Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޢިރާޤުގައި އަދިވެސް ހަނގުރާމައިގެ ހަނދާންތައް ތާޒާ

ޝާމިލުގެ "މޫސަލް": ވެއްޓިފައި އޮތް ފުރާޅެއްގެ ދަށުން އުފަލާއި ހިތާމަ

އައިސިސްގެ ހަނގުރާމަވެރިން މޫސަލް ހިފުމަށްފަހު އެ ކާރުޚާނާ ބޭނުން ކުރަމުން ގެންގޮސްފައި ވަނީ ޗެކްޕޮއިންޓެއްގެ ގޮތުގައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 7 ސެޕްޓެމްބަރު 2023 | ބުރާސްފަތި 07:21
ޢިރާޤުގައި އަދިވެސް ހަނގުރާމައިގެ ހަނދާންތައް ތާޒާ

ޢިރާޤުގައި އަދިވެސް ހަނގުރާމައިގެ ހަނދާންތައް ތާޒާ

އިރެއްގައި ބޮމާއި ބަޑީގެ ހަމަލާތަކުގެ އަޑުފަށްގަނޑުން ގުގުމަމުން ދިޔަ ޢިރާޤުގެ މަޞްރަޙު މިއަދު އޮތީ މުޅިން ބަދަލުވެފައޭ ދެންނެވުމަކުން ގޯހެއް ނެތެވެ. ނަމަވެސް ހަނގުރާމައިގެ ހަނދާންތައް އަދިވެސް ތާޒާއެވެ. ބަދަލު ކުރި ހަމަލާތަކުގައި ސުންނާފަތި ވެފައި ވާ ޢިމާރާތްތަކުގެ ބައިތައް އަދިވެސް އެގޮތުގައި ފެންނަން ހުރި ސަރަޙައްދުތައް އެބަ ހުއްޓެވެ. އަހުމަދު ޝާމިލްއަކީ އެފަދަ ތަނެއްގައި މިއަދު އޭނާގެ އަމިއްލަ ވިޔަފާރިއެއް ހިންގަމުން އަންނަ މީހެކެވެ.

ތިރިއަށް ވެއްޓި، ގޮނިވެފައި އޮތް ފުރާޅުލީ އެ ކާރުޚާނާއަކީ މިއަދު ޝާމިލުގެ ޖޫސްޖޮއިންޓްއެވެ. މޫސަލްގެ ގިނަ ބަޔަކު ފިނި ބުއިންތަކަށް އިންސާފުކޮށްލުމަށްޓަކައި އެއްވާ މައިޒާނެވެ. އެ ތަނުން އިވެމުން ދަނީ އެ ކާރުޚާނާގެ މާޒީއާ ގުޅޭ އޮލަ ވާހަކަތަކުގެ އަޑެވެ.

ޝާމިލްގެ ޖޫސްޖޮއިންޓް ހިންގާ އިމާރާތަކީ، މި ފަހުގެ ތާރީޚުގައި ދުނިޔެ ދުށް އެންމެ ވަރުގަދަ ޓެރަރިސްޓް ޖަމާޢަތް ކަމަށް ވާ އައިސިސްގެ ހަނގުރާމަވެރިން ވެރިކޮށްލައިގެން އުޅުނު ކާރުޚާނާއެކެވެ. އައިސިސްގެ ހަނގުރާމަވެރިން މޫސަލް ހިފުމަށްފަހު އެ ކާރުޚާނާ ބޭނުން ކުރަމުން ގެންގޮސްފައި ވަނީ ޗެކްޕޮއިންޓެއްގެ ގޮތުގައެވެ.

އައިސިސް ހަނގުރާމަވެރިންގެ ބާރު ކަނޑުވާލުމަށް ފަހު އާންމު ދިރިއުޅުމައިގެން ޢިރާޤުގެ އަހުލުވެރިން ކުރިއަށް ދާން މަސައްކަތް ކުރަމުންދާ ރޭހުގައި ޝާމިލުވެސް ދުލެއް ނުދެއެވެ. އައިސިސްއިން ޗެކްޕޮއިންޓެއްގެ ގޮތުގައި ބޭނުން ކުރަމުން ދިޔަ ކާރުޚާނާ ތެރޭގައި ހުރި މިސައިލްތަކާއި، ގޮވާތަކެތީގެ ބައިތައް ހަމަ އެ ހުރި ގޮތަށް ބަހައްޓާފައި ހުރީއެވެ. ވައިގެ ހަމަލާތައް އަމާޒުވެ، ޢިމާރަތަށް ލިބިފައި ހުރި ގެއްލުންތައް މަރާމާތު ކުރުމަށްވެސް މާ ބޮޑު މަސައްކަތްތަކެއް ކޮށްފައެއް ނެތެވެ. ކުރިހާވެސް ކަމަކީ، އޭނާގެ އިސްކޮޅު ހުންނަ ވަރަށް، ފުރާޅު އުފުލާލުމެވެ.

ޢުމުރުން 22 އަހަރުގެ ޒުވާނާ ކިޔައިދިން ގޮތުގައި އޭނާގެ ޖޫސްޖޮއިންޓަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓެއެވެ. މަގު ހިނގާފައި ދާ މީހުންވެސް އެ ތަން ހުރި ގޮތް ފެނި، އެ ތަނާ ބެހޭ މަޢުލޫމާތު އޮޅުން ފިލުވާ، އެ ކާރުޚާނާގެ ވާހަކަ އަޑުއަހަން މަޑުކޮށްލައެވެ.

"މޫސަލް"ގެ ނަން ދީފައިވާ ޖޫސް ޖޮއިންޓްގައި ޝާމިލު ވަޤުތުތައް ހޭދަ ކުރަމުން ދަނީ އޭނާގެ ކަސްޓަމަރުންގެ ޚިދުމަތުގައެވެ. ސުންނާފަތިވެފައި ވާ ޢިމާރާތެއްގެ އިޙުސާސް، ކުޑަކޮށްވެސް ނުކުރެވޭހާ ފުރިހަމައަށް ޚިދުމަތް ކުރުމުގައެވެ.

ޝާމިލުގެ މޫސަލްގައި، އައިސިސް އިން ބޭނުން ކުރި ކާރެއްވެސް ބާއްވަފައި އޮވެއެވެ. ހަލާކުވެފައި އޮތް އެ ކާރަކީ، މޫސަލް ސިޓީއިން ތަޙައްމަލު ކުރި ވޭންތަކުގެ ހަނދާނަކަށް އޭނާ ބާއްވައިގެން އުޅޭ ކާރެކެވެ.

އެއް ދުވަސްވަރެއްގައި ޢިރާޤާއި ސޫރިޔާގެ ބޮޑު ސަރަޙައްދެއް ކޮންޓްރޯލް ކުރަމުން ދިޔަ އައިސިސް ޖަމާޢަތުން މިހާރު އޮޕަރޭޓް ކުރަމުން ދަނީ 'ބިންގަރާހުގައި' ކަމަށްވެސް ދެންނެވިދާނެއެވެ. ޓެރަރިސްޓް ސެލްތައް އޮޕަރޭޓް ކުރަނީ އާންމު ދުނިޔެއަށް ފިލާ އޮވެގެންނެވެ.

އިތުރަށް ކިޔާލަން

18 އޯގަސްޓު 2018

ރިތިކް އޭނާގެ އަންނަން އޮތް ފިލްމްގެ ފުރަތަމަ ފޮޓޯ ދައްކާލައިފި

18 އޯގަސްޓު 2018
ރިތިކް އޭނާގެ އަންނަން އޮތް ފިލްމްގެ ފުރަތަމަ ފޮޓޯ ދައްކާލައިފި
07 މެއި 2018

ނިދާފައި އޮތް އަންހެނެއްގެ ކަންފަތައް ވަތް ކުރަތްޕެއް 9 ދުވަސް ފަހުން ނަގައިފި

07 މެއި 2018
ނިދާފައި އޮތް އަންހެނެއްގެ ކަންފަތައް ވަތް ކުރަތްޕެއް 9 ދުވަސް ފަހުން ނަގައިފި
19 އެޕްރީލު 2018

ބަންސާލީގެ ކުރިއަށް އޮތް ފިލްމަށް ރިތިކް ރޯޝަން؟

19 އެޕްރީލު 2018
ބަންސާލީގެ ކުރިއަށް އޮތް ފިލްމަށް ރިތިކް ރޯޝަން؟
28 ޑިސެމްބަރު 2017

އައިޝްވަރިޔާގެ ކުރިއަށްއޮތް ފިލްމުން ފެނިގެންދާނީ ޑަބަލް ރޯލުން

28 ޑިސެމްބަރު 2017
އައިޝްވަރިޔާގެ ކުރިއަށްއޮތް ފިލްމުން ފެނިގެންދާނީ ޑަބަލް ރޯލުން
25 ނޮވެމްބަރު 2017

ޕަދްމަވަތީއަށް އޮތް ތާއީދު ހާމަކުރުމަށް އިންޑިއާގެ ފިލްމް ސެޓުތައް ހުއްޓުމަކަށް!

25 ނޮވެމްބަރު 2017
ޕަދްމަވަތީއަށް އޮތް ތާއީދު ހާމަކުރުމަށް އިންޑިއާގެ ފިލްމް ސެޓުތައް ހުއްޓުމަކަށް!
23 ޖޫން 2017

އިންސާނެއްގެ ސިފަޔަށް އޮތް ކަންބަޅިއެއް އުފަންވުމާއެކު ދެކުނު އެފްރިކާ މީހުން ބިރުގަނެއްޖެ!

23 ޖޫން 2017
އިންސާނެއްގެ ސިފަޔަށް އޮތް ކަންބަޅިއެއް އުފަންވުމާއެކު ދެކުނު އެފްރިކާ މީހުން ބިރުގަނެއްޖެ!
20 އެޕްރީލު 2017

ވިހާފައި މަރާލަން ވަޅުލާފައި އޮތް ކުއްޖަކު 3 ދުވަސް ފަހުން ދިރި އޮއްވާ ކޮނެގެން ނަގައިފި

20 އެޕްރީލު 2017
ވިހާފައި މަރާލަން ވަޅުލާފައި އޮތް ކުއްޖަކު 3 ދުވަސް ފަހުން ދިރި އޮއްވާ ކޮނެގެން ނަގައިފި
13 މާރިޗު 2017

ގޭމް އޮފް ތްރޯންސް: ކުރިޔަށް އޮތް ސީޒަންގައި އެޑް ޝީރާން ފެންނާނެ

13 މާރިޗު 2017
ގޭމް އޮފް ތްރޯންސް: ކުރިޔަށް އޮތް ސީޒަންގައި އެޑް ޝީރާން ފެންނާނެ
08 މާރިޗު 2017

ލަންޑަނުގައި އޮތް ފެޝަން ޝޯއެއްގެ ރޭމްޕަށް އެރުމަށް އެންމެ ފަހު ވަގުތު ބިޕާޝާ ދެކޮޅު ހަދައިފި

08 މާރިޗު 2017
ލަންޑަނުގައި އޮތް ފެޝަން ޝޯއެއްގެ ރޭމްޕަށް އެރުމަށް އެންމެ ފަހު ވަގުތު ބިޕާޝާ ދެކޮޅު ހަދައިފި
23 ޖެނުއަރީ 2017

ވޮޝިންޓަންގައި ކުރިއަށްދިޔަ "ވިމެންސް މާޗް" އަށް ޕްރިޔަންކާގެ ސަޕޯޓު އޮތްކަން ހާމަކޮށްފި

23 ޖެނުއަރީ 2017
ވޮޝިންޓަންގައި ކުރިއަށްދިޔަ "ވިމެންސް މާޗް" އަށް ޕްރިޔަންކާގެ ސަޕޯޓު އޮތްކަން ހާމަކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު