Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް

ފައިސާ ނެތިގެން އުޅޭ އެފްއޭއެމަށް ވިހިހާސް ޑޮލަރުގެ ޖޫރިމަނާއެއް

އެފްއޭއެމުގައި މާލީ މައްސަލަތައް ގިނަ

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 6 ސެޕްޓެމްބަރު 2023 | ބުދަ 07:07
އެފްއޭއެމުގެ އިސްވެރިން: ގައުމީ ފުޓްބޯޅަ އިދާރާ އޮތީ މާލީ މައްސަލަތަކެއްގެ ތެރޭގައި

އެފްއޭއެމުގެ އިސްވެރިން: ގައުމީ ފުޓްބޯޅަ އިދާރާ އޮތީ މާލީ މައްސަލަތަކެއްގެ ތެރޭގައި

އޭއެފްސީ 23 އަހަރުން ދަށުގެ ކޮލިފައިންއިން ފަހު ވަގުތު ވަކިވުމުގެ އަދަބެއްގެ ގޮތުން ރާއްޖޭގެ އެފްއޭއެމަށް 20000 ޑޮލަރުގެ ޖޫރިމަނާއެއް އަންނާނެކަން ކަށަވަރުވެއްޖެ އެވެ.

މުބާރާތުގެ ގަވާއިދުގައިވާ ގޮތުން އެއްމަސްދުވަހަށްވުރެ ފަހުން މުބާރާތުން ވަކިވެއްޖެނަމަ 20000 ޑޮލަރުން ޖޫރިމަނާ ކުރެވޭނެ އެވެ.

އެފްއޭއެމަށް މި މުބާރާތުގެ ކޮލިފައިންގައި ބައިވެރިނުވެވުނީ ރާއްޖެއިން ބޭރަށް ދާން ބޭނުންވާ ޓިކެޓް ފައިސާ ހަމަނުވުމުންނެވެ. އެފްއޭއެމުން ބުނަނީ މިކަމުގައި ކުޅިވަރާ ބެހޭ މިނިސްޓްރީގެ އެހީތެރިކަމަކަށް އެދުނު ނަމަވެސް އެކަން ހަމަނުޖެހުނު ކަމަށެވެ. ނަމަވެސް ޔޫތު މިނިސްޓްރީން ވަނީ ރާއްޖެއިން ބޭރުގެ މުބާރާތެއްގައި ވާދަކުރާނަމަ ދުރާލައި ޕްރެކްޓިސްކޮށް، ވަގުތު އޮއްވައި އެކަން މިނިސްޓްރީއާ ހިއްސާކުރަން ކުޅިވަރު އެސޯސިއޭޝަންތަކުގެ ކިބައިން އެދިފަ އެވެ. ނަމަވެސް ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ގިނަ ފައިސާ ލިބޭ އެސޯސިއޭޝަނުން ވަނީ އެއިދާރާއިން މިކަމުގެ މައުލޫމާތު މިނިސްޓްރީއާ ހިއްސާކުރީ މީގެ ހަފުތާއެއްހާ ދުވަސް ކުރިން ކަމަށް އެއްބަސްވެފަ އެވެ.

މާލީ ދަތިތަކެއްގައި އެފްއޭއެމް އުޅޭތާ ގާތްގަނޑަކަށް ދެ އަހަރުވެއްޖެ އެވެ. މި ދަތިތަކާހުރެ 16 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕަށް ޒުވާން ޓީމަށް ފުރުނީ ވެސް ފުރަން އޮތް ދުވަހަށްވުރެ ފަހުންނެވެ. އެންމެ ފުރަތަމަ ފުރަން ދިއުމަށްފަހު ޓީމު ގެއަށްދިޔައީ ޓިކެޓް ހަމަނުޖެހުމުންނެވެ. ފަހުން ޓީމު ފުރައިގެން ބޫޓާނަށް ދިޔައީ ބައިބަޔަށް ބަހާލައިގެންނެވެ.

އެފްއޭއެމުގެ މާލީ މައްސަލަތައް ފުނިޖެހިފައިވާއިރު އެ އިދާރާއާ ދެކޮޅަށް ކޯޓުތަކުގައި ގިނަ މައްސަލަތަކެއް ކުރިއަށްދެ އެވެ. މީގެ ތެރެއިން ބައެއް މައްސަލަތައް ނިމި ދަރަނި އަދާނުކުރާނަމަ މާލީ މުއާމަލާތްތައް ހުއްޓުވާނެ ކަމަށް ވެސް ކޯޓުން ވަނީ ނިންމާފަ އެވެ.

މިފަދަ މައްސަލަތަކެއްގައި އުޅޭއިރު އެފްއޭއެމް މުވައްޒަފުންނަށް މުސާރަ ނުދޭތާ ވެސް އެތައް ދުވަހެއްވެއްޖެ އެވެ.

އިތުރަށް ކިޔާލަން

21 އޮކްޓޯބަރު 2017

ޗެމްޕިއަންސް ލީގު: ޗެމްޕިއަން ރެއާލް އަށްވުރެ ގިނަ ފައިސާ ލެސްޓާ ސިޓީ އަށް

21 އޮކްޓޯބަރު 2017
ޗެމްޕިއަންސް ލީގު: ޗެމްޕިއަން ރެއާލް އަށްވުރެ ގިނަ ފައިސާ ލެސްޓާ ސިޓީ އަށް
20 އޮކްޓޯބަރު 2017

އޮޒިލް އަންނަ އަހަރު މެންޗެސްޓާ އަށް ވިއްކާލަން އުޅޭކަމުގެ ވާހަކަ ދެކެވެން ފަށައިފި

20 އޮކްޓޯބަރު 2017
އޮޒިލް އަންނަ އަހަރު މެންޗެސްޓާ އަށް ވިއްކާލަން އުޅޭކަމުގެ ވާހަކަ ދެކެވެން ފަށައިފި
18 އޮކްޓޯބަރު 2017

ފްރާންސްގެ ޕީއެސްޖީ އާގުޅެން އުޅޭ ކަމަށް ދެކެވޭ ވާހަކަ މޮރީނިއޯ ދޮގުކޮށްފި

18 އޮކްޓޯބަރު 2017
ފްރާންސްގެ ޕީއެސްޖީ އާގުޅެން އުޅޭ ކަމަށް ދެކެވޭ ވާހަކަ މޮރީނިއޯ ދޮގުކޮށްފި
29 އޯގަސްޓު 2017

މެސީ އަދި އިނިއެސްޓާ ވިއްކާލަން އުޅޭކަމަށް ފެތުރޭ އަޑުތައް ބާސާ އިން ދޮގުކޮށްފި

29 އޯގަސްޓު 2017
މެސީ އަދި އިނިއެސްޓާ ވިއްކާލަން އުޅޭކަމަށް ފެތުރޭ އަޑުތައް ބާސާ އިން ދޮގުކޮށްފި
17 ޖޫން 2017

ކޮންޓޭ ޗެލްސީ ދޫކޮށްލަން އުޅޭ ވާހަކަ އެ ކްލަބުން ދޮގުކޮށްފި

17 ޖޫން 2017
ކޮންޓޭ ޗެލްސީ ދޫކޮށްލަން އުޅޭ ވާހަކަ އެ ކްލަބުން ދޮގުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު