Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދީނީ އިލްމުވެރިން

ގިނަ އަދަދެއްގެ ދީނީ އިލްމުވެރިން ރައީސް ޞާލިހު އެންޑޯޒްކުރައްވައިފި

6 ސެޕްޓެމްބަރު 2023 | ބުދަ 07:32

ވެރިކަން ކުރެއްވި ބައެއް ބޭފުޅުންގޮތަށް ރުޅިއިސްކުރައްވައި، ރުންކުރު ނިންމެވުންތަކެއް ނިންމަވާފައިނުވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 6 ސެޕްޓެމްބަރު 2023 | ބުދަ 07:32
ދީނީ އިލްމުވެރިން ރައީސްއަށް ތާއިދުކުރައްވާކަން ހާމަކުރުމުގެ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ދީނީ އިލްމުވެރިން ރައީސްއަށް ތާއިދުކުރައްވާކަން ހާމަކުރުމުގެ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

އިސްލާމް ދީނުގެ ދައުވަތުގެ މައިދާނުގައި ހަރަކާތްތެރިވެވަޑައިގަންނަވާ ގިނަ އަދަދެއްގެ ދީނީ އިލްމުވެރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އެންޑޯޒް ކުރައްވައިފިއެވެ.

މިކަމާއި ގުޅިގެން ރާއްޖޭގެ މަޝްހޫރު އަދި ގިނަ ބައެއްގެ އިތުބާރު ލިބިފައިވާ ދީނީ އިލްމުވެރިންތަކެއް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝައިހް އިލްޔާސް ހުސެއިން ވިދާޅުވީ މިވަގުތަކީ ދިވެހިރާއްޖެގެ މުސްތަގުބަލާ މެދު މުހިންމު ނިންމުމެއް ނިންމަންޖެހޭ ވަގުތެއްކަމަށްވާތީ ފާއިތުވެދިޔަ މާޒީގައި ދީނީ އިލްމުވެރިންނަށް ތަޖުރިބާކުރަޖެހިފައިވާ ގިނަ ކަންތައްތަކެއްގެ މައްޗަށް ބުރަވެ އަދި އިލްމީ ހަމަތަކާއި އުސޫލުތަކުގެ މައްޗަށް ރިއާޔަތްކޮށް މިއަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ދީނީ އިލްމުވެރިން ތާއިދުކުރައްވާ ކަމަށެވެ.

Advertisement - newsAdvertisement

އިލްޔާސް ވިދާޅުވީ މިއީ ރާއްޖޭގެ ސިޔާސީ ހަލަބޮލި މާހައުލެއް އުފެދުނުފަހުން ރާއްޖެ ތަޖުރިބާކޮށްފައި ނުވާފަދަ ހަމަޖެހުން މިއަދު ރައްޔިތުން ތަޖުރިބާކޮށްފައިވާ ކަމަށެވެ.

އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހީރު ވިދާޅުވީ ދީނުގެ ދައުވަތުގެ މަސައްކަތް މިނިސްޓްރީން ކުރަމުން އަންނަ އިރު، ދީނީ އިލްމުވެރިންގެ އެއްބާރުލުން ވަރަށްބޮޑަށް ލިބިގެންދިޔަ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ރައީސް ޞާލިހުގެ ސަރުކާރުގައި ދީނީ އިލްމުވެރިންނަށް މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ފަހިކޮށްދެއްވި ކަމަށެވެ. އަދި ދީނުގެ ދައުވަތުގެ މައިދާނުގައި މަސައްކަތް ކުރަމުންދިޔަ އިރު، ގިނަ ދީނީ އިލްމުވެރިން އެކަމުގައި ބައިވެރިވެ ރަށްރަށަށް ވަޑައިގެންނެވި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މީގެ ކުރީގެ ސަރުކާރުތަކުގައި ދީނީ ރޮނގުން އެކިއެކި ޕްރޮގްރާމްތައް ހިންގިފައި ނުވާވަރަށް މި ސަރުކާރުގައި ޕްރޮގްރާމް ހިންގިފައިވާ ކަމަށެވެ.

ޑރ. މުހައްމަދު ގުބާދު ވިދާޅުވީ ރައީސް ޞާލިހަށް ދީނީ އިލްމުވެރިން ތާއިދުކުރައްވާ ސަބަބަތަކެއް އެބަހުރި ކަމަށެވެ. އެގޮތުން އެމަނިކުފާނަކީ ތަފާތު ސިޔާސީ ހިޔާލުހުންނަ ބޭފުޅުންނާއެކީގައި މި ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި އެއްވެސްކަހަލަ ހަލަބޮލިކަމެއް ނެތި ރާއްޖެ ބެލެހެއްޓުމުގައި ކުރިއަށް ވަޑައިގެންނެވި ބޭފުޅެއް ކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގެ ފެނިގެންދިޔައީ އަމާންކަމާއި އޯގާވެރިކަމާއި އިހްލާސްތެރިކަން ފަދަ ރަނގަޅު ސިފަތަކެއް ކަމަށެވެ.

މި ބައްދަލުމުގައި ވާހަކަ ދައްކަވަމުން ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ވިދާޅުވީ ރައީސް ޞާލިހުގެ ފަރާތްޕުޅުން ފާހަގަކުރެއްވުނު އެންމެ މުހިންމު އެއްކަމަކީ އެމަނިކުފާނު މަޝްވަރާކުރެއްވުން ކަމަށެވެ. ހާއްސަގޮތެއްގައި ދީނާ ގުޅުން ހުރި ކަންކަމުގައި ރައީސާއި ބައްދަލުކޮށް ކުރެވުނު މަޝްވަރާގެ އަލީގައި އެކަށީގެންވާ ހައްލެއް އެމަނިކުފާނު ހޯއްދަވައިދެއްވާފައިވާ ކަމަށެވެ.

މީގެ އިތުރުން އިލްމުވެރިން ކަންބޮޑުވުން ފާޅުކުރެއްވި ވަރަށް ގިނަ ކަންކަމުގައި އެމަނިކުފާނު ހައްލު ހޯއްދަވައިދެއްވާ، މިފަހުން ޓީޗަރުންގެ މޫނުބުރުގާގެ މައްސަލައިގައި، އަކުރުންއަކުރަށް އިލްމުވެރިން އެދިވަޑައިގެންނެވި ހައްލު ގެނެސްދެއްވި ކަމަށެވެ.

ޝައިހް އިލްޔާސް ވިދާޅުވީ މި ބައްދަލުވުމުގައި ދީނީ އިލްމުވެރިން ފާހަގަކުރެއްވި ކަންތައްތަކަކީ ރައީސް ޞާލިހް އެންޑޯޒް ކުރައްވަން އިލްމުވެރިން ނިންމެވި ބައެއް ކަންކަން ކަމަށެވެ. އަދި މި ނޫންވެސް ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި ކަމަށާއި، ހާއްސަކޮށް ކަމަކާމެދު ކަންބޮޑުވެގެން މަޝްވަރާކޮށް ހައްލު ހޯދަންޖެހިއްޖެނަމަށް އެކަން ވެސް ރައީސް ކުރައްވާ ކަމަށެވެ.

ގިނަ އަދަދެއްގެ ދީނީ އިލްމުވެރިން އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް ތާއިދުކުރާކަމަށް ދެކެވޭ ވާހަކައާއި ގުޅިގެން ޑރ. އިޔާޒް ވިދާޅުވެފައިވަނީ 363 ޢިލްމުވެރިންގެ ތެރެއިން ޑރ. މުޢިއްޒުއަށް ތާއީދުކުރަށްވަނީ 87 ބޭފުޅުން ކަމަށެވެ. އެއީ ޢިލްމުވެރިންގެ 24 އިންސައްތަ ކަމަށާއި، އިލްމުވެރިންގެ 76 އިންސައްތަ ޑރ މުޢިއްޒުއަށް ތާއީދެއް ނުކުރައްވާ ކަމަށެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް