Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުނި މެނޭޖްކުރާ މަރުކަޒު ގާއިމުކުރުން

20 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒު ގާއިމުކުރުމަށް ހަވާލުކޮށްފި

6 ސެޕްޓެމްބަރު 2023 | ބުދަ 12:23

މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ ތިން ޒޯނަކަށް ބަހާލައިގެން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 6 ސެޕްޓެމްބަރު 2023 | ބުދަ 12:23
20 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒު ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން

20 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒު ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން

20 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒު ގާއިމުކުރުމަށް ސަރުކާރުން އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޑަޓާ ހަވާލުކޮށްފިއެވެ.

ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި މިކަމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ޑިރެކްޓަރ ޖެނެރަލް، ފާތިމަތު ޝާނާ ފާރޫގު ސޮއިކުރެއްވިއިރު، އަޒްރޯވާ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ޕްރޮޖެކްޓް މެނޭޖަރު، ހެވަގޭ މަހެންދްރަ މަޑުސަނަކް ކަރުނަރަތަނޭއެވެ.

Advertisement - newsAdvertisement

މި މަޝްރޫއުގެ މަސައްކަތް ތިން ޒޯނަކަށް ބަހާލައިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު، ޒޯން 1ގެ ދަށުން ހއ. މާރަންދޫ، ހއ. އުލިގަމު، ހއ. މޮޅަދޫ، ހއ، ތަކަންދޫ، ހއ. މުރައިދޫ އަދި ހއ. ދިއްދޫގައި މަސައްކަތް ކުރިއަށް ގެންދާނެއެވެ. މި ރަށްތަކުގައި މަޝްރޫއު ކުރިއަށް ގެންދިޔުމުގެ ޖުމްލަ އަގަކީ 30 މިލިއަން އަށްލައްކަ ފަސްދޮޅަސް އަށްހާސް ދުއިސައްތަ ދިހަ ރުފިޔާ، ފަސްދޮޅަސް ފަސް ލާރިއެވެ.

ޒޯން 2ގެ ދަށުން ހދ. ނޮޅިވަރަމު، ހދ. ކުމުންދޫ، ހދ. ވައިކަރަދޫ، ހދ. މަކުނުދޫ، ހދ. ފިނޭ، ހދ. ހިރިމަރަދޫ، ހދ. ކުރިނބި އަދި ހދ. ނޭކުރެންދޫގައި މަސައްކަތް ކުރިއަށްގެންދަނީ 47 މިލިއަން ހަތަރު ލައްކަ ތިރީސްދެހާސް ހަސްތޭކަ ހަތަރު ރުފިޔާ، ފަސްދޮޅަސް ހަ ލާރިއަށެވެ.

ޒޯން 3ގެ ދަށުން ށ. ބިލެތްފަހި، ށ. ފީވައް، ށ. ފޭދޫ، ށ. ކަނޑިތީމު، ށ. ޅައިމަގު އަދި ށ. ނޫމަރާގައި މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 30 މިލިއަން ނުވަ ލައްކަ އެކާވީސް ހާސް ދުއިސައްތަ ނުވަ ރުފިޔާ، ހަތްދިހަ އެއްލާރިއަށެވެ. ތިން ޒޯނުގައިވެސް މަސައްކަތް ނިންމުމުމަށް ދީފައިވަނީ 8 މަސް ދުވަހުގެ މުއްދަތެކެވެ.

މި މަސައްކަތަކީ އޮޕެކް ފަންޑް ފޯ އިންޓަރނޭޝަނަލް ޑިވަލޮޕްމަންޓް ލޯން އެހީ އަދި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން 20 ރަށުގައި ކުނި ރައްކާކުރާނެ މަރުކަޒު ގާއިމުކުރުމުގެ މަސައްކަތެވެ.

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

15 މާރިޗު 2017

ބަލިން ރައްކާތެރިވުމަށް ޕަބްލިކް ހެލްތު ލާމަރުކަޒުކޮށް، އަވަސް މައުލޫމާތު ފޯރުކޮށްދޭން ޖެހޭ:ނަޝީދު

15 މާރިޗު 2017
ބަލިން ރައްކާތެރިވުމަށް ޕަބްލިކް ހެލްތު ލާމަރުކަޒުކޮށް، އަވަސް މައުލޫމާތު ފޯރުކޮށްދޭން ޖެހޭ:ނަޝީދު
01 މާރިޗު 2017

މަތީ ތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް އޮޑިޓްކުރުމުގެ މަސައްކަތް ފަށައިފި

01 މާރިޗު 2017
މަތީ ތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް އޮޑިޓްކުރުމުގެ މަސައްކަތް ފަށައިފި
26 ފެބުރުއަރީ 2017

މި ސަރުކާރަކީ ލާމަރުކަޒު ކުރުމާ ދެކޮޅު ސަރުކާރެއް، ނިޒާމް ދަމަހައްޓަން ޕީޕީއެމަށް ނޫނެކޭ ބުނަން ޖެހޭ: ޝަމާއު

26 ފެބުރުއަރީ 2017
މި ސަރުކާރަކީ ލާމަރުކަޒު ކުރުމާ ދެކޮޅު ސަރުކާރެއް، ނިޒާމް ދަމަހައްޓަން ޕީޕީއެމަށް ނޫނެކޭ ބުނަން ޖެހޭ: ޝަމާއު
20 ފެބުރުއަރީ 2017

ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި

20 ފެބުރުއަރީ 2017
ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި
18 ފެބުރުއަރީ 2017

މާލޭގެ ޒޯން ދޭއް އަދި ތިނަކުން ކުނި އުފުލުމުގެ ހިދުމަތަށް ރަޖިސްޓްރީކުރުމަށް ހުޅުވާލައިފި

18 ފެބުރުއަރީ 2017
މާލޭގެ ޒޯން ދޭއް އަދި ތިނަކުން ކުނި އުފުލުމުގެ ހިދުމަތަށް ރަޖިސްޓްރީކުރުމަށް ހުޅުވާލައިފި
14 ފެބުރުއަރީ 2017

ކުނި އުފުލަން ހާއްސަ އުޅަނދުތަކެއް، އަންނަ ހަފުތާގައި އިތުރު ސަރަހައްދުތަކުން ކުނި އުކާލެވޭނެ: ވެމްކޯ

14 ފެބުރުއަރީ 2017
ކުނި އުފުލަން ހާއްސަ އުޅަނދުތަކެއް، އަންނަ ހަފުތާގައި އިތުރު ސަރަހައްދުތަކުން ކުނި އުކާލެވޭނެ: ވެމްކޯ
11 ފެބުރުއަރީ 2017

މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި

11 ފެބުރުއަރީ 2017
މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި
27 ޖެނުއަރީ 2017

ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި

27 ޖެނުއަރީ 2017
ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި
25 ޖެނުއަރީ 2017

ވާދޫގައި ކުނިކޮށި ހެދުމަށް ބަޔަކާ ޙަވާލުކޮށްފި

25 ޖެނުއަރީ 2017
 ވާދޫގައި ކުނިކޮށި ހެދުމަށް ބަޔަކާ ޙަވާލުކޮށްފި
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް