Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއުނގޫފާރުގެ ތަރައްޤީ

ރ އަތޮޅުގެ ވެރިކަން ކުރާ އުނގޫފާރަށް ރައީސްގެ ބޮޑެތި ވައުދުފުޅުތަކެއް

5 ސެޕްޓެމްބަރު 2023 | އަންގާރަ 07:18

ބަނދަރަށް ގެންނަންޖެހޭ ބަދަލުތައް ގެންނަވާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 5 ސެޕްޓެމްބަރު 2023 | އަންގާރަ 07:18
ރައީސް ޞާލިހް އުނގޫފާރު ބަނދަރު ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަނީ

ރައީސް ޞާލިހް އުނގޫފާރު ބަނދަރު ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަނީ

އަންނަ ދައުރުގެ ތެރޭގައި ރ. އުނގޫރާފުގައި ހައުސިންގ ޕްރޮޖެކްޓަކާއި އައު ސްކޫލެއް އަޅުއްވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

"އުފާވެރި އަމާންރާއްޖެ" ކެމްޕޭނަށް ރ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ރ. އުނގޫފާރަށް ވަޑައިގެން ބޭއްވެވި "ބަނދަރު ބައްދަލުވުން" ގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ވަޑައިގެންނެވި ކޮންމެ ރަށަކުން ވެސް ފެނިވަޑައިގަންނަވަނީ އެއް މަންޒަރެއް ކަމަށާއި، އެއީ ތަރައްގީއާއެކު ކުރިއަށްދާން ބޭނުންވާ މަންޒަރު ކަމަށެވެ. އަދި އަނިޔާވެރިކަމާއި ބިރުވެރިކަމުގެ ތެރެއަށް ދާން ބޭނުން ނުވާ މަންޒަރު ފެނިވަޑައިގަންނަވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ އުނގޫފާރުގެ ދީނީ އިލްމުވެރިއެއްކަމަށްވާ ޑރ. އަފްރާޝީމް އަލީ 2013ގައި އަވަހާރަކޮށްލި ހާދިސާގެ މަތިން އެ ރަށުގައި ހުންނަވާ ވާހަކަފުޅުދައްކަވާއިރު ހަނދާން އައުކޮށްލަންޖެހޭ ކަމަށެވެ. ރައީސް ވިދާޅުވީ އެއިރު އޮތީ ނާމާންކަމަށާއި، ސިޔާސީ ފަރާތްތަކާއި ދީނީ އިލްމުވެރިން ހިފާ ހައްޔަރުކުރެވުނު ކަމަށެވެ. މީޑިއާގެ މިނިވަންކަމެއް ނެތް އިރު ރާއްޖެޓީވީގައި ރޯކޮށްލި ކަމަށެވެ. ރައީސް ނަޝީދު ރަށެެއްގައި ހުންނަވަނިކޮށް ހިފާ ހައްޔަރުކުރެވުނު ކަމަށެވެ. އެއިރު އޮތީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ. ނަމަވެސް 7 އަހަރު ފަހުން އެ ހާލަތު ބަދަލުވީ ރައްޔިތުން ނުކުމެ އެ ބަދަލަށް ބޭނުންވެގެން ވޯޓު ދެއްވުމުން ކަމަށެވެ.

ރައީސް ވިދާޅުވީ 2018ގެ ކެމްޕޭންގައި ދިމާވި އުނދަގޫތަކާއި ކުރިމަތިލާން ޖެހުނު ކަންކަމާމެދު ވިސްނާލަން ޖެހޭ ކަމަށެވެ. ތަނެއްގައި ޖަލްސާއެއް ބޭއްވެނީ ރައްޔިތުން މުޒާހަރާކޮށް ޕްރެޝަރުކޮސްގެންކަމަށެވެ. ނަމަވެސް، 2018 ގައި ރައްޔިތުން ވެރިކަން ހަވާލުކުރި ގޮތަށް މި ގެންދަވަނީ ރާއްޖޭގެ ރަށްތައް ތަރައްގީކުރައްވަމުން ކަމަށެވެ. ރައީސް ވިދާޅުވީ އުނގޫފާރަކީ ވެރިކަން ކުރާ ރަށަށް ވެފައި ތަރައްގީގެ މަންޒަރެއް މީގެ ކުރިން ފެނިވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް މި ދައުރާ އަންނަ ދައުރުގެ ތެރޭގައި އެ ރަށުން ތަރައްގީގެ ކުލަތައް ފެނިގެންދާނެކަމަށެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތް ދައުރުގައި އުނގޫފާރަށް ގެންނަން ބޭނުންވާ ތަރައްގީގެ މަސައްކަތް އެބަހުރި ކަމަށެވެ. އެގޮތުން ބަނދަރަށް ބޭނުންވާ ބަދަލު ގެނެސް ފަސޭހަ ބަނދަރަކަށް ހައްދަވާނެ ކަމަށާއި، އޮޑިދޯނިފަހަރު އެހެލާނެ ތަނަކާއި މޫދަށް އެރޭނެ ސަރަަހައްދެއް ގާއިމްކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންގޮސް ހައުސިންގ ޕްރޮޖެކްޓެއް ކުރިއަށް ގެންދަވާނެ ކަމަށެވެ. މީގެ އިތުރުން ފުރިހަމަ ވަސީލަތާއެކު އައު ސްކޫލް އިމާރާތެއް އިމާރާތް ކުރައްވާނެ ކަމަށާއި، އެއް ދަންފަޅިއަށް ސްކޫލް ބަދަލުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ފުޓްބޯޅަ ދަނޑުގެ ރޮސްޓްރަމްއާއެކު ސިޑިބަރި ހަދާނެ ކަމަށާއި، ހޮސްޕިޓަލާއެކު މުވައްޒަފުންނަށް އެކޮމަޑޭޝަން ބްލޮކެއް އަޅުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މިހާރު ކުރިއަށްދާ މަގު ހެދުމުގެ މަސައްކަތް ނިމިގެންދާއިރު ބާކީ ހުރި ހުރިހާ މަގެއްގައި ތާރުއެޅިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ސިއްހީ ދާއިރާއިން ތައުލީމް ދޭނެ ވަސީލަތްތައް އުނގޫފާރުގައި ގާއިމްކޮށް އެކަން ފުޅާކުރައްވާނެ ކަމަށެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި

05 ފެބުރުއަރީ 2017
ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި
30 ޖެނުއަރީ 2017

ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖެނުއަރީ 2017
ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
22 ޖެނުއަރީ 2017

ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި

22 ޖެނުއަރީ 2017
ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި
15 ޖެނުއަރީ 2017

ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް

15 ޖެނުއަރީ 2017
ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް
14 ޖެނުއަރީ 2017

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި
12 ޖެނުއަރީ 2017

ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި

12 ޖެނުއަރީ 2017
ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި
11 ޖެނުއަރީ 2017

ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް

11 ޖެނުއަރީ 2017
ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް