Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް

ފައިސާ ނެތިގެން އޭއެފްސީ ކޮލިފައިން އިން ރާއްޖެ ވަކިވެއްޖެ

ކޮލިފައިންގައި އިންޑިއާއާ ދެކޮޅަށް ކުޅެން އޮތް މެޗު ފަސް ކުރަން އެދުނު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 6 ސެޕްޓެމްބަރު 2023 | ބުދަ 06:29
ބަހްރޭނަށް ފުރި 23 އަހަރުން ދަށުގެ ގައުމީ ޓީމު

ބަހްރޭނަށް ފުރި 23 އަހަރުން ދަށުގެ ގައުމީ ޓީމު

އޭއެފްސީ 23 އަހަރުން ދަށުގެ ކޮލިފައިން އިން ރާއްޖޭގެ 23 އަހަރުން ދަށުގެ ޤައުމީ ޓީމު ވަކިވެއްޖެ އެވެ.

ކޮލިފައިން އިން ރާއްޖެ ވަކިވާން ޖެހުނީ، މުބާރާތުގައި ކުޅެން ޗައިނާ އަށް ދަތުރު ކުރާނެ ފައިސާ ނެތިގެންނެވެ. ކޮލިފައިންގައި ރާއްޖެ ހިމެނިފައި އޮތީ ގްރޫޕް ޖީގަ އެވެ. ރާއްޖެ އާއެކު މި ގްރޫޕްގައި ދެން އޮތީ ޗައިނާ، ޔޫއޭއީ އަދި އިންޑިއާ އެވެ. ރާއްޖެ ކުޅެން ޖެހޭ ފުރަތަމަ މެޗު އޮތީ ބުދަ ދުވަހު އިންޑިއާއާ ދެކޮޅަށެވެ.

އެކަމާ ގުޅިގެން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނީ، މިދިޔަ އޯގަސްޓު މަހުގެ ހަތް ވަނަ ދުވަހު ކޮލިފައިންގެ މެޗުތަކާ ގުޅޭ މައުލޫމާތު ކުޅިވަރު ވުޒާރާއާ ހިއްސާކޮށްފައިވާނެ ކަމަށެވެ. އޭގެ ތެރޭގައި ޗައިނާ އަށް ދަތުރު ކުރުމަށް ޓިކެޓުގެ އަގަށްދާ ފައިސާ އާއި އެހެނިހެން މައުލޫމާތު ހިމަނާފައިވާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ. އެފްއޭއެމް އިން ހާމަކޮށްފައިވާ ގޮތުގައި، ޓިކެޓުގެ އަގަށް މިލިއަނެއްހާ ރުފިޔާ ޚަރަދުވާނެ އެވެ. އަދި އެ އަދަދަކީ ކުޅިވަރު ވުޒާރާގެ އެހީއާ ނުލައި، އެފްއޭއެމަށް ހަމަޖެއްސޭނެ އަދަދެއް ނޫން ކަމަށް ވެސް ބުނެފައިވެ އެވެ.

އެފްއޭއެމުން ވަނީ ފަހުން ފައިސާ ހަމަޖެހުމުން ކޮލިފައިންގައި އިންޑިއާއާ ދެކޮޅަށް ކުޅެން އޮތް މެޗު ފަސް ކުރަން އެދުނު ކަމަށެވެ. އެހެން ނަމަވެސް އެގޮތަށް ފަސް ކުރެވޭނެ އެއްވެސް ގޮތެއް ނުވި އެވެ. އެހެންވެ، ރާއްޖެ އިން ވަނީ ކޮލިފައިން އިން ވަކިވެފަ އެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
25 ޖެނުއަރީ 2017

ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ

25 ޖެނުއަރީ 2017
ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ
25 ޖެނުއަރީ 2017

ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި

25 ޖެނުއަރީ 2017
ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި
22 ޖެނުއަރީ 2017

އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި

22 ޖެނުއަރީ 2017
އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި
22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު