެވީ އެއާ މުޅިން ޚިލާފު މަންޒަރެއްކަމަށެވެ. އައްޑޫ އަކީ ސިޔާސީ ގޮތުން މުހިންމު މަސައްކަތްތަކެއް ކުރާ ރައްޔިތުން ތިބި ތަނެއްކަން ފާހަގަކުރައްވާ މަޚްލޫފް ވިދާޅުވީ ބުދަ ދުވަހު ރައީސް އިބްރާހީމް މުހައްމަދު ޞާލިހަށް އައްޑޫ އިން ދެންނެވި ހޫނު މަރުޚަބާއިން އައްޑޫ އޮތް ގޮތް ސާފުވާ ކަަމަށެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ހޮވަން އައްޑޫ އޮތީ ތައްޔާރަށްކަން ފެނިވަޑައިގެންނެވި ކަމަށެވެ.

އެއީ ރާއްޖޭގެ 150އަށް ވުރެ ގިނަ ރަށަށް ވަޑައިގެންނެވި އިރު އެ ހުރިހާ ރަށަކުން ވެސް ފެނިވަޑައިގެންނެވި ރޫހުކަމަށް މަޚްލޫފް ވިދާޅުވިއެވެ. ރަށްރަށަށް ގެނައި ތަރައްްޤީ އާއި ކުރިއެރުމުގެ ސަަބަބުން ރަށްރަށުން ތިބީ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިހަށް ވޯޓުދީ ވޯޓު ފޮށިތައް ފުރާލަން ތައްޔާރަށް ކަމަށް ވެސް މަޚްލޫފް ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މަޚްލޫފް ވަނީ އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. މަޚްލޫފް ވަނީ ދީނީ އިލްމުވެރިންގެ ނަމުގައި ބަޔަކު ލައްވާ ލިސްޓެއްގައި ސޮއިކުރުވަމުންދާ ކަމަށާއި މި ސަރުކާރު އޮވެއްޖެ ނަމަ ހަމަޖެހުމާއި އިސްލާމް ދީން ޤާއިމްވެ ނުއޮންނާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދާ ކަމަށެވެ. އެހެންނަމަވެސް މި ސަރުކާރަށް ވުރެ ބޮޑަށް އިސްލާމީ ވަހުދަތާއި އަމާންކަން ޤާއިމްކޮށްދިން ސަރުކާރެއް ދެކެވަޑައިގެންފައިނުވާ ކަމަށް މަޚްލޫފް ވިދާޅުވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވީހާވެސް އަވަހަށް ނުކުމެ ރައީސް ޞާލިހު އަށް ވޯޓުދޭން ޖެހޭ ކަމަށް މަޚްލޫފް ވިދާޅުވިއެވެ. އަދި އެމަނިކުފާނަކީ ކަންކަންކޮށްދެއްވާނެ ބޭފުޅެއްކަން ސާބިތުކޮށްދެއްވާފައިވާ ކަމަށް ވެސް މަޚްލޫފް ވިދާޅުވިއެވެ. އެގޮތުން ކުޅިވަރުގެ ދާއިރާއިން ރާއްޖެ އަށް ލިބެމުންދާ ކުރިއެރުންތަކަކީ ވެސް ރައީސް އެ ދާއިރާއަށް ގެންނެވި ބަދަލުތަކާއި ސިޔާސަތުތަކުގެ ފޮނި ނަތީޖާކަމަށް މަޚްލޫފް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
25 ޖެނުއަރީ 2017

އައްސޭރި ޖަލުގެ ޕެރިމީޓަރ ސާފުކޮށްފި

25 ޖެނުއަރީ 2017
އައްސޭރި ޖަލުގެ ޕެރިމީޓަރ ސާފުކޮށްފި
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު