Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫތު މިނިސްޓްރީ

ފައިސާ ހަމަނުޖެހުނީ އެފްއޭއެމް އަޅާނުލައި، ލަސްކުރުމުން: މިނިސްޓްރީ

މިއަހަރު ބައިވެރިވާން ޖެހޭ ބައިނަލްއަޤުވާމީ މުބާރާތްތަކުގެ މައުލޫމާތު މިނިސްޓްރީއާ ހިއްސާކުރުމަށް އެސޯސިއޭޝަންތަކަށް 2022 ވަނަ އަހަރު ވަނީ އަންގާފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 6 ސެޕްޓެމްބަރު 2023 | ބުދަ 07:06
މިނިސްޓަރު މަޚްލޫފް ބައްސާމާ ކުރެއްވި ބައްދަލުވުމެއްގެ ތެރެއިން

މިނިސްޓަރު މަޚްލޫފް ބައްސާމާ ކުރެއްވި ބައްދަލުވުމެއްގެ ތެރެއިން

އޭއެފްސީ ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ 23 އަހަރުން ދަށުގެ ޤައުމީ ޓީމަށް ފައިސާ ހަމަނުޖެހުނީ، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ލަސްކުރުމުން ކަމަށް ޔޫތު މިނިސްޓްރީން ބުނެފި އެވެ.

އެފްއޭއެމްގެ މީޑިއާ ގްރޫޕަށް އެ އެސޯސިއޭޝަންގެ ޖެނަރަލް ސެކްރެޓަރީ ޙުސެއިން ޖަވާޒް (ޖަވާ) ފޮނުވި މެސެޖެއްގައި ވިދާޅުވެފައި ވަނީ، ފައިސާގެ ކަންކަމުގެ މައުލޫމާތު އޯގަސްޓު މަހުގެ ހަތް ވަނަ ދުވަހު މިނިސްޓްރީއާ ހިއްސާކޮށްފައިވާނެ ކަމަށެވެ. އަދި ޓިކެޓަށް ބޮޑު އަދަދެއް އަރާތީ، މިނިސްޓްރީގެ އެހީއާ ނުލައި އެކަން ނުކުރެވޭނެ ކަމަށެވެ.

އެކަމާ ގުޅިގެން ޔޫތު މިނިސްޓްރީން ބުނީ، 2023 ވަނަ އަަހަރު ބައިވެރިވާން ޖެހޭ ބައިނަލްއަޤުވާމީ މުބާރާތްތަކުގެ މައުލޫމާތު މިނިސްޓްރީއާ ހިއްސާކުރުމަށް އެސޯސިއޭޝަންތަކަށް 2022 ވަނަ އަހަރު އަންގާފައިވާނެ ކަމަށެވެ. ނަމަވެސް، 23 އަހަރުން ދަށުގެ ކޮލިފައިންގެ މައުލޫމާތު އެފްއޭއެމް އިން ހިއްސާކޮށްފައި ވަނީ މިދިޔަ އޯގަސްޓު މަހުގެ ތެރޭގައި ކަމަށެވެ. ހަމައެހެންމެ، ކޮލިފިކޭޝަން މެޗުތަކުގެ ޚަރަދަކީ ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން އެފްއޭ ތަކަށް ހަމަޖައްސާ ޚަރަދެއް ކަމަށްވުމުން، އެކަމުގެ ޒިންމާ ކުޅިވަރު ވުޒާރާ އިން ނަގަން ނުޖެހޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ރާއްޖެ އެމްވީ އަށް އެނގިފައިވާ ގޮތުގައި، މިދިޔަ އަހަރު މިނިސްޓްރީން އެސޯސިއޭޝަންތަކަށް އެހެން އެންގި ސަބަބަކީ، ދުރާލާ ބަޖެޓު ހަމަޖެއްސުމަށެވެ. ޚާއްސަކޮށް ވަގުތު ކުޑަތަންވުމުން ފައިސާ ހަމަޖެއްސުމުގައި އުނދަގޫތަކާ ކުރިމަތިލާން ޖެހުމުންނެވެ.

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2017

އެފްއޭއެމްގެ ނައިބްރައީސްކަން ރަސްމީކޮށް ޝަކީބަށް ހަވާލުކޮށްފި

25 ފެބުރުއަރީ 2017
އެފްއޭއެމްގެ ނައިބްރައީސްކަން ރަސްމީކޮށް ޝަކީބަށް ހަވާލުކޮށްފި
13 ފެބުރުއަރީ 2017

އެފްއޭއެމްގެ ހަރަކާތްތަކުގައި އެހީތެރިވުމަށް ފުލުހުންނާއެކު އެއްބަސްވުމަކަށް

13 ފެބުރުއަރީ 2017
އެފްއޭއެމްގެ ހަރަކާތްތަކުގައި އެހީތެރިވުމަށް ފުލުހުންނާއެކު އެއްބަސްވުމަކަށް
11 ފެބުރުއަރީ 2017

ކްލަބްތަކަށް ދޭން ޖެހޭ ފައިސާ އަންނަ ހަފްތާ ތެރޭގައި ހަމަޖެހޭނެ: ބައްސާމް

11 ފެބުރުއަރީ 2017
ކްލަބްތަކަށް ދޭން ޖެހޭ ފައިސާ އަންނަ ހަފްތާ ތެރޭގައި ހަމަޖެހޭނެ: ބައްސާމް
31 ޖެނުއަރީ 2017

ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް

31 ޖެނުއަރީ 2017
ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް
31 ޖެނުއަރީ 2017

ގައުމީ ޓީމުގެ ކަންތައް ބަލަހައްޓާ ކޮމިޓީ ވަނީ އެކުލަވާލެވިފައި: އެފްއޭއެމް

31 ޖެނުއަރީ 2017
ގައުމީ ޓީމުގެ ކަންތައް ބަލަހައްޓާ ކޮމިޓީ ވަނީ އެކުލަވާލެވިފައި: އެފްއޭއެމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު